Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ނަޝީދުތަ؟ ނޫނީ ޔާމީންތަ؟

21 ޖޫން 2018 | ބުރާސްފަތި 16:44

ރައީސް ނަޝީދަށް ކޮށްފައިވާ ހުކުމުގެ ސަބަބުން ކުރިމަތި ނުލެއްވޭނެ ކަމަށް ބުނޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 ޖޫން 2018 | ބުރާސްފަތި 16:44
ރައީސް ޔާމިން އާއި ރައީސް ނަޝީދު: 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައި

ރައީސް ޔާމިން އާއި ރައީސް ނަޝީދު: 2018 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވާފައި

ރިޔާސީ އިންތިޚާބު މި ވަނީ ނަގާ ބޯމަތިވެފައެވެ. އަތްދަމާލީމާ އަތް ޖެހޭ ހިސާބަށް ގާތްވެފައެވެ. އިންތިޚާބާ ގުޅޭ ގޮތުން ތަފާތު އަޑުތައް ތަފާތު ގޮތްގޮތަށް އެހާމެ ތަފާތު މީހުންގެ މެދުގައި އެދަނީ ދައްކަމުންނެވެ. އިންތިޚާބުގައި ވޯޓުލާން ތިބި މީހުންގެ މެދުގައި އެތައް ސުވާލެއް ދަނީ އުފެދެމުންނެވެ.

މިހާ ހިސާބަށް އައިއިރު އެންމެ ބޮޑު ސުވާލަކީ އެމްޑީޕީގެ ޕްރައިމަރީން ކަނޑައަޅާފައިވާ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މި އިންތިޚާބުގައި ބައިވެރި ވެވިދާނެތޯ ކުރާ ސުވާލެވެ. އެމަނިކުފާނުގެ ނަންފުޅު މިއިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮވެދާނެ ހެއްޔެވެ؟

ސަރުކާރުގެ ވެރިންނާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނީ ހަމަހިލާ ރައީސް ނަޝީދުގެ ނަމެއް މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށެވެ. އެމަނިކުފާނަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތުރު ހަމަނުވާ ކުށްވެރިއެއް ކަމަށެވެ. އެކަމަށް ދައްކަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޓެރަރިޒަމް ދައުވާގެ ބޮޑު ހުކުމެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ބުނަމުންދަނީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ. ވޯޓުކަރުދާސްކޮޅުގައި ރައީސް ނަޝީދުގެ ނަންފުޅު ނެތި ކުރިއަށް އޮތް ރިޔާސީ އިންތިޚާބެއް ނޯންނާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އެވެރިން ދައްކާ މައިގަނޑު ހުއްޖަތަކީ އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީއަތާއި އިއްވި ހުކުމް ގޯސްވުމެވެ. ޤާނޫނު އަސާސީއާއި ޤާނޫންތަކުން ލިބިދީފައިވާ ޙައްޤުތަކުގެ އިތުރުން ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ ސަބަބުން އެހުކުމް ސައްޙަ ނުވުމެވެ. ރާއްޖެ ބައިވެރިވެ ޢަމަލްކުރަން ކަނޑައަޅާފައިވާ ހަމަތަކުގެ މަތިން އދ. މަޖިލީހުން އެހުކުމް ބަލައިނުގަތުމެވެ. އަދި އެމަނިކުފާނަށް ވާދަކުރައްވަން ފުރުސަތު ދޭން ޖެހޭނެ ކަމަށް އެ ޖަމިއްޔާ އިން ގޮވާލާފައި ވެއެވެ. މި ހުރިހާ ކަމަކަށް ވުރެ ފެބްރުއަރީ 1 ގައި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރެފައިވާ ބޮޑު އަމުރެވެ. އެއަމުރުގައި ދޫކޮށްލަން ބުނެފައިވާ މީހުންގެ ތެރޭގައި އެމަނިކުފާނު ހިމެނެއެވެ. އެއަމުރުގެ ބައެއް ބައިތައް މިހާރު އުނިކުރިއިރު ރާއްޖޭގެ ސުޕްރީމް ކޯޓު އޮތް ގޮތެވެ. އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ދަމާ ކޫއްތާފައި ގެންގޮސް ހައްޔަރުކޮށްގެން ދެން އެގެންނަ ބަދަލު ތަކަކީ ޤާނޫން އަސާސީގައި ބުނާ ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކެއް ނޫން ކަމަށެވެ. އެހެންކަންކަމުން އެކަންކަމަށް ރިއާޔަތް ކުރާއިރު ރައީސް ނަޝީދު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރާނެ ގޮތެއް އެއީ ނެތްގޮތެއް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ރައީސް ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބުނާ މީހުންނެކޭ އެއްފަދައިން ރައީސް ޔާމީންގެ ނަންފުޅު މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮވެދާނެކަމަށް ޝައްކު ކުރާ މީހުން ވެސް ވަކި މަދެއް ނޫނެވެ. އެވެރިން ދައްކާ ހުއްޖަތްތައް ވެސް ވަކި ސަހަލެއް ނޫނެވެ. އެމީހުން އެހެން ބުނާ މައިގަނޑު ސަބަބަކީ ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތުމެވެ. ސަރުކާރަށް މީހުން ކިޔާ އެއްޗެހި ގިނަ ކަމާއި ކުރާ ބޮޑެތި ތުހުމަތުތައް ގިނަކަމުންނެވެ. އަނިޔާވެރިކަން އިންތިހާއަށް ދިއުމެވެ. ސިވިލް ސަރވިސް އާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އޮތް ބޮޑު ބިރުން ސަލާމަތްވުމަށް އެވެރިން ބޭނުންވެފައި ތިބިލެއް ބޮޑުކަމުންނެވެ. ރައްޔިތުންގެ ނަމުގައި ބޮޑެތި ލޯނު ނަގައި ދަރަނިވެރިވެގެން ހިންގާ ބޮޑެތި ޕްރޮޖެކްޓަތަކުގެ ހަޤީގީ މަންފާ ނުފެނި ރައްޔިތުންގެ ފައިސާ ގެއްލިގެން ދިއުމެވެ. ބޭރު ދުނިޔޭގެ ކުރިމަތީގައި އަގުވެއްޓި ވަކި ޤައުމެއްގެ އަޅުވެތިކަމާ ދިމާލަށް މިސްރާބު ޖެހުމެވެ. އަތޮޅުތެރެ އާއި މާލޭގެ ފަރަގު ބޮޑުވުމެވެ. ދައުރު ނިމެންދާއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވިފައި ނެތުމެވެ.

މިފަދަ ގިނަ ކަންކަމާ ހުރެ ރައްޔިތުންގެ ތާއީދު ރައީސް ޔާމީނަށް ނެތުމުގެ ނަތީޖާއަކީ ރައީސް ޔާމީން 2018 ކާމިޔާބު ކުރުމަށް ދަތިވުމެވެ. އިދިކޮޅުން އެންމެންވެގެން އެއް ކެނޑިޑޭޓަކު ނެރުމެވެ. ރައީސް މައުމޫނާއި އެމްޑީއޭގެ ތާއީދާ އެކު 2013 ގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު އެންމެ 25 ޕަސެންޓަށް ވުރެ ވެސް މިހާރު ތާއީދު ދަށްވާނެ ކަމަށް ބެލެވުމެވެ.

މިސަބަބުތަކާ ހުރެ ރައީސް ޔާމީނަށް 2018 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަކީ ނާދިރު ކަމެކެވެ. ހަމަގައިމު ވެސް ފަސޭހަ ކަމެއް ނޫނެވެ. ވުމަށް ވުރެ ނުވުން ކައިރި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެހެން ކަމަށް ވާނަމަ ރައީސް ޔާމީން އިންތިޚާބުގައި ވާދަ ނުކުރެއްވުމަކީ ވެސް ވެދާނެ ކަމެކެވެ. އިންތިޚާބުން ބަލިވެވަޑައިގެންފި ނަމަ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނޭ ކަންކަމާ ހުރެ އިންތިޚާބުގެ ކުރިން އެމަނިކުފާނު ވަޑައިގެންނެވުމަކީ ވެސް ވެދާނެ ކަމެކެވެ. ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކާއި ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ނުކުރުމާއި ދެން ވެސް އެފަދަ ކަންކަމުގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް އުފުލިދާނެ ދައުވާ ތަކަކަށްޓަކައި އެމަނިކުފާނު އިންތިޚާބުގެ ކުރިން ރާއްޖެ ދޫކޮށް ވަޑައިގެންނެވުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ.

ކޮންމެއަކަސް ރައީސް ޔާމީނަކީ ވެސް ސިޔާސީ ބޭފުޅެކެވެ. ކަންކަން ވަމުންދާގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެވެ. ސިޔާސީ މަޝްރަހް ހުރިގޮތާއި ޕީޕީއެމުން ނަގާ ޕޯލްތަކާއި ކުރާ ކޯލްތަކުގެ ނަތީޖާތައް ވެސް ކޮންމެވެސް ވަރަކަށް އެމަނިކުފާނަށް އަސްލު އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމުން ފަހު ވަގުތު ވާދަ ނުކުރައްވާ ވަޑައިގެންނެވުމަކީ ވެސް ވެދާނެ ކަމެކެވެ. އެހެން ކަމަށް ވާނަމަ ރައީސްޔާމީންގެ ނަންފުޅެއް ވެސް ވޯޓު ކަރުދާސް ކޮޅަކު ނޯންނާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2018

ގަޓް ރައީސެއްތަ ނޫނީ ފިނޑިއެއްތަ؟

01 މާރިޗު 2018
ގަޓް ރައީސެއްތަ ނޫނީ ފިނޑިއެއްތަ؟
22 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!
10 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް
15 ޖެނުއަރީ 2018

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

15 ޖެނުއަރީ 2018
ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟
18 ނޮވެމްބަރު 2017

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟
24 އޮކްޓޯބަރު 2017

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟
30 އޯގަސްޓު 2017

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

30 އޯގަސްޓު 2017
ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
19 އެޕްރީލު 2017

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް