Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއެސް އަށް 50 އަހަރު

އީޕީއެސްއިން ތައުލީމު ލިބިގެނެ 26000 އަށް ވުރެގިނަ ދަރިވަރުން ވަނީ މި މުޖުތަމައުއަށް ނުކުމެފައި: އީޕީއެސް ފައުންޑޭޝަން

20 ޖޫން 2018 | ބުދަ 16:46

އީޕީއެސް ސްކޫލު ހުޅުވާލީ 83 ދަރިވަރުންނާއެކު

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖޫން 2018 | ބުދަ 16:46
އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް)

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް)

އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލު (އީޕީއެސް) އިން ތައުލީމު ލިބިގެނެ 26000 އަށް ވުރެގިނަ ދަރިވަރުން މިމުޖުތަމައުއަށް ނުކުމެފައިވާ ކަމަށް އީޕީއެސް ފައުންޑޭޝަނުން ބުނެފި އެވެ.

އީޕީއެސް ވުޖޫދުވިތާ މިއަދަށް 50 އަހަރުވުމާއި ގުޅިގެން އީޕީއެސް ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 83 ދަރިވަރުންނާއެކު އީޕީއެސް އިން ހުޅުވާލި ތައުލީމުގެ ހިޔާވަހި ކަމުގެ ދޮރުން ހިޔާ ލިބިގެން ގައުމަށް ޚިދުމަތް ކުރުމަށް 26000 އަށް ވުރެ ގިނަ ދަރިވަރުން މުޖުތަމައުއަށް ނުކުމެފައިވާ ކަމަށެވެ. ޒަމާނީ ތައުލީމު ލިބުމުގެ މަގު ބަންދުވެފައިވާ އެތައް ކުދިންތަކަކާއި، އެކުދިންގެ ބެލެނިވެރީން އެދަރިވަރުންނާ މެދު ދެކެމުން ދިޔަ ފޮނި އުންމީދުތައް ހަގީގަތަކަށް ވެގެންދިޔައީ އީޕީއެސްގެ ނަމުގައި ހުޅުވިގެން ދިޔަ ސްކޫލުގެ ސަބަބުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އީޕީއެސް ފައުންޑޭޝަނުން ބުނީ ވޭތުވެ ދިޔަ ބައި ގަރުނުގެ ތެރޭގައި އެސްކޫލުން ތަފާތު އެކި ފަންނުތަކުގެ ހާހުންގުނާލެވޭ ފަދަ އަގުހުރި ދަރީން ތަކެއް ގައުމަށް ދޫކޮށްލާފައިވާ ކަމަށެވެ. އެއީ ޒިންމާދާރު މަންމައިންނާއި ބައްޕައިންނާއި ފަޚްރުވެރި މާމައިންނާއި ކާފައިންކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.

އީޕީއެސް ފައުންޑޭޝަނުން ވަނީ އީޕީއެސް ސްކޫލުގެ މުއައްސިސުންނާއި، ދަރިވަރުންނާއި، މުދައްރިސުންނާއި، އަދިވެސް އެކި ރޮނގު ރޮނގުން އީޕީއެސް އަށް ޚިދުމަތްކޮށްދެއްވި ފަރާތްތަކުގެ ހަނދާން އާ ކޮށްފަ އެވެ. މިދުވަހާއި ގުޅިގެން އީޕީއެސް ސްކޫލަށްއެކި ރޮނގު ރޮނގުން ޚިދުމަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަށް 50 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާވެސް އީޕީއެސް ފައުންޑޭޝަނުން ވަނީ ފޮނުވާފަ އެވެ.

އީޕީއެސް ސްކޫލް އުފެދުނީ މީގެ 50 އަހަރު ކުރިން 21 ޖޫން 1968 ގައެވެ. އީޕީއެސް ފައުންޑޭޝަންގެ އަމާޒަކީ އަދި އުންމީދަކީ އީޕީއެސްގެ ނަން އަބަދުމެ ދެމިހުރުމެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

21 އެޕްރީލު 2018

އިންސާފާއި ޑިމޮކްރަސީ ބޭނުމިއްޔާ ތައުލީމު ދޭ ގޮތް ބަދަލުކުރަންޖެހޭ: އިބްރާ

21 އެޕްރީލު 2018
އިންސާފާއި ޑިމޮކްރަސީ ބޭނުމިއްޔާ ތައުލީމު ދޭ ގޮތް ބަދަލުކުރަންޖެހޭ: އިބްރާ
03 މާރިޗު 2018

ލޯނު އެހީގެ ދަށުން މަތީ ތައުލީމު ހާސިލްކުރުމަށް 560 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި

03 މާރިޗު 2018
ލޯނު އެހީގެ ދަށުން މަތީ ތައުލީމު ހާސިލްކުރުމަށް 560 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި
14 ޖެނުއަރީ 2018

ތައުލީމު އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީއަށް މުޅިން ބަރޯސާ ނުވާނަން: މިނިސްޓަރު

14 ޖެނުއަރީ 2018
ތައުލީމު އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީއަށް މުޅިން ބަރޯސާ ނުވާނަން: މިނިސްޓަރު
21 ނޮވެމްބަރު 2017

25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމުގެ ގާބިލްކަން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަކަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

21 ނޮވެމްބަރު 2017
25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމުގެ ގާބިލްކަން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަކަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
26 އޮކްޓޯބަރު 2017

ފަސް އަހަރުގެ ތެރޭގައި 26000 ވަޒީފާވެސް އުފެއްދިފައެއް ނުވޭ: ރޮޒެއިނާ

26 އޮކްޓޯބަރު 2017
ފަސް އަހަރުގެ ތެރޭގައި 26000 ވަޒީފާވެސް އުފެއްދިފައެއް ނުވޭ: ރޮޒެއިނާ
09 އޮކްޓޯބަރު 2017

ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތައް ބެލުމުގެ ބާރު ބްރޯޑްކޮމްއަށް ލިބިގެނެއް ނުވޭ:ނިޝާން

09 އޮކްޓޯބަރު 2017
ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައްސަލަތައް ބެލުމުގެ ބާރު ބްރޯޑްކޮމްއަށް ލިބިގެނެއް ނުވޭ:ނިޝާން
16 މާރިޗު 2017

ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

16 މާރިޗު 2017
ޕާޓީގެ މުދަލަށް އަރައިގަތުމުގެ ހައްގެއް ފުލުހުންނަށް ލިބިގެނެއް ނުވޭ: އެމްޑީޕީ
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް