Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަތީ ތައުލީމުގެ ފުރުސަތު

ލޯނު އެހީގެ ދަށުން މަތީ ތައުލީމު ހާސިލްކުރުމަށް 560 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި

3 މާރިޗު 2018 | ހޮނިހިރު 08:09

މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް 60 ފުރުސަތު ވަނީ ހުޅުވާލައިފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 މާރިޗު 2018 | ހޮނިހިރު 08:09
ލޯނު ލިބުނު ކުދިންނަށް ލޯނު ހަވާލު ކުރަނީ

ލޯނު ލިބުނު ކުދިންނަށް ލޯނު ހަވާލު ކުރަނީ

ހަޔަރ އެޑިއުކޭޝަނުން މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރު ފުރުސަތު ހުޅުވާލާފައި ވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 500 ފުރުސަތާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް 60 ފުރުސަތެވެ. ސަރުކާރުން އަލަށް ހުޅުވާލި 500 ފުރުސަތުގެ ދަށުން ގައުމީ ސަނަދުގެ އޮނިގަނޑުގެ ފެންވަރު ފަހަކުން ފެށިގެން 10 ގެ ނިއަލަށް ކޯސްތަކަށް ކުރިމަތިލެވޭ އިރު ޕައިލެޓް ލައިސަންސް ހޯދުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެހެންކަމުން މި ފަހަރު ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން މަތީގެ ހުރިހާ ކޯހަކަށް ލޯނަށް އެދެވޭނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް ހުޅުވާލި 60 ފުރުސަތުގެ ތެރެއިން ހުޅުވާލާފައި ވަނީ ޑިގްރީ ކޯސްތަކުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަކަށެވެ.

ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު 4 މަރޗުން ފެށިގެން 22 މަރޗަށް ހުޅުވާލާފައިވާ އިރު ހެނދުނު 08:30 އިން މެންދުރު 01:30 ގެ ނިއަލަށް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެ ކަމަށް އެ އިދާރާ އިން ބުނެއެވެ. މީގެ އިތުރުން ހުށަހަޅަންޖެހޭ ފޯމް އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ލޯނަށް އެދި ހުށައަޅާ ފޯމު ބާތިލު ނުވާނޭ ގޮތް ހެދުމަށްޓަކައި ފޯމު ހިފައިގެން އަންނަ މީހާގެ ހާޒިރުގައި ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ހަމަތޯ ބެލޭނެ ކަމަށާއި ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމާއި ފުރިހަމަނުކުރާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ފޯމު ބަލައިގަތުމަށް ފަހު ފޯމަށް ނުވަތަ ފޯމާއެކު ހުށައެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. އަދި ފޯމު ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން ފޯމެއް ހުށަހަޅާ ނަމަ ކުރިން ހުށަހެޅި ފޯމު ބާތިލްކުރަން ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އަލަށް ހުޅުވާލި ލޯން ސްކީމުގެ ތެރެއިން ޕައިލެޓް ލައިސެންސް އާއި ޓީޗިންގ އާއި ނާސިންގ އާއި މެޑިސިންގެ ޑިގްރީ ކޯސްތަކަށް ފުރުސަތުދެވިފައިވާ އިރު ސްކިލްސް ޝޯޓޭޖް ދާއިރާތަކަށް އިސްކަން ދެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ވެސް ޓީޗިންގ އާއި ނާސިންގ އިން ޑިގްރީއަށް ކިޔަވާ ކުދިންނަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު ބޭރު ގައުމުތަކުން މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން ލޯން ލިބިގެންދަނީ ޕޯސްޓް ގްރެޖުއޭޓް ލެވެލްއަށެވެ. މެޑިސިންގެ ދާއިރާ އިން ޑިގްރީ ކޯހަށް ކިޔެވުމަށް 50 ފުރުސަތު ހުޅުވާލާފައިވާ އިރު މި ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖޭގައި ކިޔެވުމަށެވެ. މިއީ އަލަށް އިމާރާތްކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމުކުރާ މެޑިކަލް ކޮލެޖްގެ ކޯސްތައް ކަމަށް ބެލެވެއެވެ.

ރާއްޖެއިން ކިޔަވާ ދަރިވަރުންނަށް 300 ފުރުސަތު އަދި ރާއްޖެ އިން ބޭރުން ކިޔަވާ ދަރިވަރުންނަށް 200 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހަޔަރ އެޑިއުކޭޝަނުން ލޯން ސްކީމުގެ ދަށުން 560 ފުރުސަތު ހުޅުވާލާފައިވާ އިރު މި ފާއިތުވެ ދިޔަ ތިން އަހަރު ސްޓޫޑެންޓް ލޯން ސްކީމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން 2015 ވަނަ އަހަރު 630 ލޯނަށް ފުރުސަތު ހުޅުވާލި އިރު 2016 ވަނަ އަހަރު 900 ލޯނަށް ފުރުސަތު ހުޅުވާލިއެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖެއިން 16 ދާއިރާއަކުން 428 ފުރުސަތު ދީފައިވާ އިރު ރާއްޖެއިން ބޭރުން 28 ދާއިރާއަކުން 572 ފުރުސަތު ދީފައި ވެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
01 ފެބުރުއަރީ 2017

ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ

01 ފެބުރުއަރީ 2017
ވިލާ ހައި ސުކޫލުން މަތީ ސާނާވީއަށް ދަރިވަރުން ހޯދަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް