Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެދޮރުވެރިކުރުން

25 ބުރީގެ 62 ޓަވަރު އިމާރާތްކުރުމުގެ ގާބިލްކަން ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތަކަކަށް ލިބިގެނެއް ނުވޭ: އެމްޑީޕީ

80،000 ހައުސިން ޔުނިޓްގެ ވަޢުދަކީ ރައީސް ޔާމީން ވެވަޑައިގެންނެވި ހުސް ވަޢުދެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2017 | އަންގާރަ 10:57
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ސިޔާސަތުގެ ދަށުން 80،000 މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތް ކުރުމަށް ނިންމާފައިވާ 25 ބުރީގެ 62 ޓަވަރުގެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގައި ކުރުމުގެ ގާބިލްކަން މިހާރު ރާއްޖޭގައި ތިބި ކޮންސްޓްރަކްޝަންސް ކުންފުނިތަކަށް ލިބިގެން ނުވާ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގެދޮރުވެރިކުރުމުގެ އެންމެ ބޮޑު އެއް މަޝްރޫޢާ ގުޅޭ ގޮތުން އެމްޑީޕީގެ ކަންބޮޑުވުންތައް ހާމަ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ 25 ބުރީގެ 62 ޓަވަރު 2019 ވަނަ އަހަރަށް ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެކަން ކުރެވޭނެ ވަރުގެ ކޮންސްޓްރަކްޝަން ކުންފުންޏެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެ އިމާރާތްތައް ނިމޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި މުއްދަތުގައި އެކަން ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ 80،000 ހައުސިން ޔުނިޓް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިމާރާތް ކުރެވިގެން ދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެއީ ރައީސް ޔާމީނަށް ފުއްދަވައި ދެއްވޭނެ ވަޢުދެއް ނޫން ކަމަށެވެ.

އެގޮތުން އަސަލްމް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް ހަތަރު އަހަރު ވެގެން ދިޔައިރު ވެސް ރައްޔިތުންނަށް އިމާރާތް ކޮށްދިން ހައުސިން ޔުނިޓްތަކެއް ނެތް ކަމަށެވެ. އަދި މިހާތަނަށް ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނާ ހަވާލު ކުރި ހުރިހާ ފްލެޓްތަކަކީ ވެސް އެމްޑީޕީގެ ސަރުކާރުގައި އިމާރާތް ކުރަން ފަށާފައިވާ ނުވަތަ އެމްޑީޕީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އިމާރާތް ކުރި ފްލެޓްތައް ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެހެންކަމުން ހުޅުމާލޭގައި 80،000 ހައުސިން ޔުނިޓް އިމާރާތް ކޮށްދެއްވާނެ ކަމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވަޢުދަކީ އަންނަ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ވެވަޑައިގެންނެވި ހުސް ވަޢުދެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް އެފަދަ ވަޢުދުތައް ރައީސް ޔާމީން ވެވަޑައިގެންނެވި ކަމަށާއި އެއިން އެއްވެސް ވަޢުދެއް ފުއްދިފައި ނުވާ ކަމަށް އަސަލްމް ވިދާޅުވިއެވެ. އޭގެ ތެރޭގައި އަލަތު ކައިވެންޏާއެކު ފްލެޓް ލިބޭނެ ވާހަކަ އާއި މަސްވެރިންނަށް ބެޔަސް ނުބެޔަސް ދޭން ބުނި 10،000ރ. އާއި ދަނޑުވެރިންނަށް ދޭން ބުނި 8,000ރ. ގެ އިތުރުން ޒުވާނުންނަށް ދޭން ބުނި ރިސޯޓް ހިއްސާގެ ވަޢުދު މިހާތަނަށް ވެސް ފުއްދިފައި ނުވާ ކަމަށް އަސަލަމް ވިދާޅުވިއެވެ.

މީގެ އިތުރުން 25 ބުރީގެ 62 ޓަވަރު އިމާރާތް ކުރުމަށް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާ ހަވާލު ކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެ، އަސްލަމް ވިދާޅުވީ ހައުސިން ޔުނިޓްތައް ގާއިމް ކުރުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ ކުންފުނިތަކަކީ ރައްޔިތުންނަސް ބޭނުންވާ އަސާސީ ހިދުމްތައް ފޯރުކޮށްދެމުންދާ ކުންފުނިތައް ކަމަށާއި އެ ކުންފުނިތަކަށް އެ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އަދި އަސާސީ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ކުންފުނިތަކެއް މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރުވާ ނަމަ އެ ކުންފުނިތަކުން ރައްޔިތުންނަށް ދެމުން ގެންދާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ދަތިތަކާ ދިމާވެ، ހިދުމަތް ދިނުމަށް ބުރުއަރާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެ ކުންފުނިތަކުގެ ހިންގުމުގެ ގަވާއިދުތަކަށް ބަލާއިރު އެފަދަ މަސައްކަތްތަކެއް ނުކުރެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސަލް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ގެދޮރުވެރި ކުރުމުގެ މަޝްރޫޢެއް ހިންގުމުގެ ގާބިލްކަން ލިބިފައި ވަނީ އަދި އެކަން ކުރެވޭނީ ހަމައެކަނި ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕްރޭޝަނަށް ކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ސަރުކާރު ހިއްސާ އަދި އާންމު ރައްޔިތުންނަށް އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުނިތަކެއް މެދުވެރިކޮށް ހައުސިންގެ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ ކޮރޮޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށެވެ. އެގޮތުން މި މަޝްރޫޢުގެ ތެެރެއިން ބޮޑެތި ކޮރޮޕްޝަންގެ އަމުލުތަކެއް ހިނގާނެ ކަމަށް އަސަލަމް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ކުރު މުއްދަތެއްގައި އެހާ ގިނަ ހައުސިން ޔުނިޓްތަކެއް އިމާރާތްކުރާ އިރު އެކަމަށް އެއްވެސް ޕްލޭނެއް ނެތުމުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު