Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސްގެ ޝަރީއަތް

ޕެޓިޝަން ކޮމެޓީގައި ފާރިސް އިންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ވަކިކުރިކަން އެނގިފައެއް ނެތް: ދިފާއީ ހެކި

18 ޖޫން 2018 | ހޯމަ 12:55

ދިފާއީ ހެކީންގެ ގޮތުގައި 47 މީހަކު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖޫން 2018 | ހޯމަ 12:55
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިންނެވީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި މިހާތަނަށް އެ ކޮމެޓީގެ މެމްބަރުކަމުން ފާރިސް ވަކިކުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށް އެ ކޮމެޓީގެ ނައިބު މުގައްރިރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ދިފާއީ ހެކިވެރިއެއްގެ ގޮތުގައި މެމްބަރު މުހައްމަދު އަބްދުލްކަރީމް ހާޒިރުކުރީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރެއްގެ ގޮތުންނެވެ.

Advertisement - newsAdvertisement

ހެކިބަސް ދެއްވަމުން ވިދާޅުވީ އޭނާ އަކީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ނައިބު މުގައްރިރު ކަމަށެވެ. އޭނާއާއެކު ފާރިސް ވެސް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކަމަށާއި އަދި ފާރިސް އެ ކޮމެޓީގައި ތަމްސީލް ކުރެއްވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމަށް މުހައްމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ފާރިސް ހައްޔަރު ކުރުމުން އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ފާރިސް އެ ކޮމެޓީ އަށް ހާޒިރުކުރަން ނިންމި ކަމަށް ވެސް މުހައްމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ. ކޮމެޓީން އެ ގޮތަށް ނިންމި ނަމަވެސް އެކަން މަޖިލީހުގެ އިދާރާއަށް ހުށަހެޅި ހިސާބުން ދެން އެކަން ހިނގާދިޔަ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ކުރެއްވި ސުވާާލުތަކަށް ޖަވާބުދެއްވަމުން މުހައްމަދު އަބްދުލް ކަރީމް ވިދާޅުވީ، ކޮމެޓީގައި ޕީޕީއެމް ތަމްސީލް ކުރައްވަނީ އެންމެ ބޭފުޅެއް ނޫން ކަމަށާއި އިތުރު ބޭފުޅުން ތިއްބަވާ ކަމަށެވެ.

ހެކީންގެ ގޮތުގައި 47 މީހެއް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެވެ. އަދި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި އަދި މިހާރުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވެސް ހިމެނެއެވެ. ފާރިސް ވަނީ އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ފުރުސަތު ދެއްވާކަން ދައްކަން ކޮށްމެހެން ކޯޓަށް ހާޒިރު ކުރުމުގެ ބޭނުމެއް ނެތްކަމަށާއި ގާޒީ ބޭނުންވެލައްވާ ގޮތަށް ހުކުމް ކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފަ އެވެ.

ފާރިސް ވިދާޅުވީ ދިފާއުގައި ހުށަހެޅި 47 ހެކީންގެ ހެކިބަސް ނުނެގެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދައުލަތުން ދިފާއީ ހެކިބަސް ނެގުމަށް ދެކޮޅު ހެދި ނަމަވެސް އެއީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން، އަންގާރަ ދުވަހު ވެސް އަޑުއެހުމެއް އޮންނާނެ ކަމަށް ގާޒީ އިބްރާހިމް އަލީ އިއުލާން ކުރެއްވި އެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވެގެން ވަޑައިގެންނެވުމަށް އެންގެވި އެވެ.

ނުރުހުން ފާޅުކުރައްވަމުން ފާރިސް ވިދާޅުވީ އިސްކަންދޭންވީ ހެކީންގެ ލިސްޓް ހަދައި އެ ހެކީންނާއި ކުރާނެ ސުވާލުތައް ތައްޔާރުކޮށް ހެކިން ކޯޓަށް ހާޒިރު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. ހެކިބަސް ވަޒަން ކުރުމަށް ފަހު ހުލާސާ ބަޔާން ހުށަހެޅުމަށް ތައްޔާރުވުމަކީ ޖަލު ބަންދުގައި ހުރި މީހަކަށް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން

25 ޖެނުއަރީ 2017
ކައުންސިލް އިންތިހާބުގެ ޕްރައިމަރީގާ 200 ކެންޑިޑޭޓުން ވާދަކުރޭ: ޕީޕީއެމް ޔާމިން ފެކްޝަން
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް