Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުރޯދަ އާއި ސިއްހަތު

ހިކަނދިފަތުން ލިބޭ ފައިދާތައް އިނގޭ ނަމަ!

13 ޖޫން 2018 | ބުދަ 17:05

ހިކަނދިފަތަކީ ޑައިބެޓިކްސް ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއެވެ.

ރިފްޤާ އަބްދުލް ވައްހާބް
ރިފްޤާ އަބްދުލް ވައްހާބް | 13 ޖޫން 2018 | ބުދަ 17:05
ހިކަނދިފަތް

ހިކަނދިފަތް

ހިކަނދިފަތަކީ ދިވެހިންނާ ވަރަށް ގާތް އެއްޗެކެވެ. ކައްކަން ބޭނުން ކުރާ ކޮންމެ އެއްޗަކަށް ރަހަ މީރުކުރަން އަޅައެވެ. ހެދިކާޔަކަސް ނުވަތަ ލައިގެންކާ އެއްޗެއް ހެދިކަމުގައި ވިޔަސް ހިކަނދިފަތާ ނުލައި ފުރިހަމައެއް ނުވެއެވެ. ނަމަވެސް ދެރަކަމަކީ ދިވެހިން ހިކަނދިފަތް ބޭނުން ކުރަނީ ހަމައެކަނި ކާ އެއްޗެހީގައި ރަހަލައްވަން ކަމަށް ވާތީއެވެ. ކާ އެތިކޮޅު ހަދައި ނިމި ކާންޖެހޭ ވަގުތު އެ ހުރިހާ ހިކަނދިފަތެއް ނަގައި އެއްކައިރި ކޮށްލައެވެ. ނަމަވެސް އެ ހިކަނދިފަތުން ލިބޭ ފައިދާ އިނގޭ ނަމަ އެހެނެއް ނުހަދާނެކަން ކަށަވެރެވެ. ހިކަނދިފަތުން އިންސާނާގެ ހަށިގަނޑަށް ކާބޯހައިޑްރޭޓްސް، ފައިބަރ، ކެލްސިއަމް، ފޮސްފަރަސް، އަޔަން އަދި ވިޓަމިން ލިއްބައި ދެއެވެ. މީގެ އިތުރުން ވެސް އިންސާނާގެ ހަށިގަނޑައް ލިއްބައިދޭ ފައިދާތައް ވަރަށް ވެސް ގިނައެވެ.

ޑައިބެޓިކްސް ބަލިން ދުރުކޮށްދިނުން:

ހިކަނދިފަތުގެ ސަބަބުން ހަށިގަނޑުގައިވާ އިންސިއުލިން (ލޭގައި ގުލްކޯޒް އުފައްދާ މާއްދާ) އެއްވަރު ކޮށްދީ، ލޭގައި ހަކުރު އެކުލެވޭ މިންވަރު ދަށް ކޮށްދެއެވެ. އޭގެ އިތުރުން މި އަޖައިބު ކުރަނިވި ފަތުގައިވާ ފައިބަރގެ މާއްދާތަކަކީ ވެސް ޑައިބެޓިކްސް ބަލިން ދުރުކޮށްދޭ އެއްޗެކެވެ. ކުރުކޮށް ދަންނަވާ ކަމުގައި ވާނަމަ ހިކަނދިފަތަކީ ޑައިބެޓިކްސް ބައްޔަށް އޮތް އެންމެ ރަނގަޅު ފަރުވާއެވެ.

ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުން:

ހިކަނދިފަތުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައިވާ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ކޮށްދެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑަށް ލިއްބައިދޭ އިތުރު ފެޓްސް އަވަހަށް ހަޖަމުކޮށްދީ އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހި ކޮށްދެއެވެ.

ކޮލެސްޓްރޯލް ލެވަލް ދައްކޮށްދިނުން:

ދިވެހިންގެ ތެރޭގައި މިހާރު އެންމެ އާންމު އެއް ކަމަކީ ކޮލަސްޓްރޯލް މައްޗައް ދިއުމެވެ. ނަމަވެސް ހިކަނދިފަތުގެ ސަބަބުން އެލް.ޑީ.އެލް ކޮލެސްޓްރޯލް (ނުބައި ކޮލަސްޓްރޯލް) އުފެދުމުން ދުރުކޮށްދެއެވެ. އަދި އެޗް.ޑީ.އެލް (ރަނގަޅު ކޮލެސްޓްރޯލް) އުފެދުމަށް މަގުފަހި ކޮށްދެއެވެ. އެހެން ކަމުން ހިތުގެ ބަލި ފަދަ ކޮލަސްޓްރޯލްގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން އިންސާނާ ސަލާމަތްކޮށްދެއެވެ.

ބަރުދަން ލުއި ކޮށްދިނުމަށް އެހީވެ ދިނުން:

ހިކަނދިފަތަކީ އިންސާނާގެ ހަށިގަނޑުގައިވާ ޖުމުލަ ފެޓްސް ލެވެލް ދައްކޮށްދޭ އެއްޗެކެވެ. އޭގައިވާ އަޖައިބު ކުރަނިވި މާއްދާތަކުގެ ސަބަބުން އިންސާނާގެ ބަރުދަން މުޅިން ލުއި ކޮށްލަދެއެވެ. ހަށިގަނޑުން މުޅިން ފެޓްސް ދުއްވާލައި ރީތި ހަށިގަނޑެއް ބައްޓަންކުރަން ބޭނުންވާ މީހަކަށް ހިކަނދިފަތަކީ އެންމެ ރަނގަޅު ހައްލެވެ.

ގޭސް ވުމުން ދުރުކޮށްދިނުން:

ހިކަނދިފަތަކީ ގުތުރަތީ ބޭސްވެރިކަކަމުގައި ވެސް އެންމެ ގިނައިން ބެނުންކުރާ އާލާތެކެވެ. ވަކިން ހާއްސަކޮށް ގޭސްވާ ފަރާތްތައް ބޭނުން ކުރަން އެންމެ އައުލާކަން ބޮޑު ބޭހެވެ. ހެނދުނު ހުސް ބަނޑާ ހުރެ ހިކަދިފަތާއި ލުނބޯހުތް ބޭނުން ކޮށްގެން ތައްޔާރުކުރާ ޖޫހެއް ބޯލުމަކީ އެންމެ ފަސޭހައިން ގޭސް ވުން ހައްލުވާ ކަމެކެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 މެއި 2018

ހިކެން ބޭނުންނަމަ ގޮތް ބަލަންވެސް އުއްދަނޑި ޖޫސް ބޮއިބަލަ!

12 މެއި 2018
ހިކެން ބޭނުންނަމަ ގޮތް ބަލަންވެސް އުއްދަނޑި ޖޫސް ބޮއިބަލަ!
29 މާރިޗު 2018

މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ

29 މާރިޗު 2018
މާބަނޑު ދުވަސްވަރު ފިކުރު ބޮޑުވާނަމަ ދަރިފުޅުގެ ސިކުނޑި އަށް ގެއްލުންވޭ: ދިރާސާ
25 އޮކްޓޯބަރު 2017

ހަށިގަނޑުން ކެލްސިއަމް މަދުވެއްޖެނަމަ ހިތް ހުއްޓިދާނެކަމުގެ ބިރު!

25 އޮކްޓޯބަރު 2017
ހަށިގަނޑުން ކެލްސިއަމް މަދުވެއްޖެނަމަ ހިތް ހުއްޓިދާނެކަމުގެ ބިރު!
03 އޮކްޓޯބަރު 2017

މި އަލާމާތްތައް ފެންނަނަމަ ކިޑްނީ އެވަނީ ނުރައްކަލުގައި!

03 އޮކްޓޯބަރު 2017
މި އަލާމާތްތައް ފެންނަނަމަ ކިޑްނީ އެވަނީ ނުރައްކަލުގައި!
29 މެއި 2017

ކަރާގެ ބޭރު ތޮށިގަނޑު އެއްލާލުމަށް ވުރެ ލިބޭ ފައިދާ މާބޮޑު!

29 މެއި 2017
ކަރާގެ ބޭރު ތޮށިގަނޑު އެއްލާލުމަށް ވުރެ ލިބޭ ފައިދާ މާބޮޑު!
28 މެއި 2017

މިސްވަކުން ދަތް އުނގުޅުމުން ލިބޭ ފައިދާ ބޮޑު

28 މެއި 2017
 މިސްވަކުން ދަތް އުނގުޅުމުން ލިބޭ ފައިދާ ބޮޑު
27 މެއި 2017

ކަދުރުން ލިބޭ ސިއްހީ ފައިދާތައް އެނގޭތަ؟

27 މެއި 2017
ކަދުރުން ލިބޭ ސިއްހީ ފައިދާތައް އެނގޭތަ؟
20 އެޕްރީލު 2017

ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!

20 އެޕްރީލު 2017
ޓީބީ: ނުރައްކާތެރި އެހެން ނަމަވެސް އަވަސް ފަރުވާއާއެކު ސަލާމަތް ވެވޭނެ ބައްޔެއް!
25 ފެބުރުއަރީ 2017

ކުޑަ ކުދިންނަށް މާ ގިނައިން ބަތް ކާންދޭނަމަ އެބަ ވިސްނަންޖެހޭ!

25 ފެބުރުއަރީ 2017
ކުޑަ ކުދިންނަށް މާ ގިނައިން ބަތް ކާންދޭނަމަ އެބަ ވިސްނަންޖެހޭ!
13 ފެބުރުއަރީ 2017

މާބަނޑު މީހުން އެންޓިބަޔޮޓިކް ބޭނުން ކުރާނަމަ ދަރިފުޅުގެ ސިއްހަތު ގޯސްވެދާނެ

13 ފެބުރުއަރީ 2017
މާބަނޑު މީހުން އެންޓިބަޔޮޓިކް ބޭނުން ކުރާނަމަ ދަރިފުޅުގެ ސިއްހަތު ގޯސްވެދާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް