Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުރޯދަ މަސް

ކަރާގެ ބޭރު ތޮށިގަނޑު އެއްލާލުމަށް ވުރެ ލިބޭ ފައިދާ މާބޮޑު!

ކަރާގެ 91 ޕަސެންޓް އަކީ ފެން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 29 މެއި 2017 | ހޯމަ 11:58
ލޯކަލް މާރުކޭޓުގައި ކަރާ ވިއްކުމަށް ބެހެއްޓިފައި

ލޯކަލް މާރުކޭޓުގައި ކަރާ ވިއްކުމަށް ބެހެއްޓިފައި

ކަރައަކީ ރަމަޟާން މަހުގައި ރާއްޖޭގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. މިއީ ޒަމާނުއްސުރެއް ރާއްޖޭގެ ސަގާފަތުގެ ތެރެއަށް ވަދެފައިވާ އާދަ އެކެވެ.

ރާއްޖޭގައި ރަމަޟާން މަހުގައި ކަރާ ގިނައިން ބޭނުން ކުރާ އިރު، ކަރައަކީ ސިއްހީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭ އެއްޗެކެވެ. ކަރާގައި އެންޓިއޮކްސިޑެންޓް ލައިކޮޕީން މާއްދާ ޓޮމާޓޯ އަށް ވުރެ ގިނައިން ހުރެ އެވެ. އެގޮތުން 1.5 މިންވަރު ޓޮމާޓޯ އަށް ވުރެ ގިނައިން ކަރާގައި ލައިކޮޕީން ހުރެ އެވެ. އެންޓިއޮކްސިޑެންޓް ލައިކޮޕީން އަނީ ކެންސަރައި ހިތުގެ ބަލިތަކުން ސަލާމަތް ކުރުމަށް، ނުވަތަ ރައްކާތެރިވުމަށް ވަރަށް މުހިއްމު މާއްދާ އެކެވެ. މި މައްދާ ހަށިގަނޑަކަށް އެކަށީގެންވާ މިންވަރަށް ލިބޭ ނަމަ، ސްޓްރޯކް ޖެހުމުން 19 ޕަސެންޓް ދުރުކޮށްދިނުމަށް މަގުފަހިވެ އެވެ.

ހަށިގަނޑަށް ލިބިދޭ ލައިކޮޕީންއާ ގުޅޭ ގޮތުން 2014 ވަނަ އަހަރު ކުރެވުނު ހޯދުންތަކުން ދައްކާގޮތުގައި ލައިކޮޕީންގެ ސަބަބުން އޯވަރީގެ ކެންސަރުން ދުރުކޮށްދެ އެވެ. ކެންސަރަށް ކުރާ ފަރުވާއަށް މި މާއްދާގެ ސަބަބުން އިތުރުބާރެއް ލިބެ އެވެ.

ދިރާސާތަކުން ދައްކާގޮތުން ކަރާގައި ހިމެނޭ ލައިކޮޕީންގެ ސަބަބުން ޓިއުމަރު އުފެދުމުން ދުރުކޮށްދެ އެވެ. ކަރާ ކެއުމުގެ ސަބަބުން ހަށިގަނޑުގެ ތަންތަނުގައި ރިއްސުންތައް ކުޑަ ކޮށްދެ އެވެ. ކަރާގެ ބޭރުފަށައަލައިން ކުރާ ފައިދާ ވެސ ވަކި ކުޑައެއް ނޫނެވެ. ކަރާގެ ބޭރު ތޮށިގަނޑުން ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ލިބުނު ނަމަވެސް ގިނަ ފަހަރަށް ބޭރުތޮށިގަނޑު އެއްލާލެވޭ ގޮތް ދިމާވެ އެވެ.

ކަރާގެ ބޭރު ތޮށިގަނޑުން ކިޑްނީގެ ބަލިތަކާއ ހިތުގެ ބަލިތަކުން ރައްކާތެރިވުމުގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް މަގުފަހިވެ އެވެ. މީގެ އިތުރުން ހަށިގަނޑުގެ ބްލަޑް ޕްރެޝަރ އެއްވަރެއްގައި ހިފެހެއްޓުމަށް ވެސް މަގުފަހިވެ އެވެ. ކަރާގެ ބޭރު ތޮށިގަނޑުގެ އިތުރަށް ކަރާގެ އޮށަކީވެސް އޭގެއިން ބޮޑެތި ފައިދާތަކެއް ހަށިގަނޑަށް ލިބޭ އެއްޗެކެވެ. އެގޮތުން ދަގަނޑުގެ ބާވަތާއި ޕްރޮޓީން އަދި ފައިބާ ލިބުމަށް މަގުފަހިވެ އެވެ.

ކަރައިން ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ލިބިދޭ އިރު މިއީ ހޫނު މޫސުމުގައި ބޭނުން ކުރުމަށް އެންމެ ރަގަޅު އެއް މޭވާ އެވެ. އަދި ރަމަޟާން މަސްފަދަ، ދުވާލުގަޑީގައި ކެއުމާއި ދުރުގައި ހުރުމަށްފަހު، ރޯދަވީއްލާ ގަޑީ ކެއުމަށްވެސް އެންމެ ރަގަޅު އެއް މޭވާ އަކީ ކަރައެވެ.

ކަރާގެ 91 ޕަސެންޓް ހިމެނެނީ ފެނެވެ. އެހެން ކަމުން ކަރާ ކެއުމުގެ ސަބަބުން ޑީހައިޑްރޭޝަނުން ދުރުކޮށްދެ އެވެ. އާންމުކޮށް އެތެރެ ރަތްކޮށް ހުންނަ ކަރާ ބޭނުން ކުރި ނަމަވެސް އެތެރެ ރީނދޫކޮށް ހުންނަ ކަރައިންވެސް ސިއްހީ ބޮޑެތި ފައިދާތަކެއް ލިބިގެންދެ އެވެ.

ކަރާ އަކީ ކިއުކަމްބާ އާއި ބަރަބޯ އައިލާ އަށް ނިސްބަތްވާ މޭވާއެކެވެ. ކަރާއަކީ މިސްރަށް ނިސްބަތްވާ މޭވާ އެއް ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަރާ އުފައްދަން ޖެހެ އެވެ.

އިތުރަށް ކިޔާލަން

10 ސެޕްޓެމްބަރު 2025

ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!

10 ސެޕްޓެމްބަރު 2025
ޔުނިސެފް އިން ބުނަނީ ދުނިޔޭގައި މިހާރު ގިނައީ ބަރުދަން ލުއި ކުދިންނަށް ވުރެ ބަރުދަން އިތުރުވެފައިވާ ކުދިން ކަމަށް!
07 އޯގަސްޓު 2020

އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް ވުރެ މައްޗަށް

07 އޯގަސްޓު 2020
އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް ވުރެ މައްޗަށް
07 އެޕްރީލު 2020

ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ

07 އެޕްރީލު 2020
ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރޯކުއިން އިންޑިއާ އިން ބޭރު ކުރަން ހުއްދަ ދެނީ
23 މާރިޗު 2020

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި
19 ފެބުރުއަރީ 2017

ޑރ ޝާނަށް ދެއްކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާފާނެ: އައިޖީއެމްއެޗް

19 ފެބުރުއަރީ 2017
 ޑރ ޝާނަށް ދެއްކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސް ނަގާފާނެ: އައިޖީއެމްއެޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު