Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުސިއްހަތު

ހިކެން ބޭނުންނަމަ ގޮތް ބަލަންވެސް އުއްދަނޑި ޖޫސް ބޮއިބަލަ!

ކޮންމެ 100 ގުރާމް އުއްދަނޑީގައި 270 ކެލެރީސް ހުރޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 މެއި 2018 | ހޮނިހިރު 04:18
ބަރުދަން ލުއި ކުރުމަށް އުއްދަނޑި ޖޫސް އެހީވެދޭ

ބަރުދަން ލުއި ކުރުމަށް އުއްދަނޑި ޖޫސް އެހީވެދޭ

ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ، ހަށިގަނޑަށް ލުއި އުއްދަނޑި ޖޫހަކީ އަނގަޔަށް މީރު ފައިދާ ހުރި ބުއިމެކެވެ. ކުޑަކުދިންނަށާއި ބޮޑެތި މީހުނަށް ވެސް ބޯލެވޭ އުއްދަނޑި ޖޫހަކީ، ހަމައެކަނި ކަރު ހިއްކުން ފިލުވައިދީ އަނގަޔަށް މީރު ޖޫހެއްނޫނެވެ. އެއީ ހަކަތައިން ފުރިގެންވާ ބުއިމެކެވެ.

ހޫނު ގަދަ ދުވަސްވަރުގައި މުޅިދުވަހުގެ މަސައްކަތުގެ ވަރުބަލިކަމަށް ފަހު ހަވީރު އެ ބޯލާ ކޮފީތަކުގެ ބަދަލުގައި އުއްދަނޑި ޖޫސް ތައްޓެއް ބޯލުން ކިހިނެއްވާނެ ތޯއެވެ.

ރާއްޖޭގައި ކުރީ ޒަމާނުގައި އުއްދަނޑިއަކީ ވަރަށް އާންމު އެއްޗެއް ނަމަވެސް މިހާރު އުއްދަނޑި ފެންނަނީ ވަރަށް މަދުންނެވެ.

ބަރުދަން ލުއިކުރުމަށް މަސަައްކަތް ކުރާ މީހުންގެ ހަތުރަކީ ހަކުރެވެ. އެކަމަކު ގުދުރަތީ ފޮނިކަމުން މުއްސަނދިވެފައިވާ އުއްދަނޑި ޖޫހަކީ ހިކެން ބޭނުންވާ މީހުންނަށް އުފާވެރިކަން ގެނެސްދޭނެ ނަތީޖާ ނެރެދޭނެ ބުއިމެކެވެ. އެކަމަކު ބޯންވާނީ ރަނގަޅު ވަގުތުގައި އެކަށީގެންވާ މިންވަަރަށެވެ.

ކޮންމެ 100 ގުރާމް އުއްދަނޑީގައި 270 ކެލެރީސް ހުރެއެެވެ.

ބަރުދަން ލުއި ކުރުމަށް އުއްދަނޑި ޖޫސް ބޯންވީ މިހެންވެއެވެ:

ސަރުބީ އެއްވެސް ވަރަކަށް ނުހިމެނޭ- އުއްދަނޑީގައި އެއްވެސް މިންވަރަކަށް ސަރުބީއެއް ނުހިމެނެއެވެ. އެކަމަކު ގުދުރަތީ ފޮނިކަން އެކުލެވެއެވެ. އެހެންކަމުން އެހެނިހެން މޭވާއިން ފަނި ގިރާއިރު،އެއަށް ބައިވަރު ހަކުރު އަޅަން ޖެހޭއިރު އުއްދަނޑި ޖޫސް ގިރުމަށް އެއްވެސް މިންވަރަކަށް ހަކުރު އަޅާކަށް ނުޖެހެއެވެ.

ފައިބައިން މުއްސަނދިވެފައި:

ގުދުރަތީ ފައިބަރ އިން މުއްސަނދިވެފައިވާ އުއްދަނޑިއަކީ ކުރިންވެސް ފާހަގަކުރި ގޮތަށް ބަރުދަން ލުއިކުރުމަށް އެފަދަ ދެވަނައެއް ނެތްފަދަ އެއްޗެކެވެ. ކޮންމެ އުއްދަނޑި ޖޫސް ތައްޓެއްގައި 13ގްރާމްގެ ފައިބަރ އެކުލެވެއެވެ.

ފޮއްސިވެ ދުޅަވުން ކުޑަކޮށްދޭ

ބުނެވޭގޮތުގައި ހިކެން އުނދަގޫވާ އެއް މައްސލައަކީ، މީހާ ފޮއްސިވެ ދުޅަވުމެވެ. އުއްދަނޑިން ހަށިގަނޑުގައި އުފެދޭ ވިހަ މާއްދާތަކާއި ހަނަގުރާމަކޮށް ދުޅަވުމުން ދުރުކޮށްދެއެވެ. ހަށިގަނޑުގައި އުފެދޭ ނުބައި ކޮލެސްޓްރޯލްގެ ސަބަބުން މީހާ އިންތިހާއަށް ފަލަވެގެން އާދެއެވެ. އުއްދަނޑި ޖޫހުގައި ކޮލެސްޓްރޯލް އެއްވެސް މިންވަރަކަށް ނުހިމެނޭތީ، ލޭގައި އުފެދޭ ސަރުބީ ވިރުވާލުމަށް އެހީވެދެއެވެ. އަދި އެކަމުގެ ސަބަބުން ބަރުދަން ލުއިވެއެވެ. ބޮޑުކަމުދާން ފަސޭހަވުން

އުއްދަނޑީގައި މަތީ މިންވަރަކަށް ފައިބަރ އެކުލެވިފައި ވުމުން މެޓަބޮލިޒަމް ބޫސްޓްކޮށްދެއެވެ. އަދި އެކުލެވޭ ގުދުރަތީ ފައިބަރގެ ސަބަބުން ހަޖަމުކުރުމަށް ފަސޭހަވެ ބަނޑު ހިކުމުން ދުރުކޮށްދެއެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2018

އުއްދަނޑި: ތަދު ނަމަވެސް އެހާމެ ފައިދާ ބޮޑު ޖޫހެއް

09 ޖޫން 2018
އުއްދަނޑި: ތަދު ނަމަވެސް އެހާމެ ފައިދާ ބޮޑު ޖޫހެއް
27 މެއި 2018

ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟

27 މެއި 2018
ރޯދަ އަށް ހުންނައިރު ކަސްރަތު ކުރަންވީ ގޮތް އެނގޭތަ؟
26 މެއި 2018

ރޯދަ މަހު ޑެޒަރޓް ތައްޔާރު ކުރަންވީ ގޮތް މިއޮތީ

26 މެއި 2018
ރޯދަ މަހު ޑެޒަރޓް ތައްޔާރު ކުރަންވީ ގޮތް މިއޮތީ
22 ނޮވެމްބަރު 2017

އެއްވެސް އެހެން އެއްޗެއް ނުކައި، ނުބޮއި މަހެއް ވަންދެން ހުސް ފެން ބުއިމުން ވާ ގޮތް އެނގޭތަ؟

22 ނޮވެމްބަރު 2017
އެއްވެސް އެހެން އެއްޗެއް ނުކައި، ނުބޮއި މަހެއް ވަންދެން ހުސް ފެން ބުއިމުން ވާ ގޮތް އެނގޭތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު