Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގުގެ އިންތިޚާބު

އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލާ ގޮވާލުމަށް އިރާގުގެ ބޮޑުވަޒީރު ދެކޮޅުހައްދަވައިފި

ގުދަނުގައި ރޯކޮށްލީ 11 މިލިއަން ވޯޓް އަލުން ގުނަން އަންގާފައިވަނިކޮށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 13 ޖޫން 2018 | ބުދަ 05:46
އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ

އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ

ސިޔާސީ ނިޒާމް ހަލާކުކުރަން މަސައްކަތްކުރާ ފަތާތްތަކަށް އަދަބުދެއްވާނެ ކަމަށް އިންޒާރު ދެއްވައި، އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އަލުން ބޭއްވުމަށް ގޮވާލަމުންދާ ގޮވާލުމަށް ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ދެކޮޅު ހައްދަވައިއފިއެވެ.

"އިންތިޚާބު އެވަނީ ބޭއްވިފައި، އަނބުރާ ފަހަތަށް ދިއުމެއް ނެތް. އާ ސަރުކާރެއް އެކުލަވާލުމަށްޓަކައި އަހަރުމެން ދާންޖެހޭނީ ކުރިޔަށް" އަންގާރަ ދުވަހު އަބާދީ ވިދާޅުވިއެވެ.

އަބާދީ އިޝާރާތް ކުރައްވާފައިއެވަނީ ބަޣްދާދުގައި ވޯޓް ފޮށިތައް ބަހައްޓާފައިހުރި އެންމެ ބޮޑު ގުދަނުގައި އާދީއްތަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު، ވޯޓް ކެންސަލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގޮވާލައްވަމުން ގެންދެވުމުންނެވެ.

އަބާދީ ވަނީ އަލިފާނުގެ ހާދިސާއަކީ ގަސްތުގައި ހިންގާފައިވާ ކަމެއް ކަމަށާއި ސިޔާސީ ނިޒާމް ގަޑުބަޑުކުރާ ފަރާތްތަކާއިދެކޮޅަށް އެޓަރނީ ޖެނަރަލް ދައުވާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ބޮޑުވަޒީރުވަނީ އިންތިޚާބު އަލުން ބާއްވަން ޖެހޭކަން ނުވަތަ ނޫންކަން ނިންމާނީ ސުޕްރީމް ފެޑެރަލް ކޯޓުން ކަމަށެވެ.

މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮޑި ކާމިޔާބުކޮށްފައިވަނީ ޝީއީ ދީނީ ލީޑަރު މުޤްތަދާ އަލަ ސަދްރުގެ ކޯލިޝަނުންނެވެ.

ސަދްރުވަނީ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި އާއިންތިޚާބަކަށް ގޮވާލައި ގައުމުގައި ބައިބައިވުން އުފެއްދުމުގެ ބަދަލުގައި އިރާގްގެ ރައްޔިތުން އެއްބައިވުމަށް ހޯމަ ދުވަހު ގޮވާލައްވާފައެވެ.

އިރާގުގެ ކޯޓަކުން ވޯޓްފޮށިތައް ހުރި ގުދަނުގައި ހުޅުޖެހިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޖުޑިޝަރީއިން ވަނީ ބުނެފައެވެ.

އޭގެ ތެރެއިން ތިން މީހުންނަކީ ފުލުހުން ކަމަށްވާއިރު ހަތަރުވަނަ މީހަކީ އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުގެ މުވައްޒަފެކެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް