Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮންގޯގެ ރައީސް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ: ބޮޑުވަޒީރު

އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 13 ޖޫން 2018 | ބުދަ 05:51
ކޮންގޯގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުންނެވީ ޖޯސެފް ކަބީލާ

ކޮންގޯގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުންނެވީ ޖޯސެފް ކަބީލާ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް ތިންވަނަ ދައުރަކަށް ކުރިމަތި ލެއްވުމަށް އެ ގައުމުގެ ގާނޫނު އަސާސީ ތަން ނުދޭތީ އެ މަނިކުފާނު ތިންވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެއެވެ.

މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން 2016 ވަނަ އަހަރު މަގާމުގެ ދައުރު ހަމަވެފައިވާ ކަބީލާއަށް އަންނަ ޑިސެމްބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރަން ގާނޫނުއަސާސީ ތަންނުދޭއިރު އޭނާގެ ވާދަވެރިންދަނީ އަދިވެސް އޭނާ މަގާމުގައި ހުންނެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ތުހުމަތު ކުރައްވަމުންނެވެ.

އިތުރު ދައުރަކަށް ކުރިމަތި ނުލައްވާނެކަން ސާފުކޮށް ވިދާޅުވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ބާރު އަޅަމުން ގެންދިއުމާއެކު ވެސް މިހާތަނަށް އަދި އެމަނިކުފާނު ވާދަނުކުރައްވާނެކަން ސާފުކޮށް ވިދާޅެއްނުވެއެވެ.

ނަމަވެސް ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ބޮޑުވަޒީރު ބްރޫނޯ ޝިބާލާ އަންގާރަ ދުވަހު ވިދާޅުވީ ގާނޫނުއަސާސީއަށް ކަބީލާ އިހުތިރާމް ކުރައްވާނެ ކަމަށެވެ.

"އިންތިޚާބު ބޭއްވިގެންދާނީ، ގާނޫނު އަސާސީގެ ރޫހާއި އޭގެ ދެލިގަނޑަށް ތަބާވެ ލައްވާ ރައީސް ކަބީލާ ބައިވެރިވެވަޑައިނުގެން" ކެނެޑާގެ މޮންޓްރިއަލްގައި ބޭއްވި އިންޓަރނޭޝަނަލް އިކޮނޮމިކް ފޯރަމް އޮފް ދި އެމެރިކާސް ކޮންފަރެންސްގެ ހަވާސާގައި ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

ކަބީލާގެ ވެރިކަމުގެ ދެވަނަ ދައުރު 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނިމިފައިވާ އިރު އޭނާއަށް ފަހު ވެރިކަން ކުރައްވާނެ ބޭފުޅަކު ހޮވުމަށްޓަކައި 2017 ވަނަ އަހަރު ނިމުމުގެ ކުރިން އިންތިޚާބެއް ބާއްވާނެ ކަމަށް ކަބީލާ ކުރިން ވިދާޅުވެފައިވެއެވެ.

މިހާރު އެ ވޯޓް ވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށް ފަސްކޮށްފައެވެ.

މިއާ އެކު ރައްޔިތުން ދަނީ ގާނޫނުއަސާސީގައި ދައުރު ކަނޑައެޅިފައިވާ ގޮތާ ޚިލާފްވެ ވަޑައިގެން، އިތުރު ދައުރަކަށް ކުރިމަތި ނުލެއްވޭތީ ގާނޫނާ ޚިލާފަށް ވެރިކަމުގައި ހުންނެވުމަށް މަސައްކަތްކުރައްވާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވެސް ވަނީ ކޮންގޯގެ ސިޔާސީ ފަރާތްތަކުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ވީ ސިޔާސީ އެއްބަސްވުމަށް ފުރިހަމަޔަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ.

ކޮންގޯގެ ވެރިކަމުގައި 2001 ވަނަ އަހަރުން ފެށިގެން ހުންނެވި ކަބީލާ ވަނީ، ވޯޓަރސް ރެޖިސްޓްރޭޝަންގެ ކަންކަން ލަސްވުމާ ގުޅިގެން ކަމަށް ވިދާޅުވެ 2018 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް ވެރިކަމުގައި ހުންނަވާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު