Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފީފާ ވޯލްޑްކަޕް

މީޑިއާނެޓާއި ދިރާގު ޓީވީން ވޯލްޑްކަޕް ދެއްކޭނެ: ބްރޯޑްކޮމް

އޮޅުން އެރީ ޕީއެސްއެމުން ދެއްކި ވާހަކަތަކާ ގުޅިގެން

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 12 ޖޫން 2018 | އަންގާރަ 13:50
ބްރޯޑްކޮމްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

ބްރޯޑްކޮމްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

އަންނަ ބުރާސްފަތި ދުވަހު ފަށާ ވޯލްޑް ކަޕް، މީޑިއާނެޓާއި ދިރާގުޓީވީން ދެއްކޭނެ ކަމަށާއި ވޯލްޑްކަޕުގެ މެޗުތައް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.

ޕީއެސްއެމާއި މީޑިއާނެޓާއި ދިރާގާ މަޝްވަރާ ކުރުމަށް ފަހު، އެ ކުންފުނިތަކުގެ އިސް ބޭފުޅުންނާ އެކު ބްރޯޑްކާސްޓިން ކޮމިޝަންގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ ރީ-ބްރޯޑްކާސްޓަރުން ކޮންޓެއްޓެއް ދައްކަން ޖެހޭނީ ރީ-ބްރޯޑްކާސްޓް ކުރާ ޗެނަލަކާ އެކު އޮންނަ ނޮން-އެކްސްކްލޫސިވް އެގްރިމެންޓެއްގެ ދަށުން ކަމަށެވެ.

Advertisement - newsAdvertisement

ޝަހީބު ވިދާޅުވި ގޮތުގައި ޗެނަލްތަކުން ފޮނުވާ ކޮންޓެންޓު ދެއްކުމުގެ ހުއްދަ ރީބްރޯޑްކާސްޓަރުން ހޯދާފައިވާ ނަމަ، އެ ޗެނަލަކުން ފޮނުވާ ވޯލްޑް ކަޕުގެ މެޗުތައް ރާއްޖޭގައި ދެއްކުމަށް ހުރަހެއް ނެތެވެ. އަދި ވިދާޅުވީ މީޑިއާނެޓާއި ދިރާގު ޓީވީ އާއި ޕީއެސްއެމަށް ވެސް ވޯލްޑްކަޕުގެ މެޗުތައް ދެއްކޭނެ ކަމަށެވެ.

ރާއްޖޭގެ ރީބްރޯޑްކާސްޓަރުންނަށް ވޯލްޑްކަޕުގެ މެޗުތައް ނުދެއްކިދާނެ ކަމުގެ ބިރު އޮތް ކަމަށް އާންމުނަށް ގަބޫލު ކުރެވުނީ ޕީއެސްއެމުން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެ ވާހަކަތައް ތަފްސީލުކޮށްދެއްވަމުން ނާޝިދު ވިދާޅުވީ ރާއްޖޭގެ ރީބްރޯޑްކާސްޓަރުންނަށް ވޯލްޑްކަޕް ނުދެއްކޭނެ ކަމަށް ބުނެ، ޕީއެސްއެމުން ނޫސް ބަޔާނެއް ނެރެފައިވާ ކަމަށާއި ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ރައިޓްސް އޮތް ހަމައެކަނި ފަރާތަކީ އެ ކުންފުނި ކަމަށް ޕީއެސްއެމުން ބުނެފައިވާ ކަމަށެވެ.

ނާޝިދު ވިދާޅުވީ ސޮނީގެ ޗެނަލްތައް މެދުވެރިކޮށް، ވޯލްޑްކަޕުގެ މެޗުތައް ދެއްކުމުގެ ހުއްދަ މީޑިއާނެޓާއި ދިރާގާއި ޕީއެސްއެމުން ހޯދާފައިވާ ކަމަށެވެ. ޕީއެސްއެމުން ވަނީ ވޯލްޑްކަޕް މެޗުތައް ދެއްކުމުގެ ކްލީން ފީޑު ވެސް ހޯދާފައެވެ.

"ތަފާތު އިވެންޓުތަކުގައި ވިދާޅުވެފައި އެބަހުރި އެކި ފެންވަރުގެ ބޭފުޅުން ތިމަންނަމެންގެ އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓެކޭ މީ. އެހެން ނަހައްދަވާށޭ ކޭބަލް އޮޕަރޭޓަރުން ވެސް އަޅުގަނޑުމެންގެ [ޕީއެސްއެމުން] އަތުން ނަގައިގެންނޭ އެކަން ކުރަންވާނީ،" ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައި ޕީއެސްއެމްގެ ޑިރެކްޓާ ކޮމާސް އެންޑް މާކެޓިން އިބްރާހިމް ނަސްރީން ވިދާޅުވީ ހުއްދަ ނަގައިގެން ރީބްރޯޑްކާސްޓްކުރާ ފަރާތްތަކަށް، ވޯލްޑްކަޕުގެ މެޗުތައް ނުދެއްކޭނެ ކަމަށް ބުނެފައި ނުވާނެ ކަމަށާއި އެ ބަޔާނުގައި ބުނެފައި ވާނީ ގަވާއިދާ ހުދޫދުގެ ތެރޭގައި ބްރޯޑްކާސްޓް ކުރުމަށް އެދޭ ވާހަކަ ކަމަށެވެ.

"ގަވާއިދާއި ހުދޫގެ ތެރެއިން ރީބްރޯޑްކާސްޓް ކުރައްވާށޭ. ބަޔާނުގައި ބުނެފައެއް ނޯންނާނެ ހުއްދަ ނަގައިގެން ކުރައްވާ ބޭފުޅުންގެ ވާހަކައެއް... އަޅުގަނޑުމެންގެ ހައްގަށް ވެސް ގެއްލުން ނުލިބޭ ގޮތަށް އެކަން ކުރައްވާށޭ،" ނަސްރީން ވިދާޅުވިއެވެ.

ދިރާގުގެ ބިޒްނަސް ޑިވެލޮޕްމަންޓުގެ ޑިރެކްޓަރު އަހުމަދު މައިމޫން ވިދާޅުވީ ޕީއެސްއެމްގެ ދެ ޗެނަލް ކަމަށްވާ، ޓީވީއެމާއި ޔެސްޓީވީން ދައްކާ ވޯލްޑްކަޕް ކަވަރޭޖުގައި ޕާޓްނަރެއްގެ ގޮތުގައި ދިރާގު ބައިވެރިވެފައިވާ ކަމަށާއި އޭގެ އިތުރުން ދިރާގުޓީވީ މެދުވެރިކޮށް، ސޮނީ ޓެން އިން ފޮނުވާ ވޯލްޑްކަޕް މެޗުތައް ވެސް ފެންނާނެ ކަމަށެވެ. އަދި އެގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދިރާގުން ހޯދާފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ.

"އޭގެ އިތުރުން ދެން އަޅުގަނޑުމެންގެ އަތުގައި މިހުރީ 'ސޮނީ ޓެން' ޗެނަލްތަކުގެ ރައިޓްސް އަޅުގަނޑުމެން ނަގާފައިވާތީ، އެ ޗެނަލްތައް ފެނިގެންދާނެ. އެހެންވީމަ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ނުފެންނަ ސިޓުއޭޝަނެއް ނާންނާނެ،" މައިމޫން ވިދާޅުވިއެވެ.

އެ ޕްރެސް ކޮންފަރެންސްގައި އިތުރަށް ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ ވޯލްޑްކަޕުގެ މެޗުތައް ދެއްކުމަށް ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ވަރަށް ބޮޑު ހޭދައެއްކޮށްފައިވާ ކަމަށާއި ހުރިހާ މީޑިއަމެއްގައި ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ރާއްޖޭގައި މި ދެއްކޭ ވޯލްޑްކަޕުގެ މެޗުތައް ހުރިހާ މީޑިއަމެއްގައި ރައްޔިތުންނަށް ބަލާލުމުގެ ފުރުސަތު، ލިބިގެން ހިނގައްޖެކަން. އަޅުގަނޑުމެން ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން މިކަމަށް ވަރަށް ބޮޑު ހޭދައެއްކޮށްފިން،" ނާޝިދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" ހުޅުވާލަނީ

ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" ހުޅުވާލަނީ

11 އެޕްރީލު 2017
ބްރޯޑްކޮމް އިން ކުރި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި

ބްރޯޑްކޮމް އިން ކުރި ދެލައްކަ ރުފިޔާގެ ޖޫރިމަނާ ރާއްޖެ ޓީވީން ދައްކައިފި

06 އެޕްރީލު 2017
ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ

ޕީޕީއެމުން ވަކިވި މެމްބަރުންނަށް ބިރެއް ނުދެއްކޭނެ: މުސްތަފާ

02 އެޕްރީލު 2017
ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް

ބިރެއް ނުދެއްކޭނެ، ފަހަތަށްކަށް ނުޖެހޭނަން، ވަރަށް އަވަހަށް ކާމިޔާބު ހޯދާނަން: ޤާސިމް

30 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު