Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބުރުފުޅު ފަންޑު

ރާއްޖެ ޓީވީން "އަބުރުފުޅު ފަންޑު" ހުޅުވާލަނީ

މިފަންޑަކީ ރާއްޖެ ޓީވީ ބެލުންތެރިން އެދެމުންދާތީ ހުޅުވާލާ ފަންޑެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 19:03
ރާއްޖެ ޓީވީން ހުޅުވި އަބުރު ފަނޑަށް މީހަކު އެހީވަނީ

ރާއްޖެ ޓީވީން ހުޅުވި އަބުރު ފަނޑަށް މީހަކު އެހީވަނީ

ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނު ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ ބްރޯޑްކާސްޓިންގ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައެއްގައި އެއް މިލިއަން ރުފިޔާއިން ރާއްޖެޓީވީ ކުރި ޖޫރިމަނާ ދެއްކުމަށް "އަބުރުފުޅު ފަންޑު"ގެ ނަމުގައި ބުދަ ދުވަހު (މާދަމާ) ފަންޑެއް ހުޅުވުމަށް ނިންމައިފިއެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިފަންޑަކީ ރާއްޖެޓީވީއަށް ހެޔޮއެދޭ ރާއްޖެޓީވީގެ ބެލުންތެރިން އެޖޫރިމަނާ ދެއްކުމުގައި އެހީތެރިވުމަށް އެދެމުންދާތީ ހުޅުވާލާ ފަންޑެއް ކަމަށެވެ. ފިޔާޒް ވިދާޅުވީ "އަބުރުފުޅު ފަންޑު" ބުދަދުވަހު ހުޅުވާ އެފަންޑުފޮށި ރާއްޖެ ޓީވީގައި ބެހެއްޓިނަމަވެސް އެކިއެކި ހިސާބުތަކުން އެފަންޑަށް އެހީތެރިވެދެވޭނެ ކަމަށެވެ. އަދި ރާއްޖެ ޓީވީން މީގެ ކުރިން ހުޅުވި "އަބުރު ފަންޑަށް" ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަންވެސް ފިޔާޒް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ފިޔާޒް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ އަބުރުފުޅާ ބެހުނުކަމަށް ބުނާ ވީޑިއޯ ބައްލަވާލެއްވި ކޮންމެ މީހަކަށްވެސް އޭގައި ވަކި މީހެއްގެ އަބުރާ ބެހިފައި ނުވާކަން ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި އެއްވެސް އަސްލެއް ތުހުމަތެއްކޮށް ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމަކީ ސަރުކާރުން ކަނޑައަޅާފައިވާ ޓައިމް ލައިނަކާ އެއްގޮތައް ރާއްޖެ ޓީވީ ބަންދު ކުރުމުގެ ގޮތުން ކުރާ ބޭއިންސާފް ކަމެއް ކަމަށެވެ. ސީއޯއޯ ވިދާޅުވީ ރާއްޖެ ޓީވީގެ ކުށަކީ އެއްވެސް ހިފެހެއްޓުމެއްނެތި ހަމަހަމަކަމާއެކު ނޫސްވެރިކަމުގެ އެންމެހާ ތަރަހައިގެ ތެރެއިން ދެފުށްފެންނަ ގޮތަކަށް ހުރިހާ ފަރާތެއްގެ ޚަބަރުތަކާއި މައުލޫމާތު ގެނެސްދިނުން ކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށްފަހު އެވެ.

ރާއްޖެޓީވީ ޖޫރިމަނާކޮށްފައިމިވަނީ އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ.

"މިއަދުވެސް ތިޔަ ބޭފުޅުން ބައްލަވާ އެއްވެސް މަޝްރޫއެއް އަބްދުﷲ ޔާމީން ފަށައިގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޯންނާނެ ކޮތަރު ޕާކު ކަހަލަ މިކަހަލަ ކުދި ކުދި ޕާކުތައް ނޫނިއްޔާ ނިމިފަ" މިހެން ބުނެފައިވާ ބުނުމާއި، "މީނަ މުޑި ޖަހައިގެން ކޮޅަށްޖަހާފައި ހުރި އެއްވެސް ތަނެއް އެއްވެސް ފްލެޓެއް އެއްވެސް ބަނދަރެއް އެއްވެސް އެއާޕޯޓެއް ނޯންނާނޭ" ބުނެފައިވާ ބުނުމާއި، "ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ ކިތައް ބިލިއަން ރުފިޔާއެއްތޯ ދިވެހި ދައުލަތުގެ ބައިތުލްމާލުން އޭނާއަށް ހަވާލުކުރީ، ވީކަމެއް ނެތް" ބުނި ބުނުމާއި "އަޅުގަނޑުމެންނަށް ޔަގީންވި ހުރިހާކަމެއްގެ ތެރޭގައި ވައްކަން ކުރުމާއި ފަސާދައާ އަނިޔާ، މިނޫން އިތުރު އެއްޗެއް ރައްޔިތުންނަސް ދިނީކީއެއް ނޫން" އޭ ބުނެފައިވާ ބުނުން ބްރޯޑްކާސްޓް ކޮށްފައިވަނީ އަބުރުގެ ގާނޫނާ ޚިލާފަށް ކަމަށެވެ.

ނޫސްވެރިކަމުގައި އެތައް އަހަރުތަކެއް ހޯދަކޮށްފައިވާ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ސޮއިކޮށް ރާއްޖެޓީވީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އަބުރު ރައްކާތެރިކޮށްދިނުމާއިި ޚިޔާލުފާޅުކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ އެއް ވަނަ ނަމްބަރާއި ދެ ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ މިންވަރަށް އަބުރަށް އަރައިގަނެފައިވާ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ކަމަށާއި އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދިއުމަށް ހުރަހެއް ވެސް ނެތް ކަމަށެވެ.

ބުރާސްފަތި ދުވަހު އެއް މިލިއަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާކުރިއިރު، މީގެ ކުރިން ކޮށްފައިވާ ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ފައިސާ ދައްކާފައިވަނީ ވެސް ބުރާސްފަތި ދުވަހު އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ރާއްޖެޓީވީން އެ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ގާނޫނީ ޒިންމާއަށް ނުވަތަ މަސްއޫލިއްޔަތާއި މެދު ފާޅުކަން ބޮޑު ގޮތެއްގައި އާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް ސާބިތުވާ ކަމަށެވެ.

އެ ކޮންޓެންޓަކީ، އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ޚިޔާލުފާޅުކުރުން ހަނިކުރުމަށް ރައީސް ޔާމީނުގެ މަޖިލިސް މެންބަރުން ފާސްކުރި ގާނޫނުގެ 27 ވަނަ މާއްދާ އަދި މީޑިއާތަކުގެ ޒިންމާ ހިމެނޭ ބާބުގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލާފުވާ ކޮންޓެންޓެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ. އެހެންކަމުން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގުމަށް އެ ކޮމިޝަނުގެ އަޣްލަބިއްޔަތުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު