Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލިއޯވިލް ބޭންޑް

އައި، އީއަށް ބަދަލުކޮށް ލިއޯވިލް ރީބްރޭންޑް ކޮށްފި

ލިއޯވިލްގެ ނަން ރީބްރޭންޑް ވާއިރު ބޭންޑްގެ މެމްބަރުން ވެސް ބަދަލުވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ޖޫން 2018 | ހޯމަ 21:03
ލިއޯވިލްގެ ފަރާތުން ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

ލިއޯވިލްގެ ފަރާތުން ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

އައި, އީ އަށް ބަދަލުކޮށް ލިއޯވިލް ރީބްރޭންޑް ކޮށްފިއެވެ.

ލިއޯވިލް ރީބްރޭންޑް ކުރުމަށް ހޮނިހިރު ދުވަހުގެ ރޭ ހައިވޭ ކޮފީ ޝޮޕްގައި ބޭއްވި ކުޑަ ހަފްލާގައި ވާހަކަ ދައްކަމުން އެ ބޭންޑްގެ ލީޑަރ މުހައްމަދު ސާދިން އަލީ (ޑިންބެ) ބުނީ ބޭންޑްގެ ނަމުގެ އަކުރުތަކަށް ބަދަލު ގެނައި ނަމަވެސް ބޭންޑްގެ ނަން ކިޔާ ގޮތް ބަދަލު ނުވާނެ ކަމަށެވެ.

ލިއޯވިލްގެ އޮފިޝަލް ޕަރކަޝަނިސްޓް އަހްމަދު ޝަމާމް ޝަރީފް (ޝަމްބެ) ބުނީ އައި، އީއަށް ބަދަލުކޮށް ލިއޯވިލްގެ ނަން ރީބްރޭންޑް ކުރީ ވެބްސައިޓް ހެދުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށާއި ލިއޯވިލްގެ ނަން ރީބްރޭންޑް ވާއިރު ބޭންޑްގެ މެމްބަރުން ވެސް ބަދަލުވެގެންދާނެ ކަމަށެވެ.

ރީބްރޭންޑް ކުރުމުގެ ހަފްލާގެ ތެރެއިން ބޭސް ގިޓަރިސްޓް މުހައްމަދު އިބްރާހީމް (މޯ) ވަނީ ލިއޯވިލްއާ ގުޅިފައެވެ. ބޭންޑްއާ ގުޅުމަށްފަހު މޯ ބުނީ ބޭންޑާ ގުޅުމުގެ މަޤްސަދަކީ ބޭންޑްގެ މެމްބަރުންނާއެކީ އަމިއްލަ މޮޅެތި އުފެއްދުންތައް އުފެއްދުން ކަމަށާއި މޯގެ ފުރިހަމަ އެއްބާރުލުން ބޭންޑަށް ލިބޭނެ ކަމަށެވެ.

އެ ބޭންޑްގެ މަޤްސަދަކީ މުޅި ދުނިޔޭގައި ވެސް ނަން ވިދާ މޮޅު ބޭންޑަކަށްވުން ކަމުގައި ބޭންޑުން ބުންޏެވެ.

ރީބްރޭންޑް ކުރުމާއިއެކު ބޭންޑްއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބޭންޑްގެ އައު ލަވަތަކެއް ރިލީޒްވެގެންދާނެކަމަށް ބޭންޑުން ބުންޏެވެ.

ލިއޯވިލް ބޭންޑް އަކީ މީގެ 3 އަހަރުކުރިން އުފެއްދި ބޭންޑެކެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2017

"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި

18 އެޕްރީލު 2017
"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި
08 އެޕްރީލު 2017

ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި

08 އެޕްރީލު 2017
ޔޫޓިއުބް ޗެނަލްތަކަށް އިސްތިހާރު ލެވޭ އުސޫލު ބަދަލުކޮށްފި
05 އެޕްރީލު 2017

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

05 އެޕްރީލު 2017
އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން
26 މާރިޗު 2017

"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!

26 މާރިޗު 2017
"ޓައިގާ ޒިންދާހޭ" ގެ ޝޫޓިން ނިންމާލުމަށްފަހު ކެޓްރީނާ އެނބުރި މުމްބާއީއަށް!
19 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ

19 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު