Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ދަނޑުވެރިކަމުގެ ސަބްސިޑީ

ދަނޑުވެރިކަމުގެ ސަބްސިޑީގެ ގޮތުގައި އުސޫލާ ހިލާފަށް 10.28 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފަޅާއަރައިފި

2013 ވަނަ އަހަރުގެ ސަބްސިޑީގެ ބޮޑު ބައި ދެއްކީ 2014 ވަނަ އަހަރުގެ ބަޖެޓުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2018 | ހޯމަ 09:51
އއ. ތޮއްޑޫގެ ދަނޑު ސަރަހައްދު

އއ. ތޮއްޑޫގެ ދަނޑު ސަރަހައްދު

ދަނޑުވެރިކަމުގެ ސަބްސިޑީގެ ގޮތުގައި އުސޫލާ ހިލާފަށް 10.28 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފަޅާ އަރައިފިއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކޮށްފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދަނޑުވެރިންނަށް ދޫކުރި ސަބްސިޑީގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2012 ވަނަ ދަނޑުވެރިކަމުގެ ސަބްސިޑީއަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ 10.28 މިލިއަން ރުފިޔާ އިތުރަށް ދޫކޮށްފައިވާ ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ބަޖެޓުން ދަނޑުވެރިންނަށް ދޫކުރަންޖެހޭ 21.68 މިލިއަން ރުފިޔާ 2014 ވަނަ އަހަރުގެ ބަޖެޓުން ދޫކޮށްފައިވާ ކަމަށް ވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ދަނޑުވެރިންނަށް ދޫކުރާ ސަބްސިޑީގެ ގޮތުގައި 2013 ވަނަ އަހަރު 30.36 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެހެން ނަމަވެސް ދަނޑުވެރިންނަށް ދޫކުރަންޖެހެނީ 20.08 މިލިއަން ރުފިޔާއެވެ.

ސެޕްޓެމްބަރު 2013 ވަނަ އަހަރު ޝާއިއު ކޮށްފައިވާ އިއުލާނާ އެކު އާންމުކޮށްފައިވާ އުސޫލުގެ ހަ ވަނަ މާއްދާގައި ބުނެފައި ވަނީ ކޮންމެ ދަނޑުވެރިއަކަށް ގިނަވެގެން ޖުމްލަ 5000ރ. އަށް ވުރެ އިތުރު ނުވާ ގޮތަށް ދަނޑުވެރިކަމުގެ ތަކެތި ގަތުމަށް ކޮށްފައިވާ ޚަރަދަށް ފައިސާ ދޫކުރެވޭނެ ކަމަށާއި އަދި ދަނޑުވެރިކަމުގެ ތަކެތި ގަތުމަށް ކޮށްފައިވާ ހަރަދު 5000ރ. އަށް ވުރެ މަދު ވެއްޖެ ނަމަ ހުށަހަޅާފައިވާ ރަސީދުތަކުގައިވާ އަދަދަށް ފައިސާ ދޫކުރެވޭނެ ކަމަށެވެ.

ސަބްސިޑީ ފައިސާ ދިނުމަށް މާލިއްޔަތު ކޮމިޓީން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތަށް ބަދަލު ގެނައުމަށް ދެ ފަހަރެއްގެ މަތިން ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއިފާ ވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުން އެ އަދަދަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އަދި ދަނޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި ދޭ އަދަދު ކަމުގައިވާ 3300ރ. އިން 5000ރ. އަށް ބަދަލުކުރުމަށް ފާސްކޮށްފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޮފީހުން ކަށަވަރުކޮށްދީފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

އެހެން ކަމުން 6109 ދަނޑުވެރިންނަށް 30.41 މިލިއަން ރުފިޔާ ދޫކޮށްފައިވާ އިރު އޭގެ ތެރެއިން 6085 ދަނޑުވެރިންނަށް ދޫކޮށްފައި ވަނީ 30.36 މިލިއަން ރުފިޔާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު ބަޖެޓުން ދަނޑުވެރިންނަށް ދޫކުރަންޖެހޭ ސަބްސިޑީ ފައިސާ ނުދެއްކުމުގެ ސަބަބުން 2014 ވަނަ އަހަރުގެ ބަޖެޓުން ބޮޑު އަދަދެއް 2013 ވަނަ އަހަރުގެ ދަނޑިވެރިކަމުގެ ސަބްސިޑީއަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. ދނަޑުވެރިންނަށް ސަބްސިޑީގެ ގޮތުގައި 2013 ވަނަ އަހަރު ދޫކޮށްފައިވަނީ 8.73 މިލިއަން ރުފިޔާއެވެ. ބާކީ 21.68 މިލިއަން ރުފިޔާ ދޫކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ބަޖެޓުން ކަމަށްވީ ނަމަވެސް އެ ފައިސާ ދޫކޮށްފައިވާ ބަޖެޓުގައި އެ އަހަރު ހިމަނާފައިނުވާ ކަން އޮޑިޓް އޮފީހުން ހާމަކުރެއެވެ. އެހެން ކަމުން 2014 ވަނަ އަހަރުގެ ބަޖެޓުން 21.68 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގަވައިދާ ހިލާފަށް ކަމަށް އޮޑިޓް އޮފީހުން ހާމަކުރެއެވެ.

މީގެ އިތުރުން ދަނޑުވެރިންނަށް ސަބްސިޑީ ދޫކުރުމަށް އާންމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފަށް ދަނޑުވެރިން ދަރަންޏަށް ތަކެތި ނެގުމަށް ފަހު އެ ބިލުތަކަށްވާ ފައިސާ ނަގާފައިވުމާއި ދަނޑުވެރިޔާ ނޫން އެހެން ފަރާތްތަކުގެ ބޭންކް އެކައުންޓްތަކަށް ފައިސާ ޖަމާކުރުމުގެ ސަބަބުން އެ ފައިސާ ދަނޑުވެރިންނަށް ނުލިބޭކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓް އޮފީހުން ހާމަކުރެއެވެ.

މީގެ އިތުރުން ބައެއް ދަނޑުވެރިން އިގުރާރު ފޯމުގައި ސޮއިނުކުރާ ކަމަށް ވެސް އޮޑިޓް އޮފީހުން ބުނެއެވެ. ދަނޑުވެރިންނަށް ސަބްސިޑީ ފައިސާ ދޫކުރުމުގެ ހިދުމަތް ދިނުމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާ އިން ހޯދާފައިވާ ބައެއް ހަރުމުދާ އަދި ހަރުމުދަލުގެ ރަޖިސްޓްރީގައި ހިމަނާފައިވާއިރު ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް އަމަލުކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު