Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުންގެ ޝަރީއަތް

ދިފާއީ ހެކި ހުށައަޅަން ފުރުސަތު ނުދީ ކުުރާ ހުކުމެއް ސައްހައެއް ނުވާނެ: އަލީ ހުސައިން

11 ޖޫން 2018 | ހޯމަ 03:21

ކްރިމިނަލް ކޯޓުން ވަނީ ދެ ފަނޑިޔާރުން ހުށައެޅި ހެކި ބަލައިނުގަތުމަށް ނިންމައިފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 11 ޖޫން 2018 | ހޯމަ 03:21
އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު - އޭނާގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް އެއް ދައުވާއެއްކުރޭ

އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު - އޭނާގެ އިތުރުން ރައީސް މައުމޫންގެ މައްޗަށް އެއް ދައުވާއެއްކުރޭ

ދިފާއީ ހެކި ހުށައަޅަން ފުރުސަތު ނުދީ ކުުރާ ހުކުމެއް ސައްހައެއް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނުނަގަން ނިންމައި، އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ނަޖީބު ވިދާޅުވީ ދިފާއީ ހެކި ބަލައިނުގަތުމަށް ނިންްމީ ދައުލަތުގެ ފަރާތުން ހުށައެޅި ހުށައެޅުންތަކަށް ބެލުމަށްފަހުގައި ކަމަށެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުުގެ އެ ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އަލީ ހުސެއިްނ ވިދާޅުވީ ދިފާއީ ހެކި ހުށައަޅަށް ފުރުސަތު ނުދީ ކުރާ ހުކުމެއް ސައްހަ ނުވާނެ ކަމަށެވެ.

ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާ ކުރަނީ ފުލުހުން އެދުމުން ފޯނު ދިނުމަށް އިންކާރުކުރެއްވި ކަމަށް ބުނެ އެވެ.

އެ ޝަރީއަތުގެ ކަންކަމާއި ގުޅިިގެން ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ ވަނީ ފޯނު ދީފައިިނެތުމުން މައްސަލަަކީ ކޮބައިތޯ ސުވާލުކުރައްވާފަ އެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް ބުނެ މީހަކު ހައްޔަރުކުރާއިރު މަސްތުވާތަކެތި ދައްކާށޭ ބުނެ އަމުރުކުރޭތޯ އިންތި ސުވާލުކުރެއްވި އެވެ. އެ މަސްތުވާތަކެތި ނެތްކަމަށް ބުނެފިނަމަ އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅިކަމަށް ދައުވާ ކުރޭތޯވެސް އިންތި ސުވާލުކުރެއްވި އެވެ.

ދައުލަތުން ދައުވާކުރާ އެ މައްސަލާގައި ރައީީސް މައުމޫނުގެ ފަރާތުން ދިފާއީ އެއްވެސް ހެއްކެތް ހުށައަޅުއްވާފައި ނުވެ އެވެ. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރުގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށަހެޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިނާއި، ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ އެންމެ އިސް މުވައްޒަފަކަށް ހުންނެވި އާތިކާ އިބްރާހިމެވެ. އަދި އަލީ ހަމީދުގެ ދިފާއުގައި ހުށަހެޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިންގެ އިތުރުން ހަޝްމާ ހަސަން ކިޔާ މީހެކެވެ. ނަމަވެސް އަލީ ހަމީދު ވަނީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ނަން އަނބުރާ ފަހުން ގެންދަވާފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް