Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިބްރާހިމް މުހައްމަދު ސޯލިހު

އެންމެފަހުން އިބޫގެ ބަހެއް ޅެން ބައިތަކުން

10 ޖޫން 2018 | އާދީއްތަ 16:47

އިބޫ ޅެމަކުން ބަސްވިދާޅުވެފައި މިވަނީ ކުރެއްވި ޓްވީޓަކުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 10 ޖޫން 2018 | އާދީއްތަ 16:47
އިބޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އިބޫ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކީ އެމްޑީޕީގެ ޕީޖީ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް އަޑުތައް ފެތުރި އެކަމާ ގުޅިގެން ތަފާތު ވާހަކަތައް ފެތުރިފައިވަނިކޮށް އިބޫގެ ބަހެއް ޅެން ބައިތަކުން ހާމަ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހީމް މުހައްމަދު ސޯލިޙް (އިބޫ) ޅެން ބައިތަކުން އެކަން ހާމަ ކުރެއްވީ ކުރެއްވި ޓްވީޓަކުންނެވެ.

"ޖަންގަލީގައި މަގުތަކެއްވޭ އެކިގޮތަށް އެކި ފުށްފުށަށް. އަންތަރީހެއް ނުމެއަރާ ވިސްނުން އިހަށް އިސް ވެސް ކުރޭ" އިބޫ ވިދާޅުވިއެވެ.

މި ބައިތަށް ބަލާއިރު މާނަ ކުރެވެނީ ބިޔަބޯ ޖަންގަލީގެ ތެރޭގައި ތަފާތު މަގުތައް އެކިގޮތަށް ވާނޭ ކަމަށާއި އެކަމާ އަންތަރީސް ނުވެ ވިސްނުން އިސްކުރަން ޖެހޭ ކަމަށެވެ.

މި ބައިތުގެ ޝަރަހައަށް ބަލާއިރު އިބޫ ވިދާޅުވެފައި އެވަނީ ކުރިމަގު އަލިކުރުމަށްޓަކައި ކުރެވޭނެ އެތައްކަމަކާ ތަފާތު ގޮތްތަށް ފެންނަން އޮންނާނެ ކަމަށާއި ދަތިއުނދަގުލުން އަރައިގަތުމަށް ވިސްނުން އިސްކޮށްގެން ނޫނީ ކަންކަން ކޮށްގެން ނުވާނޭ ކަމަށެވެ. އިބޫ ކުރެއްވި ޅެންބައިތު ހިމެނޭ ޅެމަކީ" ހިންމަތާ މިންނަތް ކުރޭ" މިޅެމެވެ.

އިބޫ މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކީ އިބޫ ކަމަށްވުން ކައިރި ކަމަށް އަޑު ފެތުރިފައިވާއިރު އެމްޑީޕީގެ ކެނޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް އެޕާޓީގެ ޕްރައިމަރީން ކަނޑައަޅާފައި ވަނިކޮށެވެ. މިކަމާ ގުޅިގެން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ބައެއް މެންބަރުންގެ މެދުގައި ވެސް ބައެއް ބަހުގެ ހަމަލާތައް ރައްދު ކުރެވިފައި ވެއެވެ.

އަދި އިބޫ މިމޭރުމުން ޓްވީޓެއް ކުރައްވާފައި މިވަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކީ ރައީސް ނަޝީދަށް ވެސް އަދި އިބޫއަށް ވެސް ވުމަށް ތާއީދު ނުކުރައްވާ މޭރުމަކުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭ އެއް ކެނޑިޑޭޓަކަށް ހެދުމަށް ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ބޮޑަށް ތާއީދު ކުރެވެނީ އިބޫއަށެވެ. އަދި އެކަމުގެ އެންމެ ފަހުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

އިސްލާމިކް މިނިސްޓްރީ ބަދުނާމުކޮށް ބަހެއް ނުބުނަން: ހައުސިން މިނިސްޓްރީ

01 ޖޫން 2017
އިސްލާމިކް މިނިސްޓްރީ ބަދުނާމުކޮށް ބަހެއް ނުބުނަން: ހައުސިން މިނިސްޓްރީ
30 މެއި 2017

އީސީގެ ތިޖޫރި ފަޅާލި މައްސަލައިގައި ފުލުހުން ބަހެއް ބުނަން ބޭނުމެއް ނުވޭ!

30 މެއި 2017
 އީސީގެ ތިޖޫރި ފަޅާލި މައްސަލައިގައި ފުލުހުން ބަހެއް ބުނަން ބޭނުމެއް ނުވޭ!
01 މެއި 2017

އެންމެ ކުޑަ މުސާރައެއް ކަނޑައެޅެން ޖެހޭ: ރައީސް ނަޝީދު

01 މެއި 2017
އެންމެ ކުޑަ މުސާރައެއް ކަނޑައެޅެން ޖެހޭ: ރައީސް ނަޝީދު
10 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
01 އެޕްރީލު 2017

ކުރީގެ މެންބަރު ނާޒިމް "ފިއްލެވިތާ" އަހަރަކަށް ވުރެ ގިނަ ދުވަސް، ސަރުކާރުގެ ބަހެއް ނެތް!

01 އެޕްރީލު 2017
 ކުރީގެ މެންބަރު ނާޒިމް "ފިއްލެވިތާ" އަހަރަކަށް ވުރެ ގިނަ ދުވަސް، ސަރުކާރުގެ ބަހެއް ނެތް!
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
10 މާރިޗު 2017

ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ

10 މާރިޗު 2017
ރާއްޖޭގައި ބިޔަ ބޮޑު މަޝްރޫއެއްގައި އިންވެސްޓްކުރަން ނޫޅެން: ސައުދީ އެމްބަސީ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް