Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަން ކޮމިޝަން

އީސީގެ ތިޖޫރި ފަޅާލި މައްސަލައިގައި ފުލުހުން ބަހެއް ބުނަން ބޭނުމެއް ނުވޭ!

30 މެއި 2017 | އަންގާރަ 13:14

ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށްބުނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 މެއި 2017 | އަންގާރަ 13:14
އިލެކްޝަންސް ކޮމިޝަން ހުންނަ ޕޯޓްސް ބިލްޑިންގ

އިލެކްޝަންސް ކޮމިޝަން ހުންނަ ޕޯޓްސް ބިލްޑިންގ

އިލެކްޝަންސް ކޮމިޝަނުގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ދެކޮޅުހަދައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގެ މައުލޫމާތު އޮޅުން ފިލުވުމަށް އަންގާރަ ދުވަހު "ރައްޖެއެމްވީ" ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ "ބަލާލާފަ ގުޅާލާނަން" ކަމަށެވެ. މެންދުރުފަހު ފުލުހުންގެ މީޑިއަ އޮފިޝަލް ގުޅުއްވުމަށްފަހު ވިދާޅުވީ އެ މައްސަލައިގެ އެއްވެސް މައުލޫމާތެއް މި ވަގުތު ހިއްސާކުރެވެން ނެތް ކަމަށެވެ. މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ތަކުރަރުކޮށް ސުވާލު ކުރުމުންވެސް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތްކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ތަހުގީގު ކުރަމުންދާ އެކިއެކި މައްސަލަތަކުގައި މީހަކު ހައްޔަރުކޮށްފައިވާނަމަ އެވަރު ބުނެލަދެއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ތިޖޫރީ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލާގައި އެއްވެސް މައުލޫމާތު ހިއްސާނުކުރުމަށް ފުލުހުން ނިންމި ސަބަބެއް ސާފެއް ނުވެއެވެ.

އިލެކްޝަން ކޮމިޝަންގެ ތިޖޫރި ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގަފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި މެއި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާގުޅޭ ޚަރަދުތަކުގެ ގޮތުގައި ގިނަ އަދަދެއްގައި ފައިސާ ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ތިޖޫރީ ފަޅާލުމަށްފަހު ވަގަށް ގަނާފައިވާ ފައިސާގެ ތަފްސީލެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ޕޯޓްސް ބިލްޑިންގެ ފަސް ވަނަ ފަންގިފިލާގައި ހުންނަ އިލެކްޝަންސް ކޮމިޝަންގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ ތިޖޫރިފަޅާލާއިފައިވާކަން އެނގިފައި ވަނީ އެ ކޮމިޝަންގެ މުވައްޒިފުން އާދީއްތަ ދުވަހު ހެނދުނު އޮފީހަށް ނިކުތުމުންނެވެ.

އިލެކްޝަން ކަމިޝަން ހުންނަ ޕޯޓް ބިލްޑިން އިމާރާތަކީ ސީސީޓީވީ ހަރުކޮށް މޮނިޓަ ކުރަމުންދާ އިމާރާތެކެވެ. އިމާރާތުގެ ތިރީގައި ސެކިއުރިޓީ އޮފިސަރެއް އަބަދުވެސް ހުރެ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް