Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުމަދު ނާޒިމް

ކުރީގެ މެންބަރު ނާޒިމް "ފިއްލެވިތާ" އަހަރަކަށް ވުރެ ގިނަ ދުވަސް، ސަރުކާރުގެ ބަހެއް ނެތް!

ނާޒިމް "ފިއްލެވިތާ" އަހަރަކަށް ވުރެ ގިނަ ދުވަސް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 14:10
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް

އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް އިނގިރޭސިވިލާތަށް "ފިއްލެވިތާ" އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު، އޭނާ އަނބުރާ ރާއްޖެ ގެނެއުމަށް ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ދޭނެ ޖަވާބެއް ނެތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް އިނގިރޭސީވިލާތަށް "ފިއްލެވީ" ސަރުކާރުން ދިން ހުއްދައެއްގެ ދަށުން ސިންގަޕޫރަށް ބޭސްފަރުވާ އަށް ވަޑައިގަތުމަށް ފަހުގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރުމަށް 2015 ވަނަ އަހަރުގެ ޑިސެމްބަރުގައި ވަޑައިގެންނެވި ފަހުން ފަރުވާ ފުރިހަމަ ނުވާތީ އޭނާ އަށް ދިން މުއްދަތު ދެ ފަހަރަކު އިތުރު ކޮށްދިނެވެ. ތިން ވަނަ ފަހަރަށް އެ މުއްދަތު އިތުުރުކޮށް ނުދީ، 2016 ވަނަ އަހަރުގެ މާޗު މަހު ސަރުކާރުން ވަނީ ނާޒިމަށް 48 ގަޑިއިރުގެ ތެރޭގައި އެނބުރި ރާއްޖެ ވަޑައިގަތުމަށް އަންގާފަ އެވެ.

Advertisement - newsAdvertisement

އަނބުރާ ރާއްޖެ ވަޑައިގަތުމަށް އެންގުމާ އެކު ނާޒިމް ވަނީ، އިނގިރޭސީވިލާތަށް ވަޑައިގަންނަވާފަ އެވެ. ސަރުކާރުން ބުނީ، ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ނާޒިމަށް ދިން ޓްރެވަލް ޑޮކިއުމެންޓްގެ ދަށުން ވަޑައިގެންނެވޭނީ ހަމައެކަނި ސިންގަޕޫރަށް ކަމަށެވެ. ނަމަވެސް، ފަހުން ހާމަވި ގޮތުގައި ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ދިވެހި ސަރުކާރުން ދޫކުރި ކަމަށް ބުނާ ޓްރެވަލް ޑޮކިއުމެންޓް ބޭނުންކޮށްގެންނެވެ.

ނާޒިމަށް ދޫކުރި ޓްރެވަލް ޑޮކިއުމެންޓަކީ ހަމައެކަނި ސިންގަޕޫރަށް ވަޑައިގެންނެވޭ ގޮތަށް ދޫކުރި ލިޔުމެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ ޑޮކިއުމެންޓް ދޫކޮށްފައި ވަނީ ސިންގަޕޫރުގެ އިތުރުން އިނގިރޭސިވިލާތަށް ވެސް ވަޑައިގެންނެވޭ ގޮތަށްކަން ފަހުން ހާމަވި އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ، ނާޒިމަށް ދޫކުރި ޑޮކިއުމެންޓް ބޭނުންކޮށްގެން އެތެރެވެވޭނީ ހަމައެކަނި ސިންގަޕޫރަށެވެ. އަދި ނާޒިމްގެ ޕާސްޕޯޓް އެ އިދާރާގައި ބެލުމުގެ ދަށުގައި އޮތް ކަމަށް ވެސް އެއިރު އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ނާޒިމަށް އިނގިރޭސީވިލާތަށް ފުރުނު ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުމަރު ވަނީ އެކަމާ ގުޅިގެން ތަހުގީގެއް ވެސް ފައްޓަވާފަ އެވެ. ނަަމަވެސް، ފަހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެ އެވެ.

ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުގެ ކުރިން، ނާޒިމާ ގުޅޭ ގޮތުން އުމަރު އނެްމެ ފަހުން ވިދާޅުވެފައި ވަނީ، ނާޒިމް އަނބުރާ ރާއްޖެ ގެނެއުމަށް އިނގިރޭސިވިލާތުގެ ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އިނގިރޭސިވިލާތަށް ވަޑައިގެން ނާޒިމް ވަނީ އެގައުމުން ހިމާޔަތް ހޯއްދަވަން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް، ނާޒިމަށް އެގައުމުން ހިމާޔަތް ދިން ކަމެއް ނުވަތަ ނުދޭ ކަމެއް ޔަގީން ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ނާޒިމް ރާއްޖެ ގެނެއުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ތަކުރާރުކޮށް ރާއްޖެއެމްވީން ސުވާލުކުރުމުން ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް(އެމްސީއެސް) ގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ނެތް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އަދި ނާޒިމްގެ ގާނޫނީ ވަކީލުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސްބޭފުޅާގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ނާޒިމް، 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ކޮރަޕްޝަނުގެ މައްސަލައެއްގައި 2015 ވަނަ އަހަރުގެ އޭޕްރީލްގަ އެވެ.

ނާޒިމް ޖަލަށްލުމަށް ކުރި ހުކުމުގައި ވަނީ މަކަރާއި ހީލަތް ހަދައިގެން 15000 ދިވެހި ދިދަ ގަތުމަށް އާންމުކޮށް ހުޅުވާލުމުން ބިޑް ކާމިޔާބުކޮށް ހީލަތްތެރި ގޮތެއްގައި ހޯދި 1.4 މިލިއަން ރުފިޔާގެ ތެރެއިން 8 ލައްކައަށް ވުރެ ގިނަ ރުފިޔާ ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން އެނގެން އޮންނަ ކަމަށެވެ. އަދި ފައިސާ ޖަމާކުރި ޗެކް ތަކުގައި ސޮއިކޮށްފައި ވަނީވެސް ނާޒިމް ކަމަށް ހުކުމްގައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ނާޒިމްގެ މައްޗަށް އިއްވި 25 އަހަރު ދުވަހުގެ ޖަލު ހުކުމާއެކު ނާޒިމް ތަމްސީލުކުރައްވަމުން ގެންދެވި، ދިއްގަރު ދާއިރާގެ ގޮނޑި ހުސްވި އެވެ. އެއާއެކު ބޭއްވި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކޮށް މިހާރު ދިއްގަރު ދާއިރާ ތަމްސީލުކުރައްވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނެވެ.

ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންނެވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރައީސް މުހައްމަދު ނަޝީދު ވެސް ބޭސްފަރުވާއަށް ވަޑައިގެންނެވި ގޮތަށް ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަނީ އެ ގައުމުގަ އެވެ. ނަމަވެސް ޖަލު ހުކުމަކަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ހައްޔަރު ކޮށްގެން ވެސް ހާޒިރުކޮށްދޭން ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދިފައިވާ ކަމަށް ބުނެ ފުލުހުން ވަނީ ރައީސް ނަޝީދު ހައްޔަރުކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން އަމުރެއް ހޯދާފަ އެވެ.

ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާ ކަމަށް ބުނެ ރައީސް ނަޝީދު ހައްޔަރުކުރުމަށް އަމުރު ނެރުނު ނަމަވެސް، ނާޒިމް ހައްޔަރުކުރުމަށް އެފަދަ އަމުރެއް ނެރެފައެއް ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

ރައީސް ޔާމީނަކީ ޕީޕީއެމްއެއް ނޫން: މެންބަރު އަރީފު

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު