Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާ

ލަންކާގެ ބޮޑުވަޒީރަށް ނިސްބަތްވާ ޓީވީ ޗެނަލް ބަންދުކޮށްފި

މިކަމާ ގުޅިގެން ލަންކާގައި ގޯސްވެފައިވާ ވެރިކަންކުރާ ކޯލިޝަނުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 9 ޖޫން 2018 | ހޮނިހިރު 06:20
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ސިރިސޭނާ

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ސިރިސޭނާ

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ އާއިލާ ނިސްބަތްވެ ވަޑައިގަންނަވާ ޓީވީ ޗެނަލް ކަމަށްވާ ޓެލްޝާން ޓީވީ ނެޓްވާކް ބަންދު ކޮށްފިއެވެ.

މިޓީވީ ޗެނަލަކީ ރަނިލް ވިކްރަމަސިންހަގެ ބޭބޭފުޅު ޝާން ވިކްރަމަސިންހަގެ ބެއްލެވުމުގެ ދަށުން ހިންގާ ޗެނަލެކެވެ.

ލަންކާގެ މިޑިއާގެ ބެލެނިވެރި ފަރާތް ކަމަށްވާ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ އޮތޯރިޓީ( ޓީއާރުސީ)އިން ޓެލްޝާން ޓީވީ ނެޓްވާކް ބަންދުކޮށްފައިވަނީ އެތަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށް ބުނެއެވެ. އެހެން ނަމަވެސް އެޓީވީއިން ވަނީ އެކަން ދޮގު ކޮށްފައެވެ. އެޓީވީ ޗެނަލް ބަންދު ކޮށްފައިވަނީ ރައީސް ސިރިސޭނާއަށް ފާޑުކީތާ މާގިނަ ދުވަހެއް ނުވަނީހެވެ. ޓީއާރުސީ ހިންގަނީ ސީދާ ސިރިސޭނާގެ ބެއްލެވުމުގެ ދަށުންނެވެ.

މިޓީވީ ޗެނަލް ބަންދުކުރުމުން ސްރީލަންކާގެ މީޑިއާގުރޫޕުން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. މިކަމާއި ގުޅިގެން ލަންކާގައި ގޯސްވެފައިވާ ވެރިކަން ކުރާ ކޯލިޝަނުގެ ގުޅުން އިތުރަށް ގޯސްވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިކަމާއި ގުޅިގެން ރަނިލް ވިކްރަމަ ސިންހަ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އަދި ސިރިސޭނާ 2015 ވަނަ އަހަރުގެ ރައީސް ކަމަށް ހޮވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ޕާޓީ ޔުނައިޓެޑް ނޭޝަލް ޕާޓީ (ޔޫއެންޕީ)ން ވަނީ ސިރިސޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

މީގެ ކުރިން ރައީސް ސިރިސޭނާ ވަނީ އެގައުމުގެ މީޑިއާތަކަށް ސަރުކާރުން ކުރާ ދަތި ކުރުންތަކަށް ނިމުމެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ލަންކާގައި މިދިޔަ ފެބްރުއަރީ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސިރިސޭނާ އާއި ރަނިލްގެ ޕާޓީގެ މެދުގައި ވަނީ ވަރަށް ބޮޑަށް މައްސަލަތައް ޖެހިފަ އެވެ. ސިރިސޭނާ ލަންކާގެ ރައީސަކަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

ލަންކާގެ ރައީސް ކެބިނެޓަށް ބަދަލުގެންނަވައިފި

22 މެއި 2017
އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

އަފްގާންގެ ދައުލަތުގެ ޓީވީ ސްޓޭޝަނަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން އުފުލައިފި

17 މެއި 2017
ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

ހަތިޔާރު އެޅި ބަޔަކު އަފްގާން ޓީވީ ސްޓޭޝަނަށް ހަމަލާދީފި

17 މެއި 2017
އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ

އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ

27 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު