Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ހުތުބާ

ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކުރުމަށް ޚުތުބާގައި ގޮވާލައިފި

8 ޖޫން 2018 | ހުކުރު 09:29

މިހާރު ފާއިތުވަމުން މިދަނީ މިރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތައް

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2018 | ހުކުރު 09:29
އިސްލާމީ މަރުކަޒު---

އިސްލާމީ މަރުކަޒު---

ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ގުނަމުންދާއިރު، މިދުވަސްތައް ކުޅިވަރާއި މަޖަލުގައި ހޭދަނުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ލައިލަތުލްޤަދްރިވިލޭރޭ ހޯދުމަށް މަސައްކަތް ކުރުން" މި މައުޟޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ މިއަހަރުގެ ރަމަޟާންމަހުގެ ދުވަސްތަކާ ބައްދަލުވެ އެދުވަސްތައް އަލްވަދާޢު ކިޔަމުންދާ ކަމަށާއި، މިހާރު ފާއިތުވަމުން މިދަނީ މި ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މިއަންނަ އަހަރު ރޯދަމަހާ ހަމައަށް ދުނިޔޭގައި ހުންނާނެކަން ނޭނގޭއިރު ފަހު ދިހަގެ ރޭތަކާއި ދުވަސްތަކުގައި އަޅުކަން ކުރުމުގައި ގާއިމްވެ އުޅެންޖެހޭ ކަމަށެވެ. މިދުވަސްތަކުގައި ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭ ކަމަށާއި، ރަމަޟާން މަސް އެމީހަކާ ބައްދަލުވުމަށް ފަހު އެމަހުގެ ދުވަސްތަކުގައި އެމީހެއްގެ ފާފަ ނުފުހެވޭ މީހަކީ ބަދު ނަސީބުވެރިއެއް ކަމަށެވެ.

ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވޭ "ރަމަޟާން މަސް އެމީހަކާ ބައްދަލުވުމުން، އެމަހުގައި ފާފަ ނުފުހެވޭ މީހާއަށް ހިތާމައާ ގެއްލުން ހުއްޓެވެ"

ރަމަޟާންމަހުގައި ލައްވާފައިވާ އެންމެ މަތިވެރި ނިއުމަތަކީ ލައިލަތުލްޤަދްރި ވިލޭރޭ އެމައްސަރުގައި ލައްވާފައިވާތީކަން ފާހަގަކުރައްވައި ޚުތުބާގައި ބުނީ އެރެއަކީ އެއްހާސް މައްސަރަށް ވުރެން ހެޔޮކަންބޮޑުވެގެންވާ މާތް ރެއެއް ކަމަށެވެ. އަދި ތަފްސީރު އިލްމުވެރީން ބަޔާންކުރައްވާ ގޮތުން އެރެއަކީ ކުރިއަށް އަންނަ އަހަރަށް މާތްﷲ ދުނިޔޭގެ ކަންކަން ކަނޑައަޅުއްވައި ނިންމަވާ ރޭކަން ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައި ވަނީ " ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެޤުރުއާން ބާލައިލެއްވީ ލައިލަތުލް ޤަދްރިވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ. ލައިލަތުލްޤަދްރި ވިލޭރޭ، އެއްހާސްމައްސަރަށް ވުރެ ހެޔޮކަން ބޮޑެވެ. މަލާއިތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޒްނަފުޅާއެކު ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާނދެން އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ."

ހުކުރު ޚުތުބާގައި ބުނީ ލައިލަތުލްޤަދްރި ވިލޭރެ ސިއްރު ކުރައްވާފައި ވަނީ ވަރަށް ގިނަ ހިކުމަތަށްޓަކައި ކަމަށެވެ. މީގެ ތެރޭގައި އަޅުތަކުން ގިނަގިނައިން ﷲގެ ހަޟްރަތަށް ދުއާ ދަންނަވައި، ގިނަގިނައިން އަޅުކަންކުރުމަށް ހިތްވަރުދެއްވުމާއި، އެކަމަށް ޝައުގުވެރި ކުރެއްވުން ހިމެނެއެވެ. މިކަމުގެ ސަބަބުން އެބައިމީހުންގެ ފާފަތައް ފުހެވި ދަރަޖަ މަތިވެރިވެގެން ދިއުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ފިތުރު ޒަކާތް ދެއްކުމަށް ވެސް ޚުތުބާގައި ވަނީ ހަދާން ކޮށްދީފައެވެ. ޚުތުބާގައި ބުނީ ފިތުރު ޒަކާތް ދެއްކުމަކީ ރަމަޟާން މަހުގެ ރޯދަ ހިފުމާ ގުޅިގެން މުސްލިމުންގެ މައްޗަށް މާތްﷲ ވާޖިބު ކުރައްވާފައިވާ ކަމެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2021

ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް

11 އެޕްރީލު 2021
ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ އަންގާރަ ދުވަސް
19 މާރިޗު 2021

ޝައުބާންމަހުގެ ދުވަސްތަކަކީ ބަރަކާތާއި ރަހުމަތުގެ ދުވަސްތަކެއް، މިދުވަސްތައް ނަގާނުލާ: ޚުތުބާ

19 މާރިޗު 2021
ޝައުބާންމަހުގެ ދުވަސްތަކަކީ ބަރަކާތާއި ރަހުމަތުގެ ދުވަސްތަކެއް، މިދުވަސްތައް ނަގާނުލާ: ޚުތުބާ
24 ޖުލައި 2020

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް

24 ޖުލައި 2020
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް
14 އެޕްރީލު 2020

އުސޫލަށް އިސްލާހެއް: އިސްތިޢުނާފު މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް އުނިކުރުމަށްފަހު: ހައިކޯޓު

14 އެޕްރީލު 2020
އުސޫލަށް އިސްލާހެއް: އިސްތިޢުނާފު މުއްދަތު ގުނާނީ، ސަރުކާރު ބަންދު ދުވަސްތައް އުނިކުރުމަށްފަހު: ހައިކޯޓު
29 ޖޫން 2019

ނައިޓް މާރކެޓް އަދި ފެއަރ ބޭއްވޭނެ ދުވަސްތައް ކައުންސިލުން ކަނޑައަޅައިފި

29 ޖޫން 2019
ނައިޓް މާރކެޓް އަދި ފެއަރ ބޭއްވޭނެ ދުވަސްތައް ކައުންސިލުން ކަނޑައަޅައިފި
28 ޖޫން 2019

ނައިޓްމާކެޓްތައް ބާއްވާނެ މުނާސަބު ދުވަސްތައް އަލުން ކަނޑައަޅަނީ

28 ޖޫން 2019
ނައިޓްމާކެޓްތައް ބާއްވާނެ މުނާސަބު ދުވަސްތައް އަލުން ކަނޑައަޅަނީ
20 ޖޫން 2019

މާލެ ސިޓީގައި މަގުމަތީ ބާޒާރު ބޭއްވުމަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަނޑައަޅައިފި

20 ޖޫން 2019
މާލެ ސިޓީގައި މަގުމަތީ ބާޒާރު ބޭއްވުމަށް ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތައް ކަނޑައަޅައިފި
20 ފެބުރުއަރީ 2019

މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި ދުވަސްތައް ގުނަގުނާ ތިބޭކަށް ދެން ނުޖެހޭނެ: ރައީސް ސޯލިހު

20 ފެބުރުއަރީ 2019
މަސް ކިރުވި ފައިސާ ނުލިބުމުގެ ހިތާމައިގައި ދުވަސްތައް ގުނަގުނާ ތިބޭކަށް ދެން ނުޖެހޭނެ: ރައީސް ސޯލިހު
11 ފެބުރުއަރީ 2019

ރަމަޟާންމަހުގެ ތައްޔާރީތައް: ފައިނު، ކާށިދޫ، އަދި ތޮއްޑޫގައި ދަނޑު ހެއްދުމުގެ މަސައްކަތް ފަށައިފި

11 ފެބުރުއަރީ 2019
ރަމަޟާންމަހުގެ ތައްޔާރީތައް: ފައިނު، ކާށިދޫ، އަދި ތޮއްޑޫގައި ދަނޑު ހެއްދުމުގެ މަސައްކަތް ފަށައިފި
16 މެއި 2018

އިސްލާމީ ގިނަ ގައުމުތަކަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ

16 މެއި 2018
އިސްލާމީ ގިނަ ގައުމުތަކަށް ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް