Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަން

ރަމަޟާންމަހުގެ ތައްޔާރީތައް: ފައިނު، ކާށިދޫ، އަދި ތޮއްޑޫގައި ދަނޑު ހެއްދުމުގެ މަސައްކަތް ފަށައިފި

11 ފެބުރުއަރީ 2019 | ހޯމަ 07:50

ދަނޑުވެރިންނަށް ބިން ދޫކުރުމުގެ މަސައްކަތް ކުރިއަށްދޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 ފެބުރުއަރީ 2019 | ހޯމަ 07:50
އއ. ތޮއްޑޫގައި ކަރާ ހައްދާ ސަރަހައްދު

އއ. ތޮއްޑޫގައި ކަރާ ހައްދާ ސަރަހައްދު

ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑުތައް ހެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރ. ފައިނުގެ ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ އެހެން އަހަރު ތަކެކޭ އެއްގޮތަށް މިއަހަރު ވެސް ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑުވެރިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

ނަސީރު ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށް ބިންތައް ދޫކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށާއި، އެބިންތައް ހޯދުމަށް ރަށުގެ ގިނަ ރައްޔިތުން ފޯމް ހުށަހަޅަމުން އަންނަ ކަމަށެވެ. އަދި މިހަފްތާ ތެރޭގައި ބިން ދޫކުރެވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ ރަށުގެ ކޮންމެ އާއިލާއަކަށް ވެސް ދަނޑުބިން ލިބޭނެ ކަމަށާއި، ބިން ދޫކުރާނީ އޮންނަ އުސޫލުގެ ތެރެއިން އެމީހަކަށް ޕޮއެންޓް ލިބޭ މިންވަރަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ދަނޑުބިން ނަގާ މީހާ އަދާ ކުރަމުންދާ ވަޒީފާއާ، އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި މީހުންނާއި، ދަރިންގެ އަދަދަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރ. ފައިނުގެ ކަރާ ދަނޑެއް -- ފޮޓޯ: ރާއްޖެ.އެމްވީ

ދަނޑުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ނަސީރު ވިދާޅުވީ ދަނޑުތަކަށް ބޭނުންވާ ކާނާ ގެނައުމަށް ދަނޑުވެރިންނާއި ކައުންސިލުން ގުޅިގެން ގަނޑުކޮށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނަސީރު ވިދާޅުވީ ދަނޑަށް ޖެހުމަށް ބޭނުންވާ ބޭސްތަކާއި، އަޅާ ކާނާތައް ގެތުމަށް ދަނޑުވެރިންގެ އަތުން ކޮންމެ ފަހަރަކު ވެސް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި، ގަނޑުކޮށް ގެނައުމުން އަގުހެޔޮވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދަނޑުތައް ހެއްދުމަށް ކެމިކަލްތައް ބޭނުން ކުރުން މަދު ކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

''މިއީ ރަމަޟާން މަހަށް ޚާއްސަކޮށް މޫސުމީގޮތުން ދަނޑުވެރިކަމަށް ދޫކުރާ ބިމެއް. ދެން ޒާމާނީ ކެމިކަލް މަދުކުރަން މަސައްކަތް ކުރަނީ. އެއްއަހަރު އަނެއް އަހަރަށް ދޫކުރާ ބިމެއް އަނެއް އަހަރަކު ބިން ދޫނުކުރާނެ. އޭރުން ތެދެއްތޯ އެބިން ތާޒާވެ، ރަނގަޅުވާނީ. ވިނަތައްފަޅާ ބިން ރަނގަޅުވާނީ. އެހެންވެ އެގޮތަށް މަސައްކަތް ކުރަނީ. އޭރުން އެބިމެއްގަ ހައްދާ ދަނޑު ވެސް ރަނގަޅުވެ ތާޒާ ތަރުކާރީއާ މޭވާ ލިބޭނީ." ނަސީރު ވިދާޅުވިއެވެ.

ނަސީރު ވިދާޅުވީ އެރަށުގައި އޮޑިފަހަރު މަދުވުމުން، ދަނޑުތަކުން ހައްދާ ބާވަތްތައް އެރަށުން މާލެ ގެނައުމަށް ދަތިތައް ކުރިމަތިވާ ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އުންމީދު ކުރަނީ ދަނޑުވެރިންގެ މިކަންބޮޑުވުމަށް މިއަހަރު ހައްލެއް ލިބިގެންދިއުންކަމަށް އޭނާ ވިދާޅުވި އެވެ.

ރަމަޟާން މަހަށްވަމުންދާ ތައްޔާރީތަކާއި ބެހޭ ގޮތުން ކ. ކާށިދޫގެ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވީ ދަނޑުވެރިންގެ ދަނޑު ހެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ގިނަ އަދަދެއްގެ ދަނޑުގެ ބާވަތްތައް މިފަހަރު އެރަށުން މާލެއަށް ގެނެވޭނެ ކަމަށް އުންމީދު ކުރާނެ ކަމަށެވެ.

ކާށިދޫގެ ކޮޕީފަތް ދަނޑެއް -- ފޮޓޯ: ރާއްޖެ.އެމްވީ

ސުލްތާން ވިދާޅުވީ ކޮޕީ ފަތާއި ކަރާ ހެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ކުރުނބާ، ފަތްކެޔޮ މިއަހަރުގެ ރަމަޟާން މަހު މާލެ ގެނެވޭ މިންވަރު އިތުރުވާނެ ކަމަށެވެ.

ދަނޑުހެއްދުމަށް ބޭނުންވާ މިންވަރަށް ބިން ނެތްކަން ފާހަގަކުރައްވައި، ސުލްތާން ވިދާޅުވީ ބިމުގެ މައްސަލަ ހައްލުކުރުމަށް މިހާރު ވަކި އުސޫލެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއުސޫލާއެކު ކޮންމެ ދަނޑުވެރިއަކަށް ވެސް ޕޮއެންޓް ލިބޭ މިންވަރަކުން ދަނޑުބިން ދޫކުރާނެ ކަމަށެވެ.

''މިހާރު ދެން ދަނޑުވެރިން އަމިއްލައަށް ބިން ހަމަޖައްސަނީ. ބިން ހަމަޖައްސާފަ ކައުންސިލްއަށް އެންގީމަ ކައުންސިލުން ބަލާފަ ހުއްދަދެނީ. ކުޑަ ބޮޑު ވަކި މިނެއް ނީދޭ. މިމައްސަލަ ކުރިމަތިވާތީ ހައްލު ކުރުމަށް ވަކި އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން" ސުލްތާން ވިދާޅުވިއެވެ.

މީގެ އިތުރުން އއ. ތޮއްޑޫގެ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހަށް ކަރާ ހެއްދުމަށްޓަކައި ދަނޑު ދޫކުރުމަށް ބޭނުންވާ ފޯމް ދޫކުރުމާއި، ފޯމް ބަލައިގަތުން ޖެނުއަރީ 28 އިން 14 ފެބްރުއަރީ ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ނިއުޝާ ވިދާޅުވީ މިއަހަރު ވެސް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ތޮއްޑޫގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ކަމަށާއި، ބިން ދޫކުރުމުގައި އޮންނަ އުސޫލުން ޕޮއެންޓް ލިބޭ މިންވަރަށް ބެލުމަށްފަހު، ބިން ދޫކުރާނެ ކަމަށެވެ.

ނިއުޝާ ވިދާޅުވީ ރަމަޟާން މަހަށް ޚާއްސަކޮށް ދަނޑު ހެއްދުމުގެ މަސައްކަތް ދަނޑުވެރިން ފަށާފައިވާ ކަމަށާއި، އެހެން އަހަރުތަކާއި އެއްގޮތަށް ގިނަ އަދަދެއްގެ ބާވަތްތައް އެރަށުން ބޭރުކުރާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށްވުރެ ގިނައިން ކަރާ މާލޭގެ މާރުކޭޓަށް ގެނެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ތޮއްޑޫގެ ކަރާ ދަނޑެއް -- ފޮޓޯ: ރާއްޖެ.އެމްވީ

ދަނޑުވެރިކަމަށް މަޝްހޫރު ތިން ރަށުގެ ދަނޑުވެރިން ރަމަޟާން މަހަށް ތައްޔާރުވަމުން އަންނައިރު، ދަނޑުވެރިންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ދަނޑު ހެއްދުމަށްޓަކައި އަތުން ބޮޑު ހޭދައެއް ކުރަންޖެހުމެވެ. އެގޮތުން ދަނޑަށް ފެންދިނުމަށް ހޮޅިއަޅައި ވަޅު ހެދުމުގެ މަސައްކަތްތައް ދަނޑުވެރިން ފާހަގަކުރެއެވެ.

"ދަނޑު މިހައްދަނީ ވަރަށް މަސައްކަތުން. ދަނޑު ހައްދަން ގިނަ އެއްޗެހިތަކެއް ވެސް ގަންނައިރު ބޮޑު ހޭދައެއް އަތުން ކުރަންޖެހޭ. ބައެއް ފަހަރު ދާ ހަރަދު ކަނޑާފަ ފައިދާއަށް ލިބޭނީ ވަރަށް ކުޑަ އެއްޗެއް. ބައެއް ފަހަރު ބަރޯ އެއްޗެހި ދަނޑުބިމުގަ ހުއްޓަ ވާނުވާ ނޭނގި ގެއްލޭ. ކަރާ ދަނޑެއް ހައްދަން ދެތިން ބަރޯ ވެސް ގައްނަން ޖެހިދާނެ. އަނެއް ކަރާ މާލެ ފޮނުވަންޏާ ދޯންޏަށް ވެސް އަހަރުމެން އަތުން ރުފިޔާ ދަނީ. ނަޝީދުގެ ވެރިކަމުގަ ދިން ސަބްސިޑީގެ ސަބަބުން ވަރަށް ބޮޑު ލިޔެއް ލިބުނު. އެކަހަލަ އެހީތެރިކަމެއް އަޅުގަނޑުމެން ބޭނުންވޭ" ދަނޑުވެރިއަކު ބުންޏެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ދަނޑުވެރިންނަށް ދިން ސަބްސިޑީގެ އުސޫލުން ދަނޑުވެރިންނަށް އެފަދަ އިންތިޒާމެއް ހަމަޖައްސަދިނުމަށް އެދަނޑުވެރިން އެދެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2018

ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް ޑިންގީއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ

07 ޖެނުއަރީ 2018
 ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް ޑިންގީއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ
07 އޮކްޓޯބަރު 2017

ހަތަރު އަހަރުވީ އިރު ރާއްޖެޓީވީ ރޯކޮށްލި މުޖުރިމުން ހޯދިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފި

07 އޮކްޓޯބަރު 2017
ހަތަރު އަހަރުވީ އިރު ރާއްޖެޓީވީ ރޯކޮށްލި މުޖުރިމުން ހޯދިފައިނުވާތީ ކަންބޮޑުވުން ފާޅުކޮށްފި
30 އޯގަސްޓު 2017

ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ 13 ފަރާތެއްގެ ލައިސަންސް ބާތިލް ކުރަނީ

30 އޯގަސްޓު 2017
ބްރޯޑްކާސްޓްކުރަން ފަށާފައިނުވާ 13 ފަރާތެއްގެ ލައިސަންސް ބާތިލް ކުރަނީ
25 އޯގަސްޓު 2017

މިފަހުން ވިއްކާފައިނުވާ ވަރުގެ ބޮޑު އަދަދެއްގެ ޓީބިލް ވިއްކަނީ!

25 އޯގަސްޓު 2017
މިފަހުން ވިއްކާފައިނުވާ ވަރުގެ ބޮޑު އަދަދެއްގެ ޓީބިލް ވިއްކަނީ!
02 އޯގަސްޓު 2017

މަޖިލީހުގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު މެމްބަރުން ދެއްވާފައިނުވާތީ ކަންބޮޑުވޭ: އަބްދުﷲ ރިޔާޒު

02 އޯގަސްޓު 2017
މަޖިލީހުގައި ޓެރެރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ މައުލޫމާތު މެމްބަރުން ދެއްވާފައިނުވާތީ ކަންބޮޑުވޭ: އަބްދުﷲ ރިޔާޒު
09 ޖުލައި 2017

އިތުރު ހެއްކެއް ހުށަހަޅާފައިނުވާތީ ޖޭޕީ މެމްބަރު ޝާފިއު ދޫކޮށްލައިފި

09 ޖުލައި 2017
އިތުރު ހެއްކެއް ހުށަހަޅާފައިނުވާތީ ޖޭޕީ މެމްބަރު ޝާފިއު ދޫކޮށްލައިފި
02 މެއި 2017

ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

02 މެއި 2017
ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް