Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޖާންވީގެ 'ދަޅަކް' ގެ އައު ޕޯސްޓަރެއް ނެރެފި

މި ފިލްމްގެ ޓްރެއިލާ ވެސް ވަރަށް އަވަހަށް ރިލީޒް ކުރާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 8 ޖޫން 2018 | ހުކުރު 08:35
އިޝާން އާޢި ޖާންވީ

އިޝާން އާޢި ޖާންވީ

ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު އާއި އިޝާން ކައްތަރު ބޮލީވުޑަށް ނިކުންނަ ފިލްމު "ދަޅަކް" ގެ އާ ޕޯސްޓަރު އާންމުކޮށްފިއެވެ.

މި ޕޯސްޓަރ ރިލީޒް ކޮށްފައިވާކަން ހާމަކޮށް ކަރަން ޖޯހަރު ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ މި ފިލްމްގެ ޓްރެއިލާ ވެސް ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށެވެ.

ހުދު ހެދުމެއްގައި ދެ މީހުން ތިބި އިރު ދެމީހުންގެ އަތުގައި ކުލަ ހޭކިފައިވާ ކުލަގަދަ މި ޕޯސަޓަރުން ދެ މީހުންގެ ލޯބީގެ އަސަރުގަދަ ޖަޒުބާތު ދައްކުވައިދެއެވެ.

މި ފިލްމު ޑައިރެކްޓަރަކީ ކަރަން ޕްރޮޑިއުސްކުރި ކާމިޔާބު ދެ ފިލްމެއް ކަމަށްވާ "ހަމްޕްޓީ ޝަރްމާ ކީ ދުލްހަނިޔާ" އާއި "ބަދްރިނާތްކީ ދުލްހަނިޔާ" ވެސް ޑައިރެކްޓްކޮށްފައިވާ ޝަޝަންކް ކެއިތަންއެވެ.

"ދަޅަކް" އަކީ މަރާޓީ ބްލޮކްބާސްޓާ ފިލްމު "ސައިރާތް" ގެ އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.

މިދިޔަ ފެބްރުއަރީ މަހު ޖާންވީގެ މަންމަ ސްރީދޭވީ ކުއްލި ގޮތަކަށް ދުބާއީގައި މަރުވި ނަމަވެސް، އެހިތާމަވެރި ވަގުތުގައި ވެސް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޖާންވީ ވަނީ ފިލްމްގެ ޝޫޓިންތައް ފަށާފައެވެ.

އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އޭނާގެ ފުރަތަމަ ފިލްމް "ދަޅަކް" ގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

ރާއްޖެޓީވީގެ "ދަންބައި"ގެ ޓްރެއިލާ ނެރެފި

26 މެއި 2017
 ރާއްޖެޓީވީގެ "ދަންބައި"ގެ ޓްރެއިލާ ނެރެފި
21 މެއި 2017

"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި

21 މެއި 2017
"102ނޮޓް އައުޓް" ގެ ފަސްޓް ލުކް ދައްކާލައިފި
29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
18 އެޕްރީލު 2017

"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި

18 އެޕްރީލު 2017
"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު