Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހާފް ގާލްފްރެންޑް

"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި

މި ފިލްމު ނެރެން ހަމަޖެހިފައިވަނީ މޭމަހުގެ 19 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 އެޕްރީލު 2017 | އަންގާރަ 18:22
ހާފް ގާލްފްރެންޑްގެ ޕޯސްޓަރެއް

ހާފް ގާލްފްރެންޑްގެ ޕޯސްޓަރެއް

ހިންދީ ފިލްމު "ހާފް ގާލްފްރެންޑް"ގެ ޓްރެއިލާ ހޯމަދުވަހު ނެރެފިއެވެ.

މި ފިލްމު ނެރެން ހަމަޖެހިފައިވަނީ މޭމަހުގެ 19 ވަނަ ދުވަހުގައެވެ. އަރުޖުން ކަޕޫރާއި ޝްރައްދާ ކަޕޫރު އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމު "ހާފް ގާލްފްރެންޑް" އަކީ ފުރާވަރު ދެކުދިންގެ ތެރޭގައި އުފެދޭ ލޯބީގެ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ހިންދީ ޥާހަކަ ލިޔުންތެރިޔާ ޗޭތަން ބަގަތު ލިޔެފައިވާ ވާހަކަ އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އެވާހަކައިގައި ފަގީރު ފިރިހެން ކުއްޖަކަށް މުއްސަނދި އަންހެން ކުއްޖަކުދެކެ ލޯބިވެގެން ކަންތައްތަކެއް ހިނގައެވެ. އެ ދެމީހުންގެ ލޯބި ފެށިގެންދަނީ އެދެމީހުންގެ މެދުގައި ބާސްކެޓު ކުޅުމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.

މިދެމީހުން އެއްކޮށް ކޮލެޖުން ފެންނަލެއް ގިނަކަމުން އެކުވެރިން ދިމާ ކުރަން ފެށުމުން އެދެމީހުންގެ މެދުގައި އޮންނަނީ "ހާފް ގާލްފްރެންޑު"ގެ ގުޅުން ކަމަށް އަންހެން ކުއްޖާ ބުނެއެވެ.

މި ފިލްމުގެ ވާހަކަ ލިޔެފައިވާ ޗޭތަންއަކީ ކާމިޔާބު ފިލްމެއްކަމަށްވާ ފިލްމު "ތްރީ އިޑިއެޓްސް" ވެސް ލިޔުނު ލިޔުންތެރިއާއެވެ. ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މޯހިތު ސުރީއެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

"ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާނެ

22 އެޕްރީލު 2017
"ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާނެ
18 އެޕްރީލު 2017

"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި

18 އެޕްރީލު 2017
"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
03 އެޕްރީލު 2017

ސީޒަންގެ ކައުޝީގެ ޓްރެއިލާ ނެރެފި

03 އެޕްރީލު 2017
ސީޒަންގެ ކައުޝީގެ ޓްރެއިލާ  ނެރެފި
03 އެޕްރީލު 2017

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު