Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސަޗިން:އަ ބިލިއަން ޑްރީމްސް

"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޓްރެއިލާ ނެރެފި

މިފިލްމް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 18 އެޕްރީލު 2017 | އަންގާރަ 11:43
"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޕޯސްޓަރެއް

"ސަޗިން: އަ ބިލިއަން ޑްރީމްސް"ގެ ޕޯސްޓަރެއް

އިންޑިއާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑްލްކަރްގެ ހަޔާތާ ގުޅޭ ގޮތުން ހަދާ ފިލްމް "ސަޗިން: އަ ބިލިއަން ޑްރީމްސް" ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

އިންޑިއާއަށް ކްރިކެޓްގެ ރޮނގުން ސަޗިން ވަނީ ވަރަށް ގިނަ ކާމިޔާބީތައް ހޯދައިދީފަ އެވެ. ބައެއް މީހުން ގަބޫލު ކުރާ ގޮތުގައި ސަޗިންއަކީ އިންޑިއާގެ ކްރިކެޓް ލެޖެންޑެކެވެ.

މިފިލްމުގައި ސަޗިންއަށް ކްރިކެޓްގެ ދާއިރާއަށް ނިކުމެވުނު ގޮތާއި ކާމިޔާބު މީހަކަށް ވުމަށް އޭނާއަށް ދިމާވި ގޮންޖެހުންތައް ދައްކުވައިދޭނެއެވެ. މިފިލްމް ޕްރިމިއާ ކުރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ގައެވެ. ސަޗިންގެ ހަޔާތާ ގުޅޭ ގޮތުން ހަދަމުންދާ ފިލްމްގެ ލީޑް ރޯލުގައި ހަރަކާތްތެރިވަނީ ވެސް ސަޗިން އެވެ. ޖޭމްސް އަސްކިން ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ޑޮކިއުމަންޓްރީގައި ސަޗިންއާ އެކު، އަންހެނުން އަންޖަލީ ޓެންޑްލްކަރް، ކްރިކެޓް ކުޅުންތެރިޔާ ވިރެންދަރް ސެއުވާގް އާއި ކްރިކެޓް ކުޅުންތެރިޔާ މަހިންދްރަ ސިންގް ދޯނީ ފެނިގެންދާނެއެވެ.

"ސަޗިން: އަ ބިލިއަން ޑްރީމްސް" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޮސްކާ ހާސިލްކޮށްފައިވާ އިންޑިއާގެ މިއުޒިޝަން އޭއާރް ރަހްމާނެވެ.

މި ޑޮކިއުމެންޓްރީގަ ޓްރެއިލާ ލޯންޗް ކުރަން ބޭއްވި ހަފުލާގައި ސަޗިން ބުނީ އޭނާގެ ހަޔާތުގެ ދަތުރުގެ ވަރަށް ގިނަ ވާހަކަތައް "ސަޗިން: އަ ބިލިއަން ޑްރީމްސް" އިން ދައްކުވައި ދޭނެ ކަމަށެވެ. އަދި 24 އަހަރުގެ ކެރިއަރުގައި އޭނާ އަށް ލޯބި ދިން އެންމެންނަށް ސަޗިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި ފިލްމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ސަޗިން ބުނީ ފިލްމްގެ ހުރިހާ މަންޒަރަކާއި މެދުވެސް އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ސަޗިން ބުނީ މިފިލްމްގެ މަސައްކަތް ފެށުމުގެ ކުރިން ފިލްމް ކުޅުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް އޭނާއަށް ކުރިން ހީވެފައި އޮތް ކަމަށެވެ. ނަމަވެސް ހަގީގަތުގައި ފިލްމް ކުޅުމަކީ އެހާފަސޭހަ ކަމެއް ނޫން ކަމަށާއި އަދި ކްރިކެޓް ކުޅުމާ އަޅާ ބަލާއިރު ފިލްމީ ދާއިރާގެ މަސައްކަތްތަކަކީ މާއުނދަގޫ އަދި އެހާމެ ބުރަ މަސައްކަތެއް ކަމަށެވެ.

މިފިލްމަކީ މިއަހަރު ތެރޭގައި ޕްރިމިއާ ކުރާ ފިލްމްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ މަގުބޫލުއެއް ފިލްމަށް ވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ. އެއީ މިފިލްމު ޑައިރެކްޓްކުރާ ޖޭމްސްއަކީ އުފެއްދުންތެރި ފިލްމީދާއިރާގައި ކާމިޔާބު ޑައިރެކްޓަރަކަށް ވުމާއި ސަޗިންގެ މަގުބޫލު ކަން އިންޑިއާގައި ބޮޑުވުމެވެ. ސަޗިން އަކީ އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުން ފެނިގެން ދިޔަ ހުނަރުވެރި ބެޓްސްމަނެކެވެ. އުމުރުން 43 އަހަރުގެ ސަޗިން އަކީ މިހާރު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެކެވެ.

އިންޑިއާގައި އުފެދުނު އެންމެ ކާމިޔާބު ކްރިކެޓް ކުޅުންތެރިޔާ ސަޗިންގެ ހަޔާތާ ބެހޭ ގޮތުން ޑޮކިއުމެންޓްރީ ފިލްމެއް ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮަށް މިދިޔަ އަހަރުގެ ތެރޭގައި ފީޗާ ފިލްމެއް ވަނީ ނެރެފައެވެ. ސުޝަންތު ސިންގް ރާޖްޕޫތުގެ މޮޅު އެކްޓިން ފެނިގެންދިޔަ އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ލިބިފައި ވެއެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި

29 އެޕްރީލު 2017
ކޮފީ ވަސްދުވާ ސްޓޭމްޕް އިންޑިއާގައި ނެރެފި
25 އެޕްރީލު 2017

"ޓިއުބްލައިޓް" ޓްރެއިލާ އާންމު ކުރާނީ މެއި 10 ގައި

25 އެޕްރީލު 2017
"ޓިއުބްލައިޓް" ޓްރެއިލާ އާންމު ކުރާނީ މެއި 10 ގައި
11 އެޕްރީލު 2017

"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި

11 އެޕްރީލު 2017
"ހާފް ގާލްފްރެންޑްގެ" ޓްރެއިލާ ނެރެފި
10 އެޕްރީލު 2017

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ
03 އެޕްރީލު 2017

ސީޒަންގެ ކައުޝީގެ ޓްރެއިލާ ނެރެފި

03 އެޕްރީލު 2017
ސީޒަންގެ ކައުޝީގެ ޓްރެއިލާ  ނެރެފި
03 އެޕްރީލު 2017

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި
31 މާރިޗު 2017

ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

31 މާރިޗު 2017
ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި
15 މާރިޗު 2017

"މީ ލޯތްބަކީ" ގެ ޓްރެއިލާ ރިލީޒް ކޮށްފި

15 މާރިޗު 2017
 "މީ ލޯތްބަކީ" ގެ ޓްރެއިލާ ރިލީޒް ކޮށްފި
28 ފެބުރުއަރީ 2017

"ބިއުޓީ އެންޑް ދަ ބީސްޓް"ގެ އާ ޓްރެއިލަރއެއް ނެރެފި

28 ފެބުރުއަރީ 2017
"ބިއުޓީ އެންޑް ދަ ބީސްޓް"ގެ އާ ޓްރެއިލަރއެއް ނެރެފި
07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު