Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިންގަޕޫރު

ސިންގަޕޫރުގެ ފޮރިން މިނިސްޓަރު އުތުރު ކޮރެއާ އަށް ވަޑައިގަންނަވަނީ

6 ޖޫން 2018 | ބުދަ 14:33

މިދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 6 ޖޫން 2018 | ބުދަ 14:33
ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނަން

ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނަން

އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ސިންގަޕޫރުގައި ބާއްވަން މަދު ދުވަސްކޮޅަކަށްވެފައިވާއިރު، ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބަލަކްރިޝްނަށް ބުރާސްފަތި ދުވަހު އުުތުރު ކޮރެއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓަރު އުތުރު ކޮރެއާ އަށް ކުރައްވާ ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅާ ބެހޭ ގޮތުން މާ ތަފްސީލީ ގޮތެއްގައި ސިންގަޕޫރުގެ ފޮރިން މިނިސްޓްރީ އިން މައޫލޫމާތު ހާމަކޮށްފައިނުވެއެވެ. ފޮރިން މިނިސްޓްރީ އިން ބުނީ ވިވިއަން ބަލަކްރިޝްނަން އުތުރު ކޮރެއާ އަށް ކުރައްވާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކިމް ޔޮންގް ނަމް އާ ބައްދަލު ކުރައްވާނެ ކަަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ޖޫން 12 ގައި ސިންގަޕޫރުގައި ބާއްވާ ބައްދަލުވުމުގެ ތައްޔާރީތައް ރަނގަޅަށް ދާ ކަމަށް އެމެރިކާ އިން ބުނެފައިވާއިރު، ދެގައުމުގެ ވެރިންގެ ބައްދަލުވުން ބާއްވާ ސިންގަޕޫރަކީ އުތުރު ކޮރެއާ އާއި އެމެރިކާ ޑިޕްލޮމެޓިކް ގުޅުން އޮންނަ ގައުމެކެވެ. އުތުުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން، އދ. އިން އުތުރު ކޮރެއާ އަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ސިންގަޕޫރުން ވަނީ މިދިޔަ އަހަރު އުތުރު ކޮރެއާ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޖޫން 12 ގައި އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަން ހަމަޖެހުނު ބައްދަލުވުން ރައީސް ޓްރަމްޕް ދާދިފަހުން ކެންސަލް ކުރެއްވިއެވެ. އޭގެ ފަހުން ސިންގަޕޫރުގައި ބާއްވަން ޝެޑިއުލް ކުރެވުނު ސަމިޓު ކުރިން ޝެޑިއުލް ކުރެވުނު ގޮތަށް ޖޫން 12 ގައި އޮންނާނެ ކަމަށް ރައީސް ޓްރަމްޕް މިދިޔަ ހުކުރު ދުވަހު ހާމަކުރެއްވިއެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދަވަނީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ. އެ ދެގައުމަށް ވާގިވެރިވުމަށް އެމެރިކާއާ އަބަދުވެސް ރަހްމަތްތެރި ގުޅުމެއް ބާއްވަމުން އަންނަ ދެކުނު ކޮރެއާ އިން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް