Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝާހުރުކް ޚާން

ދުވަހަކު ވެސް ފިލްމް ކުޅުން ހުއްޓާލާނެހެން ހިޔެއް ނުވޭ: ޝާހްރުކް ޚާން

އަބަދުވެސް އާ ކަންތައްތައް ދަސްކުރަން ބޭނުންވޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 ޖޫން 2017 | ބުރާސްފަތި 06:16
ޝާހުރުކް ޚާން އޭނާގެ އާއިލާއާއި އެކީގައި

ޝާހުރުކް ޚާން އޭނާގެ އާއިލާއާއި އެކީގައި

ދުވަހަކު ވެސް ރިޓަޔާވާނެ ހެނެއް ހިއެއް ނުވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހުރުކް ޚާން ބުނެފިއެވެ.

އޭނާ މިހެން ބުނީ އޭނާ ބޮލީވުޑްގައި އެކްޓުކުރަން ފެށިތާ 25 އަހަރު ފުރުމާ ގުޅިގެން އެކާމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ. ޝާހު ބުނީ އެކްޓުކުރުމަކީ ދިރިއުޅުމާ ގުޅިފައިވާ ކަމެއް ކަމަށާއި އެހެންކަމުން ދުވަހަކު ވެސް އޭނާ އެކްޓުކުރުމާ ދުރަށް ދާނެހެން ހީ ނުވާ ކަމަށެވެ.

އެހެން ކަމުން ފިލްމީ ދާއިރާގައި އޭނާ ކިތަންމެ ގިނަ ދުވަސްވީ ކަމުގައި ވީނަމަވެސް ރިޓަޔާވާނެހެން ހީނުވާ ކަމަށް ޝާހު ބުންޏެވެ.

ޝާހުބުނީ އޭނާ އެކްޓު ކުރަން ފެށިތާ 25 އަހަރުވެފައި ވީނަމަވެސް އަބަދުވެސް އާކަންތައްތައް އޭނާގެ ކެރިއަރުގައި ދަސްކުރަން ބޭނުންވާ ކަމަށެވެ.

ޝާހުރުކް ޚާން އޭނާގެ ފިލްމީ ހަޔާތް ފަށާފައި ވަނީ 1992 ވަނަ އަހަރުއެވެ. މިހާތަނަށް އޭނާ ކުޅެފައިވާ 80 ފިލްމުން ކާމިޔާބު ލިބިފައިވާ ފިލްމުތަކުގެ ތެރޭގައ"ޑަރް" (1993)، "ބާޒީގަރް" (1993)، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއިގޭ" (1993)، "ބާޒީގަރް" (1993)، "ދިލްތޯ ޕާގަލްހޭ" (1997)، "ކުޗް ކުޗް ހޯތާހޭ، (1998)، "ކަބީ ޚުޝީ ކަބީ ގަމް" (2001) ހިމެނެއެވެ. އަދި މީގެ އިތުރުން "މައިނޭމް އިޒް ޚާން" (2010)، "ޗެންނާއީ އެކްސްޕްރެސް" (2013) އަކީ ޝާހު ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު