Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލް އަދި ގާޑިއޯލާއަށް އަދަބު ދީފި

5 ޖޫން 2018 | އަންގާރަ 14:01

ގާޑިއޯލާ ދެ މެޗަށް ސަސްޕެންޑްކޮށްފައިވޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 5 ޖޫން 2018 | އަންގާރަ 14:01
ގާޑިއޯލާ ރެފްރީއާ ޒުވާބުކުރަނީ

ގާޑިއޯލާ ރެފްރީއާ ޒުވާބުކުރަނީ

މިނިމުނު ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ހިނގި ބައެއް ކަންތައްތަކާއި ގުޅިގެން ލިވަޕޫލް އަދި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާއިން އަދަބު ދީފިއެވެ.

އުމުރުން 47 އަހަރުގެ ގާޑިއޯލާ ސަސްޕެންޑްކޮށްފައިވަނީ މިނިމުނު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީކަން ކުރި ސްޕެއިންގެ މަޓެއޯ ލާހޯޒްއާ ޒުވާބު ކުރުމާއި ގުޅިގެންނެވެ.

ދެވަނަ ލެގުގެ މެޗުގައި 1-0 އިން ސިޓީ ކުރީގައި އޮތްއިރު ލެރޯއި ސާނޭ ޖެހި ލަނޑެއް އޮފްސައިޑް ލަނޑެއްގެ ގޮތުގައި ބެލުމުގެ ސަބަބުން ގާޑިއޯލާ ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރިޕްލޭތަކުން ފެންނަ ގޮތުގައި ސާނޭ ހުރީ އޮފްސައިޑް މަގާމެއްގައެއް ނޫނެވެ. ގާޑިއޯލާ ސިޓީ އެ މެޗުން ވެސް ބަލިވިއިރު އެ ޓީމަށް ސެމީގެ ޖާގައެއް ގެއްލުނީ 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން ލިވަޕޫލް އަތުން ބަލިވުމާއެކުއެވެ.

އަންނަ ސީޒަނުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އޭނާ ހުންނާނީ ސަސްޕެންޝަނުގައެވެ. ދެވަނަ މެޗަކަށް އޭނާ ސަސްޕެންޑް ކުރާނީ އަންނަ ސީޒަނުގައި އޭނާގެ އަމަލުތައް ހުންނަ ގޮތަކަށް ބެލުމަށްފަހުއެވެ.

ޔުއެފާއިން ވަނީ ލިވަޕޫލާއި ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ. ލިވަޕޫލާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔުއެފާއިން ނިންމާފައިވަނީ ސިޓީއާ ދެކޮޅަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި އެޕްރީލް މަހުގެ ފަސްވަނަ ދުވަހު ކުޅުނު މެޗުގައި ސިޓީގެ ކުޅުންތެރިން ދަތުރުކުރި ބަހަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. ލިވަޕޫލްގެ ސަޕޯޓަރުން ވަނީ ސިޓީގެ ކުޅުންތެރިން ދަތުރު ކުރި ބަހަށް އަމާޒުކޮށް ފުޅިއާއި ފްލެއަރ ފަދަ އެއްޗެހި އުކާފައެވެ. މި ހަމަލާގެ ސަބަބުން ސިޓީގެ ކުޅުންތެރިން ދަތުރުކުރި ބަހުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެ ކުޅުންތެރިން އެހެން ބަހަކަށް ބަދަލުވާން ވެސް މަޖުބޫރުވިއެވެ. މި ހަމަލާގައި އެއްވެސް ކުޅުންތެރިޔަކަށް އަނިޔާ ނުވި ނަމަވެސް ސެކިއުރިޓީ ބެލެހެއްޓުމަށް ހަރަކާތްތެރިވި ދެ ފުލުސް އޮފިސަރަކަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ހަމަ އެހެންމެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އިޓަލީގެ ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޑިބޭސް ބޭނުން ކުރުމާއި ގުޅިގެން ވެސް ލިވަޕޫލަށް ވަނީ އަދަބު ދީފައެވެ.

ސެމީ ފައިނަލާއި ކުއާޓާ ފައިނަލުގައި ހިނގައިދިޔަ ކަންތައްތަކުގެ ސަބަބުން ޔުއެފާއިން ވަނީ ލިވަޕޫލް 30000 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ.

މި ނިމުނު ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ސިޓީ ކެޓީ ލިވަޕޫލް އަތުން ބަލިވެގެން ކަމަށްވާއިރު ލިވަޕޫލް ފައިނަލާ ހިސާބަށް ދަތުރުކުރިއެވެ. ލިވަޕޫލް ފައިނަލުގައި ބަލިވީ ސްޕެއިންގެ ރެއާލް މެޑްރިޑް އަތުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
05 މާރިޗު 2017

ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ

05 މާރިޗު 2017
ޕްރިމިއާ ލީގު: އާސެނަލްގެ މައްޗަށް ލިވަޕޫލް ކުރިހޯދިއިރު، ޔުނައިޓެޑް އެއްވަރުވެއްޖެ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް