Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮން ވީ ފިހާރަ

އޯގަނިކް ބިއުޓީ އެންޑް ވެލްނެސްއަށް ޚާއްސަ ފިހާރައެއް ރާއްޖޭގައި ހުޅުވައިފި!

ދުޅަހެޔޮ ސިއްޙަތަކަށް މި އުފެއްދުންތައް ވަރަށް ރަނގަޅު ވާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 4 ޖޫން 2018 | ހޯމަ 21:17
އިނގެރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ދި އޯގަނިކް ފާރމަސީ ގެ އުފެއްދުންތަކެއް

އިނގެރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ދި އޯގަނިކް ފާރމަސީ ގެ އުފެއްދުންތަކެއް

ހަމައެކަނި އޯގޭނިކް ބިއުޓީ އެންޑް ވެލްނެސްއަށް ޚާއްސަކޮށްގެން ރާއްޖޭގައި ފިހާރައެއް ހުޅުވާފިއެވެ. މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ފިހާރައެވެ.

އޯކިޑް މަގުގައި އާދީއްތަ ދުވަހުގެ ރޭ ހުޅުވި "އޮން ވީ" ފިހާރައަކީ ރީތިވުމަށާއި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބޭނުންވާ، ޤުދުރަތީ އުފެއްދުންތައް ވިއްކާ ފިހާރައެކެވެ. އޮން ވީ ފިހާރައިގައި ހުންނަ ޕްރޮޑަކްޓްތަކުގައި އެއްވެސް ވަރެއްގެ ކެމިކަލް ނުހުންނާނެ ކަމަށާއި، މި ފިހާރައިގެ އަމާޒަކީ ސިއްޙަތަށް ފައިދާ ހުރި ބިއުޓީ އެންޑް ވެލްނެސް އުފެއްދުންތައް ހެޔޮ އަގެއްގައި އާންމުންނަށް ފޯރުކޮށް ދިނުން ކަމަށް އެ ފިހާރައިން ބުނެއެވެ.

އިނގިރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ދި އޯގަނިކް ފާރމަސީ ގެ އުފެއްދުންތަކާއި، ޖަރުމަނުގެ ލަވޭރާ އަދި ހިޕް ބްރޭންޑްގެ އުފެއްދުންތަކާއި، ޕޮލެންޑްގެ އާވާ ބްރޭންޑްގެ އުފެއްދުންތައް މިފިހާރައިން ލިބެން ހުރެއެވެ. މީގެ އިތުރުން އެމެރިކާގައި ކަޅުދިރީގެ ބާވަތްތައް އެފެއްދުމަށް މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބްލެކް ސީޑް ހަރބްގެ އެކި ބާވަތްތައްވެސް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

ދި އޯގަނިކް ފާރމަސީގެ އުފެއްދުންތަކަކީ މެޑޯނާ، ކޭޓީ ޕެރީ، ޓައިލަރ ސްވިފްޓް، މައިލީ ސައިރަސް، ކިމް ކާޑޭޝިއަން، ކްލޯއި ކާޑޭޝިއަން، ރީޓާ އޯރާ، ކްލައުޑިއާ ޝިފަރ، އަދި ކައިލީ މިނޯގް ފަދަ މަޝްހޫރު އެކިއެކި ފަންނާނުންވެސް އެންޑޯޒްކޮށް ބޭނުން ކުރަމުންދާ އުފެއްދުން ތަކެކެވެ.

އޮން ވީ ފިހާރައިގައި ލިބެން ހުންނަ ތަފާތު ވައްތަރުގެ ރީތި ވުމަށް ބޭނުންވާ ސާމާނުގެ ތެރޭގައި ޝޭމްފޫ، ކޮންޑިޝަނަރ، ލޯޝަން، ސްކްރަބް، މާސްކް، އެންޓި ވްރިންކަލް ކްރީމް، ޑިއޯޑޮރައިޒަރ، ޕައުޑަރ، މަސާޖް އޮއިލްސް، ފޭސް ވޮޝް، ކޮންސީލަރ، ލިޕްސްޓިކް، މަސްކަރާ، ވައިޕްސް އަދި ސެންޓު ހިމެނެއެވެ.

ކަށި ވަރުގަދަ ކުރާ އުފެއްދުންތަކާއި، މެޓަބޮލިޒަމް ރެގިއުލޭޓް ކުރާ އުފެއްދުންތަކާއި ހަންގަނޑު ރީތި ކުރުމަށް ޚާއްސަ ސަޕްލިމެންޓްވެސް މި ފިހާރައިން ލިބެން ހުންނާނެއެވެ. މި ފިހާރައިން ގަންނަ ތަކެތި ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށާއި، ގުޅަންޖެހޭ ހޮޓްލައިން ނަމްބަރަކީ 7375959 ކަމަށް މި ފިހާރައިން ބުނެއެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ
21 އޯގަސްޓު 2017

ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި

21 އޯގަސްޓު 2017
ދިރާގު ޓީވީއަށް "އޭއެންޑްއީ" ނެޓްވޯކްގެ 5 ޗެނަލް ތައާރަފު ކޮށްފި
13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
08 އޯގަސްޓު 2017

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

08 އޯގަސްޓު 2017
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި
20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު