Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

މި އަހަރު މިހާތަނަށް 3 ބްރާންޗް،

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 އޯގަސްޓު 2017 | ބުދަ 18:13
ސީއީއޯ އެންޑްރޫ ހީލީ

ސީއީއޯ އެންޑްރޫ ހީލީ

ބޭންކް އޮފް މޯލްޑިވްސްގެ ތާރީޚުގައި މާލީ ގޮތުން އެންމެ ކާމިޔާބު އަހަރަށް ފަހު، ބޭންކަށް ލިބޭ އާމްދަނީ އަނބުރާ މުޖުތަމަޢުތަކަށް އިންވެސްޓްކޮށް މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ވަކިވަކި ފަރުދުންނާއި އާއިލާތަކަށާއި ވިޔަފާރިތަކަށް އެހީތެރިވުމަށް ބޭންކުން ވެފައިވާ ވަޢުދު ފުއްދަމުންދާ ކަމުގައި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުޚާތަބު ކުރައްވަމުން އެންޑްރޫ ވިދާޅުވި ގޮތުގައި، ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު 150 މިލިއަން ރުފިޔާ ބޭންކުން އިންވެސްޓް ކޮށްފައިވެއެވެ..

އަދި ބޭންކުގެ އާ ބްރާންޗްތަކާއި އޭޓީއެމްތައް، އަލަށް ތަޢާރަފް ކުރި މޮބައިލް އެޕްލިކޭޝަން، އެންމެ ޒަމާނީ އިންޓަރނެޓް ބޭންކިންގެ އިތުރުން މުޖުތަމައުގެ މުހިންމު ކަންތައްތަކަށް ވެވުނު ފައިސާގެ އެހީތެރިކަމާއި އެކި ފަރާތްތަކާ ގުޅިގެން ހިންގުނު ޕްރޮޖެކްޓްތަކުގެ ފައިދާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ދިވެހިންނަށް މިހާރު ލިބެމުންދާކަމުގައި އެންޑްރ ޫ ވިދާޅުވިއެވެ.

އިންވެސްޓްމަންޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް 22 ރަށެއްގައި މި އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، މި އިންވެސްޓްމަންޓްގެ ތެރެއިން 150 ވަޒީފާ އަލަށް އުފެދިގެންދާނެ ކަން ވެސް ވަނީ ހާމަ ކޮށްފައެވެ.

2016 ވަނަ އަހަރަކީ " ބޭންކަށް ފަޚުރުވެރި އަހަރެއް" ގެ ގޮތުގައި ސިފަ ކުރައްވަމުން އެންޑްރޫ ވިދާޅުވީ މާލީ ގޮތުން ބޭންކު ވަރަށް ބޮޑަށް ހަރުދަނާވެފައި، އަދި ބޭންކަށް ލިބޭ އާމްދަނީ ބޭންކުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމަޢުތަކަށް އަނބުރާ ދެވެމުންދާ ކަމަށެވެ.

"އަދި ކުރިއަށްވުރެ ގިނަ ބަޔަކަށް މިވަނީ އެންމެ ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތައް ބޭންކުގެ ބްރާންޗްތަކުންނާއި އޭޓީއެމްތަކާއި އެޖެންޓުން ނުވަތަ އެންމެ ފަހުގެ ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައި. މި އަހަރު މިހާތަނަށް 3 ބްރާންޗް އަދި 12 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ހުޅުވާފައިވޭ" ހީލީ ވިދާޅުވިއެވެ.

އަދި ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް ބޭންކުގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ފުރުސަތު ފަހިކުރުމަށް އިންޓަރނެޓް އަދި މޮބައިލްގެ ޚިދުމަތްތައް ވެސް ވަނީ ތަރައްޤީކޮށްފައި ކަމަށާއި 'އަހަރެންގެ ބޭންކް' ގެ ހަރަކާތްތަކުގެ ތެރެއިން މުޖުތަމަޢަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށްޓަކައި 30 ޖަމާޢަތަކާއެކު މަޝްރޫއުތައް ހިންގައި އަދި ފައިސާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޑްރޫގެ ވާހަކަފުޅުގައި އޭނާ ވަނީ ބޭންކާ ވަކިވެގެންދާ ޗެއަރޕާސަން ފަރީހާ ޝަރީފާއި ބޯޑު މެމްބަރުންކަމުގައިވާ މުރުތަޟާ މުޙައްމަދުދީދީ އަދި މުޙައްމަދު ޢުމަރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ބޭންކުގެ މުވައްޒަފުންގެ ހީވާގި މަސައްކަތްތައް ފާހަގަކޮށް އެންޑްރޫ ޝުކުރު އަދާކުރެއްވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 29 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 88 އޭޓީއެމް، 4000 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުން އަދި ޒަމާނީ ޑިޖިޓަލް ބޭންކިންގ ސުއިޓްއަކާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުންޏެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2017

ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ

23 ޖޫން 2017
ޤަތަރުގައި އިންވެސްޓްމަންޓް ފޯރަމް ބޭއްވުމާ މެދު މަޝްވަރާކުރަނީ
21 ޖޫން 2017

މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!

21 ޖޫން 2017
މާރުކޭޓުގައި މެލަން ތިޔާގި، ކަރާ ލިބެން ހުރީ ވަރަށް މަދުން!
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
22 މެއި 2017

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު