Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ނައިބު ރައީސް އަދީބު

ކޯޓުން އަމުރު ކުރުމުން ވެސް ވަކީލުންނަށް އަދީބާ ބައްދަލު ކުރެވޭ ގޮތެއް ނުވި!

3 ޖޫން 2018 | އާދީއްތަ 14:36

މިދިއަ ބުދަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަށް އަންގަވާނެ ކަމަށް ވިދާޅުވެފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ޖޫން 2018 | އާދީއްތަ 14:36
އަދީބު ކޯޓަށް ހާޒިރު ކުރުމަށް ފަހު ދޫނިދޫއަށް ގެންދަނީ (ފައިލް ފޮޓޯ)

އަދީބު ކޯޓަށް ހާޒިރު ކުރުމަށް ފަހު ދޫނިދޫއަށް ގެންދަނީ (ފައިލް ފޮޓޯ)

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ކްރިމިނަލް ކޯޓުން އެންގުމުން ވެސް އެކަން ހަމަޖައްސާދީފައި ނުވާކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބުގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާ ދިނުމަށް ކްރިމިނަލް ކޯޓުން ކަރެކްޝަންސްއަށް އަމުރު ކުރުމުން ވެސް އަދީބުގެ ވަކީލުންގެ ބައްދަލުވުން ހަމަޖައްސާދިނުމަށް ކަރެކްޝަންސްއިން ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ވަކީލުންގެ ބައްދަލުވުން ލިބޭނެ ދުވަހެއް ނޭނގޭކަމަށް ވެސް ސިރާޖު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

މިދިއަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ 10 ދައުވާއަކާ ގުޅިގެން އެދައުވާތަކަށް ޖަވާބު ދާރީވުމަށް އިތުރު ފުރުސަތު ދެއްވާފަ އެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވާ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ 10 ދައުވާއަކާ ގުޅިގެން އެދައުވާތަކަށް ޖަވާބު ދާރީވުމަށް އިތުރު ފުރުސަތު ޝަރީއަތުން ދެއްވާފައި ވަނީ އެދައުވާތަކަށް ޖަވާބުދާރީވުމަށް އެއްގޮތަކަށް ވެސް ތައްޔާރުވެވިފައި ނުވާ ކަމަށް އަދީބުގެ ގަނޫނީ ވަކީލު ސިރާޖު ވިދާޅުވުމާއި ގުޅިގެންނެވެ.

ސިރާޖު ވިދާޅުވެފައިވަނީ އަދީބާއި ބައްދަލު ނުވާތާ މަހެއްހާ ދުވަސް ވަނީ ކަމަށާއި މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން އަދީބާ ބައްދަލު ކުރެވޭގޮތް ނުވާ ކަމަށެވެ. މިމަހުގެ 03 ވަނަ ދުވަހުން ފެށިގެން އަދީބު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވާ ކަމަށާއި އަދީބާ ބައްދަލުކުރަން އެދުމުން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އެކިއެކި ބަހަނާ ދައްކައި އަދީބާ މެދު ތަފާތުކޮށް އަމަލު ކުރަމުންދާ ކަަމެވެ.

ސިރާޖް ވިދާޅުވެފައިވަނީ، އަދީބަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދެވޭނީ ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ކަރެކްޝަންސްއިން އަންގާފައިވާ ކަމަށެވެ.

ސިރާޖު ވިދާޅުވެފައިވަނީ، ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުމަކީ ކްރިމިނަލް ކޯޓުން އެއްވެސް އިރެއްގައި ދީއުޅޭ ލިޔުމެއް ނޫން ކަމަށެވެ. ނަމަވެސް ކަރެކްޝަނުން އެގޮތަށް އެދުމުން އެ ލިޔުންތައް ހޯދުމަށް ކްރިމިނަލް ކޯޓަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ. އަދި އެލިޔުންތައް ލިބުމުން ކަރެކްޝަނަށް ހުށަހަޅާނެ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.

ސިރާޖުގެ އެވާހަކަތަކާއި ގުޅިގެން ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތާ ވަސީލަތްތައް ލިބެންޖެހޭނެ ކަމަށާއި އެހެންކަމުން ދައުލަތުން އެކަމަށް އިއުތިރާޒު ނުކުރާ ކަމަށެވެ.

މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ ދައުވާއަށް ޖަވާބުދާރީ ވުމަށާއި ދައުވާއިން ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބެންޖެހޭ ކަމަށާއި އަދި އަދީބަށް އިތުރު ފުރުސަތެއް ދިނުމަށް ދައުލަތުން ވެސް އިއުތިރާޒު ކުރާތީ އިތުރު 10 ދުވަހުގެ ފުރުސަތެއް ދެއްވާ ކަމަށެވެ.

މީގެއިތުރުން ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ މި ދައުވާތަކާއި ގުޅިގެން އަދީބަށް ގާނޫނީ ވަކީލުންނާ ބައްދަލު ކުރެވޭނެ ގޮތް ހެއްދެވުމަށް ކަމާބެހޭ ފަރާތްތަކަށް ކޯޓުން އަންގާނެ ކަމަށާއި ދެން ބޭއްވޭ އަޑުއެހުމުގެ ކުރިން އެންމެ މަދުވެގެން ވަކީލުންގެ ދެ ބައްދަލުވުން ބޭއްވޭނެ ގޮތް ހައްދަވާ ދެއްވޭނެ ގޮތް ހަމަޖައްސާ ދެއްވުމަށް ކަރެކްޝަނަލް ސާރވިސްއަށް އަންގަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ.

އަދީބުގެ މައްޗަށް އެ ދައުވާތައް ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި 58 ރަށުގެ ތެރެއިން 10 ރަށެއްގެ މައްސަލައިގައެވެ. އަދީބުގެ މައްޗަށް ދައުވާކޮށްފައި ވަނީ ކޮންމެ ރަށެއް ވަކިވަކިންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި

19 ފެބުރުއަރީ 2017
ބަޖެޓް ނެތިގެން ވިލިމާލެ އާއި ހުޅުމާލެ އަށް ޗިޓް ފޮނުވުން ސިވިލް ކޯޓުން ހުއްޓާލައިފި
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
30 ޖެނުއަރީ 2017

އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި

30 ޖެނުއަރީ 2017
އެސްބީޓީ އުމްރާ ގުރޫޕްގެ ވެރިޔާ ބާގިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން އަމުރުކޮށްފި
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް