Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ދިފާއީ ވަކީލަކު ނެތަސް މަހްލޫފުގެ ގާނޫނީ ރައްދުތައް ދައުލަތަށް

3 ޖޫން 2018 | އާދީއްތަ 14:28

އޭނާގެ މައްޗަށް ދައުވާ ކުރަނީ ޓުވީޓަކާ ގުޅިގެން

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 3 ޖޫން 2018 | އާދީއްތަ 14:28
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު

ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ދިފާއީ ވަކީލަކު ނެތި އޭނާ ދައުލަތަށް ގާނޫނީ ރައްދުތަކެއް ދެއްވައިފި އެވެ.

މަހްލޫފުގެ މައްޗަށް ކޮށްފައިވާ މި ދައުވާއާ ގުޅިގެން އޭނާ ދިފާއީ ވަކީލެއްގެ ގޮތުން އައްޔަން ކުރެއްވި ނާޒިމް އަބްދުއްސައްތާރު އެ މައްސަލައިގައި ކޯޓަށް ވަޑައިނުގެންނެވޭނެ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ. އެއަށްފަހު މަހްލޫފު މި މައްސަލައިގައި ކޯޓަށް ވަޑައިގަންނަވަނީ ދިފާއީ ވަކީލަކު ނެތި އެވެ.

Advertisement - newsAdvertisement

މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުރެއްވި ޓުވީޓަކާ ގުޅިގެން މަހްލޫފުގެ މައްޗަށް ކޮށްފައިވާ މި ދައުވާގެ އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި މަހްލޫފު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހުރި ގާނޫނީ މައްސަލަތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން މިއަޑުއެހުމުގައި މަހްލޫފުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަރެކްޝަނަލް ސަރވިސްގެ ސިޓީއަކާ ގުޅޭ ގޮތުން މަހްލޫފު ވިދާޅުވީ އެ ސިޓީގައި އޭނާ އެއްވެސް މައުލޫމާތެއް އެ މުއައްސަސާއަށް ނުދޭ ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ކަރެކްޝަނަލް ސަރވިސްއަކީ ގާނޫނު ތަންފީޒުކުރާ މުއައްސަސާއެއް ކަމަށް ދައުލަތުން މާނަ ކުރާ ގޮތަށް ބެލި ނަމަވެސް މަހްލޫފުގެ ޓުވީޓްގައި ހުރި މައުލޫމާތުތައް އެ މުއައްސަސާއަށް ވެސް އަދި އެ މުއައްސަސާގެ އިސް މީހަކަށް ދީފައިނުވާކަން އެ ސިޓީއިން އެނގޭއިރު އެތަނަށް މައުލޫމާތު ދިން ކަމަށް ބަލައި އެ ދައުވާ ނުކުރެވޭނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. ކަރެކްޝަނުން ފުލުހުނަށް ފޮނުވާފައިވާ އެ ސިޓީއަކީ މަހްލޫފު ކޮށްފައިވާ ޓުވީޓްއާއި ގުޅިގެން ދެކޭ ގޮތް ބެލުމަށް ފޮނުވި ސިޓީއެއްގެ ޖަވާބެކެވެ.

ހަމައެހެންމެ ހިނގާފައިނުވާ ކަމެއް ހިނގި ކަމުގެ މައުލޫމާތު މަހްލޫފު ދިން ގާނޫނޫ ތަންފީޒުކުރާ އިދާރާއަކީ ކަރެކްޝަނަލް ސަރވިސް ކަމަށް ދައުލަތުން ބުނުމުން މަހްލޫފު ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ 18 ވަނަ މާއްދާގައި ގާނޫނު ތަންފީޒުކުރާ އިދާރާތައް ކަމަށް ބުނެފައިވަނީ ފުލުހުން ނުވަތަ ޖިނާއީ ކުށްކުށް ތަހްގީގު ކުރުމުގެ ބާރު ގާނޫނު އަސާސީ އާއި ގާނޫނުން ލިބިފައިވާ ފަރާތްތައް ކަމަށް ބުނެފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި އެހެން އޮތަސް ކަރެކްޝަންސްއަކީ ޖަލު ހުކުމް ތަންފީޒް ކުރާ މީހުންގެ ހުރިހާ ކަންކަން ހަމަޖައްސައިދޭ ފަރާތްކަމަށްވާއިރު އެއީ ވެސް ގާނޫނު ތަންފީޒު ކުރާ މުއައްސާއެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.

މަހްލޫފު ކުރެއްވި ޓުވީޓަކީ ގާނޫނު ތަންފީޒު ކުރާ މުއައްސަސާއަކަށް މައުލޫމާތު ދިން ކަމަށް ބެލެވޭނެ ހަމައެއް ކަމަށް ދައުލަތުން ބުނުމުން އެ ވާހަކަތަކަށް ރައްދު ދެއްވައި މަހުލޫފް ބުނީ އެއީ އޭނާ ދިން މައުލޫމާތެއް ނޫން ކަމަށާއި އެއީ އޭނާ ކަމާމެދު ދެކޭ ގޮތް ހާމަކުރުން ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް މައުލޫމާތު ދެވޭނެ ގޮތް ފުލުހުންގެ އާންމު ގަވާއިދުގައި ބަޔާން ކޮށްފައިވާއިރު ޓުވީޓު ކުރުމަކީ ފުލުހުންނަށް މައުލޫމާތު ދެވޭނެ ގޮތެއް ކަމަށް ވެސް އެ ގަވައިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެ ވާހަކަތައް އެގޮތަށް ވިދާޅުވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މާނަކުރުމުގެ ގާނޫނުގައި ދިނުމަކީ އެއްޗެއް ރައްދުވުން ނުވަތަ ފޯރު ކޮށްދިނުން ކަމަށްވާއިރު ޓުވީޓަކީ ވެސް މައުލޫމާތު ދެވޭނެ ވަސީލަތެއް ކަމަށެވެ.

ޖަލުތަކުގައި ބޭސްފަރުވާ ނުދީ މީހުން މަރުވަމުންދާ ވާހަކަ ބުނެ މި ދައުވާ ސާބިތުވާ ކަމަށް ނިންމައި ހުކުމެއް ކޮށްފި ނަމަ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އެޗްއާރުސީއެމް އިން ބައެއްގެ މައްޗަށް ދައުވާ ކުރަން ފަހުން ނިންމައިފިނަމަ އެކަން އިޔާދަވާނެތޯ މަހްލޫފު ސުވާލު އުފެއްދެވި އެވެ. އެހެން ވިދާޅުވީ އެޗްއާރުސީއެމް އިން އެ މައްސަލަ ތަހްގީގުކޮށް ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން ޖެހޭތޯ ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން ހުށަހެޅުމެވެ. އަދި އެއަށް ފަހު އޮންނާނީ މި މައްސަލައިގައި ހުކުމް ކުރުމެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް