Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަލާމަތީ މަޖިލިސް

ސަލާމަތީ މަޖިލީހުގައި އެމެރިކާ ލަދުގަަންނުވާލައިފި

3 ޖޫން 2018 | އާދީއްތަ 03:35

ފަލަސްތީނު ރައްޔިތުންގެ ދިފާޢުގައި ކުވައިތުން ހުށަހެޅި ޤަރާރު ބޭރުކޮށްލީ އެމެރިކާއިން ވީޓޯކޮށްގެން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 3 ޖޫން 2018 | އާދީއްތަ 03:35
އެމެރިކާގެ ޤަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވުމަށް ނިކީ ހޭލީ ތައްޔާރުވެވަޑައިގަންނަވަނީ

އެމެރިކާގެ ޤަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅުއްވުމަށް ނިކީ ހޭލީ ތައްޔާރުވެވަޑައިގަންނަވަނީ

ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންގެ ޙިމާޔަތުގައި ކުވައިތުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ވީޓޯކުރުމަށްފަހު އެމެރިކާއިން އަމިއްލައަށް ހުށަހެޅި ޤަރާރަށް ވޯޓު ދޭނެ ޤައުމެއް ނުވިއެވެ.

ސަލާމަތީ މަޖިލީހަށް ކުވައިތުން ހުށަހެޅި ގަރާރަށް ވޯޓު ދީފައިވަނީ 15 މެމްބަރު ޤައުމު ހިމެނޭ ސަލާމަތީ މަޖިލީހުގެ 10 ޤައުމުންނެވެ. އޭގެ ތެރޭގައި ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުންގެ ތެރެއިން ރަޝިޔާ އަދި ފަރަންސޭސި ވިލާތް ހިމެނެއެވެ. އިނގިރޭސި ވިލާތް، ޕޮލެންޑް، ނެދަލެންޑްސް އަދި އިތިއޯޕިއާއިން މިވޯޓުގައި ބައިވެރިވެފައި ނުވާއިރު، ކުވައިތުގެ ގަރާރާއި ދެކޮޅަށް ވޯޓުދީ، ވީޓޯކުރީ ހަމައެކަނި އެމެރިކާއިންނެވެ.

ކުވައިތުން ސަލާމަތީ މަޖިލީހުގެ ވޯޓާއި ހިސާބަށް ގަރާރު ފޮނުވީ އެމެރިކާއިން ހިތްހަމަނުޖެހިގެން ތިން ފަހަރަށް އިސްލާހުކުރުމަށްފަހުއެވެ. އެންމެ ފުރަތަމަ ހުށަހެޅި ގަރާރުގައި ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަޤްވާމީ މުޖްތަމައުން ހިމާޔަތް ދިނުމަށް ހުށަހަޅާފައިވެއެވެ. އެހެން ނަމަވެސް އެންމެފަހުން ހުށަހަޅައި، ވޯޓަށް އެހި ގަރާރުގައިވަނީ ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭތޯ ކަށަވަރުކުރުމަށް ކުރެވެން ހުރި ކަމެއް ކުރުމަށެވެ. ކުވައިތުގެ ގަރާރަށް ބައެއް ގައުމުތަކުން ވޯޓު ނުދީ ވޯޓުގައި ބައިވެރިނުވީ އެގަރާރުގައި ހަމާސްގެ އަމަލުތައް ކުށްވެރިކޮށް އެކަށީގެންވާ ޕޮއިންޓެއް ބަޔާންކޮށްފައި ނެތަތީކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއަށް ޤަބޫލުކުރަން ފަސޭހަ ގޮތަކަށް ގަރާރު ހުށަހެޅުމުންވެސް އެމެރިކާއިން ގަރާރު ވީޓޯކުރުމާއި ގުޅިގެން ގަރާރު ޖެހުނީ ބޭރުކުރާށެވެ. ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރު ގައުމުތަކަކީ ވީޓޯކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކެކެވެ.

ސަލަމަތީ މަޖިލީހުގައި އެމެރިކާގެ ސަފީރު ނިކީ ހޭލީ ވިދާޅުވީ އެގަރާރަކީ ވަކި ފަރާތަކަށް ޖެހިފައިވާ ގަރާރެއްކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާގެ ޒިންމާ ނަގަން ޖެހޭނީ ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާޢަތުންކަމަށެވެ.

ކުވައިތުން ހުށަހެޅި ޤަރާރު ވީޓޯކުރުމަށްފަހު ޙަމާސް ކުށްވެރިކޮށް އެމެރިކާއިން ސަލާމަތީ މަޖިލީހަށް އަނެއްކާވެސް ޤަރާރެއް ހުށަހެޅިއެވެ. އެހެން ނަމަވެސް ސަލާމަތީ މަޖިލީހުގެ 11 މެމްބަރު ޤައުމަކުން މިވޯޓުގައި ބައިވެރި ނުވިއިރު، ތިން ގައުމަކުން ވޯޓާއި ދެކޮޅަށް ވޯޓު ދިނެވެ. ޤަރާރާއި އެއްކޮޅަށް ދިނީ އެމެރިކާއިން އަމިއްލައަށެވެ. މިޤަރާރުގައި އެމެރިކާއިން ގޮވާލާފައިވަނީ ގައްޒާގައި ހަމާސްއިން ހިންގާ ހުރިހާ ހަރަކާތެއް ހުއްޓާލުމަށެވެ.

ސަލާމަތީ މަޖިލީހުގައި ފަލަސްތީނާއި ގުޅޭ ގަރާރުތައް ހުށަހެޅެމުންދަނީ ހިފާފައިވާ ބިންތަކުގައި އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ އާއްމުންނާއި ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާތީއެވެ. ހަފްތާތަކެއް ވެފައިވާ މިހަމަނުޖެހުންތަކުގައި ފަލަސްތީނުގެ ޒުވާނުން ދަނީ އިސްރާއީލުގެ ސަރަހައްދީ އިމުގެ ކައިރިއަށް އެއްވެ، އޮށްގަލުން އިސްރާއީލް ސިފައިންނަށް ހަމަލާދެމުންނެވެ. ރައްދުގައި ޔަހޫދީ ސިފައިން ދަނީ ލައިވް ވަޒަން ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުންގެ ގަޔަށް ބަޑި ޖަހަމުންނެވެ. މި ހަމަލާތަކުގައި ވޭތުވެދިޔަ ހަފްތާތަކުގައި ފަަލަސްތީނުގެ 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޒަޚަމްވާ މީހުންނަށް ފަރުވާދެމުން ދިޔަ ސިއްހީ އޮފިޝަލުން ހިމެނެއެވެ.

ސަލަމާތީ މަޖިލީހުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން މިމައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ނެތްކަން ހާމަވާކަމަށް މުހައްލިލުން ފާހަގަކުރެއެވެ. އެމެރިކާއިން ގަދަބަސް ބުނެ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް އިސްރާއިލަށް ވާގިވެރިވަމުންދާއިރު، ބައިނަލްއަޤްވާމީ މުޖްތަމައަށް ކުރެވޭ މާބޮޑު ކަމެއް ނެތެވެ. އެހެން ނަމަވެސް ހަފްތާ ބަންދުގައި ސަލާމަތީ މަޖިލީހަށް އެމެރިކާއިން ހުށަހެޅި ގަރާރަށް އެމެރިކާގެ އަމިއްލަ ވޯޓު ފިޔަވައި އެހެން ވޯޓެއް ނުލިބުމުން މިއީ ޑިޕްލޮމެޓިކް ގޮތުން އެމެރިކާއަށް ކުރިމަތިވި ލަދެއްކަމަށް ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ. ޚާއްސަކޮށް ފަހުގެ ތާރީޚެއްގައި ސަލާމަތީ މަޖިލީހަށް ހުށަހެޅުނު ޤަރާރަކަށް އެންމެ ވޯޓެއް ލިބުނު ގަރާރެއް ނޫނީ ނެތެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި ކުވައިތުން ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯކުރުމާއި ގުޅިގެން އެޤައުމަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް