Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް - މިޔަންމާ

ތާރީޚު ކިޔަވައިދިނުމާ ގުޅޭ ގޮތުން އިސްރާއީލާއި މިޔަންމާ އިން އެއްބަސްވުމެއް ޤާއިމުކޮށްފި

2 ޖޫން 2018 | ހޮނިހިރު 06:18

އެއްބަސްވުމުގެ ދަށުން ޓެކްސްޓް ފޮތްތަކަށް ބަދަލު ގެނައުމުގެ ފުރުޞަތު ދެ ޤައުމަށް ވެސް ލިބޭނެ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 2 ޖޫން 2018 | ހޮނިހިރު 06:18
މިޔަންމާގެ ސްކޫލެއްގައި ކިޔަވައިދެނީ

މިޔަންމާގެ ސްކޫލެއްގައި ކިޔަވައިދެނީ

ދަރިވަރުންނަށް ތާރީޚު ކިޔަވައިދިނުމާ ގުޅޭ ގޮތުން އިސްރާއީލާއި މިޔަންމާ އިން އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން މިޔަންމާގެ ދަރިވަރުންނަށް އިސްރާއީލުގެ ތާރީޚު ކިޔަވައިދޭނީ، އިސްރާއީލުން ބޭނުންވާ ގޮތަށް، އެ ޤައުމުން ފޯރުކޮށްދޭ ކަރިކިއުލަމަކަށެވެ. އަދި ހަމަ މިއާ އެކު މި އެއްބަސްވުމުގެ ދަށުން އިސްރާއީލުގައި މިޔަންމާގެ ތާރީޚު ކިޔަވައިދޭނީ މިޔަންމާ އިން ބޭނުންވާ ގޮތަށް، އެ ޤައުމުން ފޯރުކޮށްދޭ ކަރިކިއުލަމަކަށެވެ.

އިސްރާއީލާއި މިޔަންމާ އިން މިފަދަ އެއްބަސްވުމެއް ވީއިރު، މި ދެ ޤައުމަކީ ވެސް މިހާރާއި މާޒީގައި ވެސް މުސްލިމުންނާ މެދު އަމަލުކުރަމުންދާ ގޮތުން ފާޑުކިޔުން އަމާޒުވެފައިވާ ދެ ޤައުމެވެ.

އެގޮތުން އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ފޭރި، އެ ބިންތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ދަނީ ދިގުދެމިގެންދާ ޤަތުލުއާންމެއް ހިންގަމުންނެވެ. ފަލަސްޠީނުގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި މި އަހަރުގެ މާޗް މަހުގެ 30 އިން މޭ މަހުގެ ނިޔަލަށް އިސްރާއީލުގެ ސިފައިން ވަނީ ފަލަސްޠީނުގެ އާންމުންގެ 110 މީހުން ޝަހީދުކޮށްލާފައެވެ.

މިޔަންމާ އިން ވެސް މުސްލިމުންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅޭއިރު، އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ޤައުމުގައި ދަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ހިންގަމުންނެވެ. ނިމިގެން ދިޔަ އަހަރު މިޔަންމާގެ މަސްރަހު އިތުރަށް ގޯސްވެ، މުސްލިމުންނަށް ދެމުންދިޔަ ހަމަލާތައް އިތުރުވުމާ ގުޅިގެން ހަތް ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެ ޤައުމު ދޫކޮށް، ރެފިއުޖީންގެ ގޮތުގައި އެކި ޤައުމުތަކަށް ދަތުރުކޮށްފައެވެ.

އިސްރާއީލާއި މިޔަންމާއާ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން، އެއް ޤައުމަށް، އަނެއް ޤައުމުގެ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންކުރާ ޓެކްސްޓް ފޮތްތަކުގައި ހުންނަ މައުލޫމާތު ބަލައި، އެ މަޢުލޫމާތަށް އުނިއިތުރު ގެނައުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

އިސްރާއީލުން މީގެ ކުރިން ވެސް އެކި ޤައުމުތަކާ އެކު މިފަދަ އެއްބަސްވުންތައް ހަދާފައިވާއިރު، އެ އެއްބަސްވުންތައް އިސްރާއީލުން ބޮޑަށް ބޭނުންކޮށްފައި ވަނީ ހޮލޮކޯސްޓް އަދި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ކޮންޓްރޯލް ކުރުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

29 މެއި 2017

އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ

29 މެއި 2017
 އަބޭދީއާ ގުޅޭ ގޮތުން ލިބުނު އިންޒާރުތަކާ މެދު އެމްއައި5 އިން އަމަލު ކުރި ގޮތް މުރާޖައާ ކުރަނީ
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
21 މެއި 2017

ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން

21 މެއި 2017
ޓްރަމްޕްގެ ސައުދީ ދަތުރުފުޅާ ގުޅޭ އާދަޔާ ޚިލާފު ކަންކަން
30 އެޕްރީލު 2017

އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ

30 އެޕްރީލު 2017
އެމެރިކާގެ އަސްކަރީ ފައުޖުތަކެއް ތުރުކީއާ ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެއްޖެ
09 އެޕްރީލު 2017

އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް

09 އެޕްރީލު 2017
އެމެރިކާގެ މަނަވަރުތައް ދެކޮރެއާ ގުޅޭ ސަރަހައްދަށް
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
21 މާރިޗު 2017

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި

21 މާރިޗު 2017
ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ބޯޑަރު ހުޅުވާލައިފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް