Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑރ. މަޖީދު

އެއްބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހުއްޓާލީ ޑރ. މަޖީދުގެ އެދިލެއްވުމަށް: އަސްލަމް

ޑރ. މަޖީދު އެދިވަޑައިގެންނެވި ގޮތަކަށް އެ ކަން ނިމިގެންދިޔައީ އޭރުގެ ކެބިނެޓް މެމްބަރުން އެބޭފުޅާއަށް ކުރައްވާ އިހްތިރާމެއްގެ ބޮޑުކަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 ޖޫން 2018 | ހޮނިހިރު 03:46
ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހަދާނުގައި ބޭއްވި ތައުބީނު ޖަލްސާގައި ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ

ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ހަދާނުގައި ބޭއްވި ތައުބީނު ޖަލްސާގައި ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވާހަކަ ދައްކަވަނީ

އަލްމަރްޙޫމް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ އެދިލެއްވުމަށް އެމްޑީޕީން ވެރިކަން ކުރި ދުވަސްވަރު އެއްބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ހުއްޓާލި ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ ހަނދާނުގައި ހުކުރު ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އޭރު ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ބޮޑު އަތޮޅެއްގައި މަޝްރޫއެއް ހިންގުމަށް ހުށަހެޅި ކަމަށާއި އޭރު އެމްޑީޕީ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި އެންމެން ވެސް އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވި ކަމަށެވެ. ވަރަށް ދިގުކޮށް ކެބިނެޓުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ނަމަވެސް ހަމައެކަނި ޑރ. މަޖީދުގެ އެދިލެއްވުމުގެ މަތިން އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ސަރުކާރުން ނިންމި ކަމަށެވެ.

Advertisement - newsAdvertisement
"ކެބިނެޓުގައި ޑރ. މަޖީދު ވިދާޅުވީ ތިމަންނަ ތި މަޝްރޫއުތަކުގެ ތަފްސީލް ބަލައިފީމޭ. ސާފުކޮށް ފެންނަ ނެތް ކަމުގައިވިއަސް ތީގެން ތިމަންނައަށް ދޭހަވާ އެއްޗަކީ ތި މަޝްރޫއުގެ ތެރެއިން ދިވެހިރާއްޖެއަށް އަންނަ އިންވެސްޓުމަންޓުގައި ހިމެނޭ އެންމެ މައިގަނޑު އެއްކަމަކީ ކެސީނޯ ހިންގުމުގެ ވިޔަފާރީއެއް ރާއްޖޭގައި ފެށުމޭ. އެފަދަ ކަމެއް ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ހިންގާކަށް ތިމަންނައަކަށް ނުފެނެޔޭ. މުޅި ކެބިނެޓް ޝައުޤުވެރިވެފައި އޮތް ކަމަކަށް ސާފުކޮށް ކެރިވަޑައިގެން ވިދާޅުވެދެއްވި އެ ކަން ކުރިއަށް ނުގެންދަވާން،" އަސްލަމް ވިދާޅުވިއެވެ.

ޑރ. މަޖީދު އެދިވަޑައިގެންނެވި ގޮތަށް އެ ކަން ނިމިގެންދިޔައީ އޭރުގެ ކެބިނެޓް މެމްބަރުން އެބޭފުޅާއަށް ކުރައްވާ އިހްތިރާމެއްގެ ބޮޑުކަމުން ކަމަށް އަސްލަމް ވިދާޅުވިއެވެ.

ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ޑރ. މަޖީދަކީ ހުލްގު ހެޔޮ ބޭފުޅެއް ކަމަށާއި އަބަދުވެސް އަދުލު އިންސާފު ޤާއިމުކުރެވޭ ޤައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

ޑރ. މަޖީދު ދެއްކެވި މަގުން ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ ޑރ. މަޖީދު ދެއްކެވި މަގުން ކަންތައްތައް ކުރިއަށް ގެންދަން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މި ތިބީ އެ ގޮތުގައި ކުރިއަށްދާން. އަޅުގަނޑުމެން މަޖީދުގެ ޒިކުރާ އާކުރާނީ އޭބޭފުޅާ އަޅުގަނޑުމެންނަށް ދެއްކެވި މަގުގައި ކުރިއަށް ދިއުމަށް އަޅުގަނޑުމެން އެ ގޮތަށް އަޒުމް ކަނޑައަޅައިގެން،" އަސްލަމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު