ދާދީ އަވަހަށް ހަގީގީ ގައިދީން ފެންނާނެ: ޤާސިމް
30 މެއި 2018 | ބުދަ 06:01އަނިޔާގެ ވާހަކަތައް ދެއްކިޔަނުދީ އޮބަހެއްޓޭނެ ދުވަސް ނިމެން ކައިރިވެއްޖެ


ޤާސިމް އިބްރާހިމް...
ދާދި އަވަހަށް ހަގީގީ ގައިދީން ފެންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޤާސިމް މިހެން ވިދާޅުވީ ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަރވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓް ނުކުރުމަށް ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިންގ ކޮމިޝަނުން އިންޒާރު ދިނުމާއި ގުޅިގެންނެވެ.
ޤާސިމް ވިދާޅުވީ ޤާނޫނު އަސާސީ އާއި ގާނޫނާއި ހިލާފަށް، އަދި އިޖުރާއަތްތަކާއި ވެސް ހިލާފަށް، ނުފޫޒު ފޯރުވައި ބާރުގެ ބިރުދައްކައިގެން ހުކުމް ކުރުވައި، ބޮޑެތި އަނިޔާތައް ކުރުވާތީ އެވާހަކަތައް ދެއްކިޔަނުދީ އޮބަހެއްޓޭނެ ދުވަސް ނިމެން ވަރަށް ކައިރިވެފައިވާ ކަމަށެވެ.
ގައިދީންނަކީ ކޮބައިތޯ ސުވާލު ކުރައްވަމުން ގާސިމް ވިދާޅުވީ ދާދި އަވަހަށް ހަގީގީ ގައިދީން ފެންނާނެ ކަމަށެވެ.
ހޯމް މިނިސްޓްރީ އާއި، ބްރޯޑްކާސްޓިން ކޮމިޝަނުން މިފަދަ އިންޒާރެއްދީފައި މިވަނީ އިދިކޮޅު ކެންޑިޑޭޓުން ރިޔާސީ އިންތިޚާބަށް ވަރަށް ގަދަ އަށް ކެންޕޭން ކުރަމުންދާ ދަނޑިވަޅެއްގައި އެވެ. އަދި މިފަދަ އަމުރެއް އެނެރުނީ އިދިކޮޅު ފަރާތްތަކުން ކެންޕޭން ހުއްޓުވުމަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.






