Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސްގެ ކެމްޕެއިން

އިއްތިހާދަކުން ވެރިކަން ކުރެވޭނެ ގޮތަށް ޤާނޫނު އަސާސީ ބަދަލު ކުރަން ޖެހޭ: ރައީސް ނަޝީދު

30 މެއި 2018 | ބުދަ 05:50

އެއްވެސް އިންތިޚާބެއްގައި އެއްބަޔަކަށް އަޣްލަބިއްޔަތެއް ލިބިފައެއް ނެތް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 30 މެއި 2018 | ބުދަ 05:50
ރައީސް ނަޝީދު: ވެރިކަމުގެ އުސޫލު ބަދަލުކުރަން ޖެހޭ

ރައީސް ނަޝީދު: ވެރިކަމުގެ އުސޫލު ބަދަލުކުރަން ޖެހޭ

ރާއްޖޭގެ ވެރިކަން އެއް ޕާޓީއަކަށް ލިބިފައި ނުވާ ކަމަށާއި އިއްތިހާދަކުން އުފެދުނު ވެރިކަންތައް ރޫޅިފައިވާއިރު އިއްތިހާދަކުން ވެރިކަން ކުރެވޭނޭ ގޮތަކަށް ރާއްޖޭގެ ޤާނޫނު އަސާސީ ބަދަލު ކުރަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ކެމްޕެއިން ނިންމަވާލައްވަމުން އަންގާރަ ދުވަހުގެރޭ ވީޑިއޯ މެދުވެރިކޮށް އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޢަމަލް ކުރަމުން މިދާ މުޒާހަރާގެ ޤާނޫން އަސާސީގެ ދަށުން ދިވެހިން 7 ފަހަރަށް ވޯޓުފޮށިދޮށަށް ހިނގައްޖެ ކަމަށާއި އެއިން އެއްވެސް އިންތިޚާބެއްގައި އެއްބަޔަކަށް އަޣްލަބިއްޔަތެއް ލިބިފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދުވިދާޅުވީ ދިވެހިން ބުނަނީ ގުޅިގެން ވެރިކަން ކުރުމަށް ކަމަށާއި އެގޮތަށް ގުޅިގެންއައި އިއްތިހާދުތައް ރޫޅި ވެރިކަންތައް ވެއްޓިފައިވާ ކަމަށެވެ. އެހެންކަމުން އިއްތިހާދަކުން ވެރިކަން ކުރެވޭނޭ ގޮތެއް ހޯދަން ޖެހިފައިވާ ކަމަށާއި ދިވެހިން އެކަން ކުރާނެ ގޮތް ދެނެގަންނަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭގޮތް ހެދީ ޤާސިމް އިބްރާހީމަށާއި ރައީސް މައުމޫނަށް ކުރިމަތި ނުލެވޭގޮތް ހެދުމަށް ކަމަށެވެ.

"އެއްކެނޑިޑޭޓް ނެރެ އިންތިޚާބު ކާމިޔާބުކޮށް ގުޅިފައިވާ ސަރުކާރެއް އުފައްދާއިރު އެސަރުކާރު ދެމިއޮންނާނޭ ގޮތެއް ޤާނޫން އަސާސީގައި ލިޔަން ޖެހޭ. އިއްތިހާދުވެގެން ވެރިކަން ކުރެވޭނޭ ގޮތެއް ހަދަން ޖެހޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ދިވެހިރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް ހުށަހަޅާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ބަދަލުވީމާ ސަރުކާރު ބަދަލުވާން ޖެހޭނެ ކަމަށެވެ. ރައްޔިތުންގެ އިތުބާރު ނެތުނީމާ ސަރުކާރެއް ދެމިއޮތުމަށް މަސައްކަތް ކުރާނަމަ ރައްޔިތުންނަށް ވެސް އަދި އެސަރުކާރެއްގެ ވެރިންނަށް ވެސް ލިބޭނީ ގެއްލުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް