Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ފޯނު ނުދިން ކަމަށް ބުނެ ކުރާ ދައުވާއިން ދިފާއުވުމަށް ދެ ފަނޑިޔާރުން ހެކި ހުށަޅައިފި

29 މެއި 2018 | އަންގާރަ 21:45

ދެ ފަނޑިޔާރުންވެސް ހެކީ ގޮތުގައި ހަސަން ސައީދު ހުށަހެޅުއްވި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 29 މެއި 2018 | އަންގާރަ 21:45
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު

ފުލުހުން އެދުމުން ފޯނު ނުދިން ކަމަށްބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ދައުވާއިން ދިފާއުވުމަށް ދެ ފަނޑިޔާރުން ހެކި ހުށަހަޅުއްވައިފި އެވެ.

އަދުލުއިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ އަންގާރަ ދުވަހުގެ ރެ އެވެ. މި އަޑުއެހުމުގައި ދައުލަތުން ވަނީ ދައުވާއަށް ތިން ބޭފުޅުން ވެސް އިންކާރު ކުރައްވާފައިވާތީ ދައުވާ ސާބިތުކުރުމަށް ހުށަހަޅުއްވާފައިވާ ހެކިތައް ހާމަ ކުރައްވާފަ އެވެ. ދިފާއުގައި ދެ ފަނޑިޔާރުން ހެކި ހުށަހެޅުއްވި ނަމަވެސް ރައީސް މައުމޫނުގެ ގާނޫނީ ވަކީލުން މި މައްސަލައިން ތަނާޒުލުވުމުން އެމަނިކުފާނަށް މި އަޑުއެހުމުގައި ހެކި ހުށަހެޅުމަށް އުޒުވެރިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ފަރާތްޕުޅުން ހެކީގެ ގޮތުގައި ހުށަހެޅުވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިންނާއި ސުޕްރީމް ކޯޓުގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ އެންމެ އިސް މުވައްޒަފަކަށް ހުންނެވި އާތިކާ އިބްރާހިމެވެ.

އަލީ ހަމީދުގެ ދިފާއުގައި ހުށަހެޅުއްވީ އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރގެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު ހެސެއިންވ އިތުރުން ހަޝްމާ ހަސަން ކިޔާ މީހެކެވެ.

މި ދައުވާއަށް ޖަވާބު ދެއްވަމުން އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ދިފާއީ ވަކީލުން ވިދާޅުވީ މިއީ އަސްލެއް ނެތް ހަމަ ނުޖެހޭ ދައުވާ އެއް ކަމަށެވެ. އެގޮތުން ފޯނަކީ އޭގެ ޒާތުގައި ހެއްކެތް ނޫން ކަމަށާއި އަދި އެ ފޯނުގައި ހެކި ކަމަށް ބެލެވޭ އެއްޗެއް ހުރިކަން ދައުލަތައް ވެސް ނޭނގޭ ކަމަށް މީގެ ކުރިން ބުނެފައިވާކަމަށް އަބްދުﷲ ސައީދުގެ ދިފާއީ ވަކީލު ހިސާން ހުސެއިން ވިދާޅުވި އެވެ. އަދި އެހެން ވިދާޅުވެފައި ނުވާނެ ކަމަށް ދައުލަތުން ވިދާޅުވި އެވެ. އަދި 22 އޭޕްރީލްގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ފާހަގަ ކޮށްފައި ވާނީ ފޯނަކީ އޭގެ ޒާތުގައި ހެއްކެތް ނޫން ކަމަށާއި އެހެން ނަމަވެސް ފޯނުގައި ހުރި މައުލޫމާތަކީ ހެކީގެ ގޮތުގައި ބޭނުން ކުރެވޭނެ މައުލޫމާތު ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އަދި އަލީ ހަމީދުގެ ވަކީލުން ވަނީ އެދުވަހުގެ އަޑުއެހުމުގެ ރެކޯޑިން އިއްވާ ދިނުމަށް އެދިވަޑައިގެންފަ އެވެ. ސަބަބަކީ ދައުލަތުން އެހެން ބުނެފައިވާނަމަ ދިފާއު ބިނާ ކުރަން ބޭނުން ވަނީ ދައުލަތުން ވެސް ގަބޫލުކުރާ އެ ވާހަކަތަކުގެ މައްޗަށް ކަމަށް ވަތީ ކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ. ނަމަވެސް މި އަޑުއެހުމުގައި އެ ރެކޯޑިން އަޑު އިއްވުމުގެ ފުރުސަތު ނުދީ ހެކި ހުށަހަޅަން އެންގެވި އެވެ.

ފަނޑިޔާރު އަލީ ހަމީދާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވަނީ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ދަންވަރު 3.29 ހާއިރު، މި ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުގެ ތެރެއިން ހައްޔަރުކޮށް ފޯނުދޭން އެދުމުން ވެސް ފޯނުދީފައިނުވާތީ އާއި އަދި ސުޕްރީމް ކޯޓުގެ ހުރިހާ ތަނެއް ބަލާ ފާސްކުރިއިރުވެސް ފޯނު ފެނިފައިނުވާތީ ކަމަށްބުނެ އެވެ. އަދި މި ދެ ފަނޑިޔާރުން ހައްޔަރުކުރީ އެ ބޭފުޅުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް އިތުރު ބަޔަކާ ގުޅިގެން މަސައްކަތްކޮށް ޝަރީއަތުގެ ހުކުމްތައް އެކި މީސްމީހުން ބޭނުންވާ ގޮތަށް ކުރުމަށްޓަކައި އެ މީސްމީހުންގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒުފޯރުވައި ގާނޫނު ހިންގުމަށާއި ދައުލަތުގެ އެހެން މަސައްކަތްތައް ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް ތުހްމަތު ކުރެވުނު މައްސަލައިގައި ކަމަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް