Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމްއެޗް 370

ހަތަރު އަހަރަށް ފަހު އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

29 މެއި 2018 | އަންގާރަ 17:48

ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ހޯދާފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 29 މެއި 2018 | އަންގާރަ 17:48
މެލޭޝިއާގެ މަތިންދާބޯޓެއް ރަންވޭއިން ނައްޓާލާ، ވައިގެ ތެރެއަށް އަރައިގެން ދަނީ

މެލޭޝިއާގެ މަތިންދާބޯޓެއް ރަންވޭއިން ނައްޓާލާ، ވައިގެ ތެރެއަށް އަރައިގެން ދަނީ

ހަތަރު އަހަރު ދުވަހުގެ މަސައްކަތަށް ފަހު މެލޭޝިއާ އިން ފުރައިގެން ޗައިނާގެ ބޭޖިންއަށް ދަނިކޮށް ގެއްލުނު އެމްއެޗް 370 މަތިންދާ ބޯޓް ހޯދުމުގެ މަސައްކަތް އެންމެ ފަހުން ކުރަމުން އައި، އަމިއްލަ ކުންފުނިން ރަސްމީކޮށް ނިންމާލައިފިއެވެ.

ޖެނުއަރީ މަހު މެލޭޝިއާ ސަރުކާރާ އެކު މަތިންދާބޯޓު ހޯދަން އެމެރިކާއަށް ނިސްބަތްވާ އަމިއްލަ ކުންފުނި، އޯޝަން އިންފިނިޓީން ސޮއިކުރީ ޖެނުވަރީ މަހުގައެވެ. އެ އެއްބަސްވުމުގައި ވާގޮތުން އެ ކުންފުންޏަށް ބޯޓް ފެނިއްޖެ ނަމަ 70 މިލިއަން ޑޮލަރާއި ހަމައަށް ފައިސާ ލިބިދޭއިރު ނުފެނިއްޖެ ނަމަ އެއްވެސް އެއްޗެއް ދޭކަށެއް ނުޖެހެއެވެ.

އޯޝަން އިންފިނިޓީން ވަނީ ބޯޓު ވެއްޓުނުކަމަށް ބެލެވޭ އިންޑިއާ ކަނޑުގެ ދެކުނުގެ ބޮޑު ސަރަހައްދެއް މިނީ ސަބްމެރީންތަކެއް ބޭނުން ކޮށްގެން ބަލައިފައެވެ. އެހެން ނަމަވެސް އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ވަނީ ހޯދޭ ގޮތް ނުވެފައެވެ. މެލޭޝިއާ ސަރުކާރުން ބުނީ ދެން އިތުރަކަށް ބޯއިންގ 777 ގެ އެ މަތިންދާ ބޯޓު ހޯދުމުގެ މަސައްކަތް ކުރުމުގެ ޚިޔާލެއް ނެތް ކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ވަނީ މެލޭޝިއާ އެކު މިދިޔަ އަހަރު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ރަސްމީކޮށް ހުއްޓާލާފައެވެ. ބޯޓު ހޯދުމުގެ މަސައްކަތަށް އޭރު ވަނީ 150 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުވެފައެވެ. އެހެންނަމަވެސް ޗައިނާ އާއި އޮޓްރޭލި އަދި މެލޭޝިއާ އިން ބުނީ ބޯޓު ވެއްޓުނު ސަރަހައްދާ ބެހޭ ގޮތުން ބުރަދަނެއް ހުރި އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ހޯދުމުގެ މަސައްކަތް އަލުން ފަށާނެ ކަމަށެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވީ ބޯޓު ގެއްލުމާ ބެހޭ ގޮތުން ފުރިހަމަ ރިޕޯޓެއް ޝާއިއު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރާނީ ކޮން ދުވަހަކުން ކަމެއް ނުއެއް ބުނެއެވެ.

މެލޭޝިއާ ސަރުކާރުން މި މަސައްކަތް ހުއްޓާލާނެ ކަމަށް ބުނެފައިވާއިރު، މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް ވަރަށް އަވަހަށް އިންތިޚާބު ވާނެ ކަމަށް ބެލެވޭ އަންވަރު އިބްރާހިމް ވިދާޅުވީ އެ ބޯޓް ގެއްލުމާ މެދު ހޯދަން ޖެހޭ އިތުރު ހޯދުންތަކެއް އަދި އެބަހުރި ކަމަށެވެ.

އެ މަތިންދާބޯޓު ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ. އެބޯޓުގައި 239 މީހުން ދަތުރުކުރިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
21 ފެބުރުއަރީ 2017

ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ

21 ފެބުރުއަރީ 2017
ސީރިޔާގައި ރަޝިޔާގެ ހަތަރު ސިފައިން މަރުވެ ދެ ސިފައިން ޒަޚަމްވެއްޖެ
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
17 ޖެނުއަރީ 2017

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް