Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އުތުރު ކޮރެއާ

މަޝްވަރާތަކުގެ ތައްޔާރީތަކަށް އުތުރު ކޮރެއާ، އެމެރިކާ އޮފިޝަލުން ސިންގަޕޫރަށް ވަޑައިގަންނަވަނީ

29 މެއި 2018 | އަންގާރަ 03:43

މަޝްވަރާތައް އޮންނާނެކަމާއިމެދު އަދިވެސް ސުވާލު އުފެދޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 29 މެއި 2018 | އަންގާރަ 03:43
ޓްރަމްޕް (ކ) އާއި ކިމް ޖޮން އުން (ވ) ގެ ބައްދަލުވުން އޮންނާނެކަމަށް ބެލެވެނީ ޖޫން 12ގައި

ޓްރަމްޕް (ކ) އާއި ކިމް ޖޮން އުން (ވ) ގެ ބައްދަލުވުން އޮންނާނެކަމަށް ބެލެވެނީ ޖޫން 12ގައި

ޖޫން 12 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންދާ އުތުރު ކޮރެއާ-އެމެރިކާ ސަމިޓުގެ ތައްޔާރީތަކަށް ދެ ޤައުމުގެ އިސް އޮފިޝަލުން ސިންގަޕޫރަށް މިސްރާބު ޖައްސަވައިފިއެވެ.

ދެކުނު ކޮރެއާގެ ރަސްމީ ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކުރާ ގޮތުގައި އުތުރު ކޮރެއާގެ އިސް އޮފިޝަލެއް މި މަޝްވަރާތަކުގެ ތައްޔާރީތަކަށް ސިންގަޕޫރަށް ވަޑައިގަތުމުގެ މަގުމަތީގައި ހޯމަ ދުވަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ވަނީ މަޑުކުރައްވާފައެވެ.

އެމެރިކާގެ މީޑިއާތައް ބުނާ ގޮތުން ސިންގަޕޫރު ސަމިޓްގެ ތައްޔާރީތަކަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ޖޯ ހޭގިން އިސްކޮށް ހުންނަވާ ޓީމެއް ސިންގަޕޫރަށް ދިޔުމަށް ވަނީ ފުރައިފައެވެ. ދެޤައުމުގެ މަންދޫބުން ސިންގަޕޫރަށް ދަތުރުކުރައްވަމުން ގެންދަވާއިރު އެމެރިކާއާއި އުތުރު ކޮރެއާގެ މަންދޫބުން ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ޕަންމުންޖޮމްގައި ހޯމަ ދުވަހު ވަނީ ބައްދަލުކޮށް، ސަމިޓާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބާއްވަވާ ބައްދަލުވުމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، މިބައްދަލުވުން ކެންސަލްކުރިކަން ޓްރަމްޕް ހުކުރު ދުވަހު އިއުލާން ވެސް ކުރެއްވި އެވެ. ބައްދަލުވުން ކެންސަލްވިކަން އިއުލާންކޮށް، ޓްރަމްޕް ކިމް އަށް ފޮނުއްވި ސިޓީވެސް ވައިޓް ހައުސްއިން އާއްމުކޮށްފައި ވަނިކޮށް ޖެހިގެން އައި ދުވަހު މި ބައްދަލުވުން އޮންނާނެކަމުގެ އިޝާރާތެއް އަނެއްކާވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

އުތުރު ކޮރެއާއާއި އެމެރިކާ އާއި ދެމެދު ބޭއްވުމަށް މަސައްކަތްކުރާ މަޝްވަރާތަކުގެ ކަންތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށް ދަނިކޮށް ކުއްލިއަކަށް ދެޤައުމުގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރުމުގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިންގެ އިސް ދައުރެއް އޮތެވެ. މޫން ވަނީ ހޮނިހިރު ދުވަހު ސަރަހައްދީ ރޮނގު ހުރަސްކުރައްވައި، އުތުރު ކޮރެއާއަށް ވަޑައިގެން، ޑީއެމްޒީގެ އުތުރު ފަޅީގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު މޫން ވިދާޅުވީ ސުލްހައިގެ ވާހަކަތަކަށް ދާން އުތުރު ކޮރެއާ ބޭނުންވާކަމަށާއި، ކޮރެއާ ޕެނިންސިއުލަރ އަކީ ނިއުކްލިއަރ ހަތިޔާރު ނެތް ސަރަހައްދަކަށް ހަދަން އުތުރު ކޮރެއާއިންވެސް ބޭނުންވާކަމަށެވެ.

މޫން (ކ) އާއި ކިމް (ވ) ވަނީ ކުއްލި ގޮތަކަށް ހޮނިހިރު ދުވަހު އުތުރު ކޮރެއާގައި މަޝްވަރާތައް ބާއްވަވާފައި

އަނެއް ކޮޅުން އެމެރިކާ-އުތުރު ކޮރެއާ މަޝްވަރާތަކުގައި ތިން ވަނަ ފަރާތެއްގެ ހައިސިއްޔަތުން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން ބައިވެރިވެވަޑައިގެންފާނެކަމުގެ އިޝާރާތްތަކެއްވެސް ދަނީ ލިބެމުންނެވެ. ދެކުނު ކޮރެއާގެ ރިޔާސީ ގަނޑުވަރު ބްލޫ ހައުސްގެ ތަރުޖަމާނަކާއި ހަވާލާދީ ޔޮންހެޕް ނިއުސް އެޖެންސީއިން ބުނީ މިވަގުތު އުތުރު ކޮރެއާއާއި އެމެރިކާގެ އޮފިޝަލުންގެ މެދުގައި ކުރިއަށްދާ މަޝްވަރާތަކުން ނިކުންނަ ނަތީޖާތަކަށް ބަލައި، ސިންގަޕޫރު ސަމިޓްގައި ބައިވެރިވާ ތިން ވަނަ ފަރާތެއްގެ ގޮތުން މޫން ސިންގަޕޫރަށް ވަޑައިގެންފާނެއެވެ. ތިން ފަރާތް ބައިވެރިވާ މަޝްވަރާތަކަށް ދިޔުމާއިމެދު މިދިޔަ އެޕްރީލް މަހުގެ 27 ވަނަ ދުވަހު ދެ ކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގެ ދެކުނު ފަޅީގައި ކިމް އާއި މޫން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ސިންގަޕޫރު ސަމިޓްގެ ކުރިން ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން އިސް ރޯލެއް އަދާކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ހަމަޖައްސަވާފައިވަނީ އެމެރިކާއިން ފިލިޕީންސްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސުންގް ކިމްއެވެ. ކޮރެއާ ނަސްލަށް ނިސްބަތްވާ ސުންގްއަކީ މީގެ ކުރިން އެމެރިކާއިން ދެކުނު ކޮރެއާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ގޮތުގައި ސޯލްގައި މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރު ޑިޕްލޮމެޓެކެވެ. އޭނާ ވަނީ މީގެ ކުރިން އުތުރު ކޮރެއާގެ މައްސަލައިގައި ބޭއްވި ހަ ފަރާތް ބައިވެރިވާ މަޝްވަރާތަކުގައިވެސް އެމެރިކާގެ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފައެވެ.

2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ކުރިއަށްދިޔަ ހަ ފަރާތް ބައިވެރިވާ މަޝްވަރާތަކުގައި އުތުރު ކޮރެއާގެ ފަރާތުން މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މަންދޫބު ޗޮއެ ސުން ހުއި މިފަހަރުގެ މަޝްވަރާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވައެވެ. އެކަމަނާ ގެންދަވަނީ ޕަންމުންޖޮމްގައި ކުރިއަށްދާ މަޝްވަރާތަކުގައި އިސް ރޯލެއް އަދާކުރައްވަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ

26 ޖެނުއަރީ 2017
އެމެރިކާ އިން އދ. އަށް ދޭ އެހީތައް ކުޑަކުރަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
23 ޖެނުއަރީ 2017

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
14 ޖެނުއަރީ 2017

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް