Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުންތަކާއި މަޝްވަރާތައް އަދިވެސް ފަހަރުގައި ބޭއްވުން އެކަށީގެންވޭ: ދެކުނު ކޮރެއާގެ ރައީސް

28 މެއި 2018 | ހޯމަ 17:14

ދެކޮރެއާގެ ވެރިން ދިހަ އަހަރަށް ފަހު ބޭއްވި ފުރަތަމަ، ތާރީޚީ ބައްދަލުވުން ވަނީ މިދިޔަ އޭޕްރީލްގައި ބާއްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 މެއި 2018 | ހޯމަ 17:14
ދެކޮރެއާގެ ވެރިން އޭޕްރީލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ދެކޮރެއާގެ ވެރިން އޭޕްރީލްގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުންތަކާއި މަޝްވަރާތައް އަދިވެސް ފަހަރުގައި ބޭއްވުން އެކަށީގެންވާ ކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުން މިއަންނަ ޖޫން މަހު ސިންގަޕޫރުގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ އެ ބައްދަލުވުން ކެންސަލްކުރައްވާފައެވެ. ރައީސް ޓްރަމްޕާއި އުތުރު ކޮރެއާގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، މިދިޔަ ހޮނިހިރު ދުވަހު ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ވަނީ އުތުުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ބައްދަލުވުމުގައި ދެގައުމުގެ ވެރިން ވެސް އެއްބަސްވެވަޑައިގަތީ އުތުުރު ކޮރެއާގެ ލީޑަރާއި އެމެރިކާ ރައީސްގެ ބައްދަލުވުމަކީ އޮންނަން ޖެހޭނެ މުހިންމު ބައްދަލުވުމެއް ކަމަށެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު ކުއްލި ބައްދަލުވުންތަކާއި މަޝްވަރާތައް އަދިވެސް ފަހަރުގައި ބޭއްވުން އެކަށީގެންވާ ކަމަށް ވިދާޅުވިއިރު، މިދިޔަ އޭޕްރީލް މަހު ފަހުކޮޅު އުތުރު ކޮރެއާގެ ލީޑަރާއި ދެކުނު ކޮރެއާގެ ވެރިއަކު ބޭއްވި ފުރަތަމަ ބައްދަލުވުން ވަނީ ބައްވަވާފައެވެ.

މޫން ޖެއި އިން އެމަނިކުފާނުުގެ އިސް ސެކްރެޓަރީންނަށް ހޯމަ ދުވަހު ވިދާޅުވި ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ އޭޕްރީލްގައި ދެކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު، ހާސިލުވި އެންމެ މުހިންމު އެއް ކަމަަކީ ދެގައުމުގެ ވެރިންނަށް ވެސް މާ އުނދަގޫ އުސޫލުތަކެއް ނެތި ނުރަސްމީ ބައްދަލުވުމެއް ބާއްވާ ފަދައިން ބައްދަލުވުމަކަށް އެޕޮއިންޓްމަންޓް ހަދައި، ކަންކަމާ މަޝްވަރާ ކުރެވޭނެ ގޮތްވެފައިވުން ކަަމަށެވެ. އަދި ރަސްމީ ބައްދަލުވުންތަކުގެ އިތުރަށް ދެގައުމުގެ ވެރިން ބައްދަލުވުންތައް ބާއްވާ ނަމަ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

ރައީސް މޫން ޖެއި އިން މިމޭރުމުން ވާހަކަފުޅު ދެއްކެވިއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް އެމެރިކާގެ އޮފިޝަލުންގެ ޓީމަކާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ޓީމެއް ވެސް ދަނީ މަޝްވަރާތައް ބާއްވަމުންނެވެ.

ޖޫން މަހު ބާއްވަން އޮތް އުުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކޮށް ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް އުތުރު ކޮރެއާގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ". ރައީސް ޓްރަމްޕްގެ ސިޓީފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވީ ކޮން ވާހަކަފުޅެއްކަން ހާމަނުކުރައްވައެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް