Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ މައްސަލަ

ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ދެގައުމުގެ އޮފިޝަލުން މަޝްވަރާ ކުރައްވަނީ

28 މެއި 2018 | ހޯމަ 14:04

އަންނަ ޖޫންގައި ބާއްވަން ހަމަޖެހުނު އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން އެމެރިކާގެ ރައީސް ވަނީ ކެންސަލް ކުރައްވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 28 މެއި 2018 | ހޯމަ 14:04
ރައީސް ޓްރަމްޕް (ކ) އާއި އުތުރު ކޮރެއާގެ ލީޑަރު

ރައީސް ޓްރަމްޕް (ކ) އާއި އުތުރު ކޮރެއާގެ ލީޑަރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް އެމެރިކާގެ އޮފިޝަލުންގެ ޓީމަކާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ޓީމެއް މަޝްވަރާތައް ބާއްވަވަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދެކޮރެއާ މެދުގައި އޮންނަ ޑީމިލިޓަރައިޒް ޒޯނެއް ކަމަށްވާ ޕަންމުންޔޮމްގައި ދެގައުމުގެ އޮފިޝަލުންގެ ޓީމްތައް ބައްދަލު ކުރަމުންދާ އިރު ރައީސް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރާ ދެމެދު މިއަންނަ ޖޫންގައި ބާއްވަން ތާވަލްކުރި ބައްދަލުވުން ރައީސް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު ކެންސަލް ކުރައްވާފައެވެ. އެ ބައްދަލުވުން ރައީސް ޓްރަމްޕް ކެންސަލް ކުރެއްވިއަސް، އޭގެ ފަހުން ދެ ގައުމުން ވެސް ދަނީ ބައްދަލުވުން ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް އެމެރިކާގެ އޮފިޝަލުންގެ ޓީމަކާއި އުތުރު ކޮރެއާގެ އޮފިޝަލުންގެ ޓީމެއް މަޝްވަރާތައް ބާއްވަވަމުންދާއިރު ރިޕޯޓުތައް ބުނާ ގޮތުން ދެގައުމުގެ އޮފިޝަލުންގެ ޓީމު މަޝްވަރާތައް ބާއްވަވަމުން ގެންދަވަނީ އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިން ބާއްވަން މަސަައްކަތް ކުރެވުމުންދާ ބައްދަލުވުމުގެ އެޖެންޑާ ކަނޑައެޅުމަަށެވެ.

ޖޫން މަހު ބާއްވަން އޮތް އުުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކޮށް ބުރާސްފަތި ދުވަހު އެމެރިކާގެ ރައީސް އުތުރު ކޮރެއާގެ ލީޑަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ". ރައީސް ޓްރަމްޕްގެ ސިޓީފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ވިދާޅުވީ ކޮން ވާހަކަފުޅެއް ކަން ހާމަނުކުރައްވައެވެ.

އުތުރު ކޮރެއާގެ ލީޑަރާއެކު ބާއްވަން ޝެޑިއުލް ކުރެވުނު ބައްދަލުވުން ކެންސަލް ކުރެއްވިކަން ހާމަކުރައްވައި އުތުރު ކޮރެއާގެ ލީޑަރަށް ރައީސް ޓްރަމްޕް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއާ ގާބިލުކަމުގެ ވާހަކަ ދައްކާ ކަމަށާއި އެހެން ނަމަވެސް އެމެެރިކާގެ ނިއުކްލިއާ ގާބިލުކަން ވަރަށް ބޮޑު ކަމަށާއި އަދި އެހާމެ ބާރުގަދަ ކަމަށާއި، އެހެންކަމުން އެމެރިކާގެ ނިއުކްލިއާ ގާބިލުކަން ބޭނުން ކުރަން ނުޖެހޭނެ ކަމަށް އެދޭ ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް