Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަނޑިޔާރު އަލީ ހަމީދު

ސުޕްރީމް ކޯޓުގެ ފޯނަކުން އަލީ ހަމީދު 2200ރ ޓްރާންސްފަރ ކުރި: ޕީޖީ

28 މެއި 2018 | ހޯމަ 13:03

މިއީ 2010ގައި ފެންމަތިވި މައްސަލައެއް، މީގެ ކުރިން ދައުވާ ވެސް ކުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 މެއި 2018 | ހޯމަ 13:03
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު

ސުޕްރީމް ކޯޓުގެ މޮބައިލް ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދެ ބޭފުޅުންނަށް 2،200ރ. ޓްރާންސްފާރ ކުރި ކަމަށް ބުނެ، ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އިއްވައިފިއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އެމައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލު ދައުވާ އިއްވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ މޮބައިލް ނަންބަރަކުން އޭނާގެ ދެ ބޭފުޅުންނަށް ޑިސެމްބަރު 2010 އިން ފެށިގެން އޭޕްރީލް 2011 ގެ ނިޔަލަށް 2،200ރ. ޓްރާންސްފާރ ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ދައުލަތުގެ ވަކީލު ދައުވާ އިއްވުމުން އެ ދައުވާ ސާފު ވެއްޖެތޯ އާއި ދައުވާއާ ގުޅިގެން ވިދާޅުވާނީ ކީކޭތޯ އެމައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލް އެއްސެވުން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ ދައުވާ ސާފު ވެއްޖެ ކަމަށާއި ނަމަވެސް އެ ދައުވާއާއިގެން ކުރިއަށްދާން ބޭނުން ވަނީ ގާނުނީ ވަކީލަކާ އެކުގައި ކަމަށެވެ.

މިއަޑުއެހުމުގައި އަލީ ހަމީދުގެ ބަލިހާލަތާ ގުޅިގެން އެމަނިކުފާނު ވާހަކަ ދައްކަވާފައި ވަނީ ވަރަށް މަޑުން ގޮނޑީގައި އިށީންދެ ވަޑައިގެންނެވެ.

ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް ކިތައް ދުވަސް ބޭނުންވޭތޯ ގާޒީ އެއްސެވުމުން އަލީ ހަމީދު ވިދާޅުވީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވާތީ 10 ދުވަސް ދެއްވައިފިއްޔާ ރަނގަޅު ކަމަށެވެ. ގާޒީ ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް އަލީ ހަމީދަށް 10 ދުވަސް ދެއްވާފައެވެ. އަދި ދެން ބާއްވާ އަޑުއެހުމަށް ވަޑައިގަންނަވާއިރު، ގާނޫނީ ވަކީލަކާ އެކު، އަދި ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެ ވަޑައިގެން ވަޑައިގެންނެވުމަށް ގާޒީ އެންގެވިއެވެ.

މި މައްސަލަ އަލީ ހަމީދުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދެވޭ އެންމެބޮޑު އަދަބު ކަމަށްވާ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިމައްސަލާގައި މީގެ ކުރިން ވެސް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. އަދި އެމައްސަލަ ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ފޮނުވި ހިސާބުން ދެން އަޑުއިވިގެން ދިޔައީ އެމައްސަލާގައި ހިމެނޭ ލިޔެކިޔުންތަކުގެ މައްޗަށް "ކޮފީ އެޅުނު" ވާހަކަތަކެކެވެ. އޭގެ ފަހުން އެ މައްސަލައަށް ވީނުވީއެއް ނޭނގި އަލުން ހަމަ މިމައްސަލާގައި ދައުލަތުން މިވަނީ މުޅިން އާ މައްސަލައެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައެވެ. މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މިމައްސަލަ އެކޯޓަށް ހުށަހަޅަފައިވާ ކަމަށް ލިޔެކިޔުންތަކުން ފެންނަނީ މިދިޔަ މާރޗު މަހުގެ 15 ވަނަ ދުވަހެވެ.

އަލީ ހަމީދުގެ މިމައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އަލީ ހަމީދާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން، ސަރުކާރު ވައްޓާލުން އުޅުނު ކަމަށް ބުނެ، އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

މީގެ އިތުރުން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވައިފައެވެ. އެ ދެ ބޭފުޅުންނަށް އިއްވި އެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ފަށައިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް