Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސް ކެމްޕެއިން

ރާއްޖޭގެ ރައީސަކީ ރައްޔިތުންނާ ހަމައަށް އާދެވޭ މީހަކަށް ވާންޖެހޭ: މެންބަރު ޝާހިދު

27 މެއި 2018 | އާދީއްތަ 20:27

މިގައުމަށް މިހާރު ބޭނުން ވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ، މުއައްސަސާތަކަށް އިހުތިރާމް ކުރާނެ ރައީސެއް

އަމްނާ އިމާދު
އަމްނާ އިމާދު | 27 މެއި 2018 | އާދީއްތަ 20:27
ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޝާހިދު...

ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޝާހިދު...

ދިވެހިރާއްޖޭގެ ރައީސަކީ ރައްޔިތުންނާއި ހަމައަށް އާދެވޭ މީހަކަށް ވާންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މިހާރުގެ މެންބަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އއ. އުކުޅަހުގައި އާދިއްތަ ދުވަހުގެ ރޭ ބޭއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝާހިދު ވިދާޅުވީ މިގައުމަށް މިހާރު ބޭނުން ވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ، މުއައްސަސާތަކަށް އިހުތިރާމް ކުރާނެ ރައީސެއް ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ރައްޔިތުން ގެންނަން ބޭނުންވަނީ ރައްޔިތުންނާއި ހަމައަށް އައިސް ރައްޔިތުން އަޑު އަހައި ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވާ މީހަކު ކަމަށެވެ. އަދި މިހާތަނަށް ރައްޔިތުންގެ އިހްސާސްތައް އެންމެ ގާތުން އަޑުއެހި ރައީސް އަކީ ޖަޒީރާ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

"ރާއްޖޭގެ ރަށްރަށަށް ނޭރޭ މީހަކު، އަރަން ބޭނުން ނުވާ މީހަކު، ރަށްރަށުގައި ތިބި މީހުންނާ ގުޅުމެއް ބާއްވަން ބޭނުން ނުވާ މީހަކު ކީއްކުރަންތޯ ރައީސްކަން އަޅުގަނޑުމެން ދޭންވީ. މީހުންގެ ގެދޮރަށް ޒިޔާރަތްކޮށް ވާހަކަދައްކާލާ ހާލުއަހުވާލު އޮޅުން ފިލުވާލާ އެއްސުފުރާމަތިން ކާލާ ރައީސެއް ބޭނުންވަނީ. ކިހިނެތްތޯ ތުއްތު ކުދިންގެ ހާލަތު، ކިހިނެތްތޯ ކިޔަވާ ކުދިންނާ ދޭތެރޭގައި ކަންތައްތައް ހިނގަމުންދަނީ، ކިހިނެތްތޯ ބަލިމަޑުކަމުގެ ހާލަތު ރަށު ތެރޭގައި އޮތް މިންވަރު އޮޅުން ފިލުވާނީ. މިކަންކަމެއް ނުކުރެވޭނެ ރައްޔިތުންގެ ކާރިއަށް ނުގޮސް" މެންބަރު ޝާހިދު ވިދާޅުވި އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވީ ވަށައިގެން ބަރު ހަތިޔާރާއެކު ރަށުތެރޭގައި ދަތުރުކުރާ މީހަކަށް ރައްޔިތުންގެ ހާލު ނޭނގޭނެ ކަމަށާއި، އެވަރުގެ މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ. ޝާހިދު ވިދާޅުވީ މިވޭތުވެދިޔަ މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވަނީ އަނިޔާވެރިކަމާ ހިތްދަތިކަން ކަމަށެވެ.

އެހެންކަމުން މިއަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ޖަޒީރާ ރައީސްގެ އަތްމައްޗައް މިގައުމުގެ ހުންގާނު ހަވާލުކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ. އޭނަ ވިދާޅުވީ ރައީސް ނަޝީދަކީ އަޒުމް ވަރުގަދަ، ހިތްވަރުގަދަ، ހިތްތިރި ކަމާއެކު ބަދަލުހިފުމުގެ ރޫހު އެއްވެސް ގޮތަކަށް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށެވެ.

އުކުޅަހުގައި އޮތް ކެމްޕޭން ޖަލްސާގައި ޝާހިދު ބައިވެރިވެ ވަޑައިގަތީ، އެމަނިކުފާނު ރައީސް ނަޝީދުގެ ކެމްޕޭނާ ފެޔަށް ޖެހިވަޑައިގެންފި ކަމަށް ބުނެ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ހަގީގަތެއް ނެތް ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް