Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަޙުމަދު މަޚްލޫފް

ރަނގަޅަށް ރޯފިލިއިރު މާބޮޑަށްވެސް ލަސްވެއްޖެ: މަޚްލޫފް

26 މެއި 2018 | ހޮނިހިރު 10:26

ކަމުގެ ދެކޮޅު ނުބައްލަވައި ދެކެވުނު ވާހަކަތަކާއިމެދު މިއަދު ދެރަވޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 މެއި 2018 | ހޮނިހިރު 10:26
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ކަމުގެ ހަޤީޤަތް އެންމެ ރަނގަޅަށް ނުބަލައި އެކިއެކި ވާހަކަ ދެއްކިފައި ހުންނާނެ ކަމަށާއި، "ރަނގަޅަށް ރޯފިލިއިރު މާބޮޑަށް ލަސްވެ، ވަގުތު ފާއިތުވެއްޖެ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިހެން ވިދާޅުވީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި އެ ޕާޓީގެ ސަރުކާރު އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ފާޑުވިދާޅުވެ، މަޚްލޫފް ކުރައްވާފައިވާ ޓްވީޓްތަކެއް، މި ހަފްތާ ބަންދުގައި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ރީޓުވީޓް ކުރަމުންދާ ދިއުމަށް އިޝާރާތް ކުރައްވައެވެ.

Advertisement - newsAdvertisement

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މަޚްލޫފް ވިދާޅުވީ، ކުރިން މަޚްލޫފްވެސް އުޅުއްވީ ސޯޝަލް މީޑިއާގައި އުޅޭ ސަރުކާރަށް ތާޢީދުކުރާ ޒުވާނުން އުޅޭ ގޮތަށް ކަމަށެވެ. އެގޮތުން ކޮންމެ މީހަކު ދައްކާ ވާހާކައެއްވެސް ޤަބޫލުކޮށް، ބައެއްފަހަރު ކަންކަމުގެ ދެކޮޅު ބެލުމެއްނެތި ޓީވީ ޕްރޮގްރާމްތަކާއި ޕޯޑިއަމްތަކުގައި ވާހަކަފުޅު ދެއްކެވިފައިވާނެ ކަމަށެވެ.

"އަނިޔާ ތަޖުރިބާކުރި މީހުން ދެއްކި ވާހަކަތަކަށް ސަމާލުކަމެއް ނުދެން. ފަނޑިޔާރުގެ އޮތީ ކޮން ހާލެއްގައިތޯ ނުބަލަން، ހިތް އެދޭގޮތަށް ޙުކުމްތައް ނެރެދޭތީ އުޅުނީ ފަނޑިޔާރުންނާއި ފަނޑިޔާރުގެތައް ދިފާއު ކުރަން. ރަނގަޅަށް ރޯފިލިއިރު މާބޮޑަށްވެސް ލަސްވެއްޖެ. ވަގުތު ފާއިތުވެއްޖެ. ދާންޖެހުނީ ޖަލަށް"، މަޚްލޫފް ވިދާޅުވެފައިވެއެވެ.

މަޚްލޫފް ވިދާޅުވީ، ކަމުގެ ދެކޮޅު ނުބައްލަވައި ދެކެވުނު ވާހަކަތަކާއިމެދު މިއަދު ކިތަންމެ ދެރަވި ނަމަވެސް އެވާހަކަތައް އަނބުރާ ގެންދެވެން ނެތް ކަމަށާއި، އެވާހަކަތައް އެވަނީ ދެކެވި ނިމިފައި ކަމަށެވެ.

އަދި އޭރު ދެކެވުނު ވާހަކަތަކުގެ ތެރޭގައި އަދިވެސް ޤަބޫލުކުރައްވާ ބައެއް ވާހަކަތަކާއި، ހަޤީޤަތް އެނގިނުލައްވައި އޭރު ދެކެވުނު ބައެއް ވާހަކަފުޅުތައް ހިމެނޭ ކަމަށް ވިދާޅުވެ މަޚްލޫފް ވަނީ އެ ކަންކަމާއި މަޢާފަށް އެދިވަޑައިގެންފައެވެ.

"ކުރިން ދެއްކި ވާހަކަތަކުގެ ތެރޭގަ މިއަދުވެސް ޤަބޫލުކުރާ ބައިވަރު ވާހަކަ އެބަހުރި އަދި ދައްކަން ނުޖެހޭ، ބުނަން ނުޖެހޭ، ހަޤީޤަތް ނޭނގޭ ވާހަކަ އެބަހުރި. އެކަންކަމާ ދެރަވަން. މަޢާފަށް އެދެން"، މަޚްލޫފް ލިޔުއްވާފައިވެއެވެ.

މަޚްލޫފް ވިދާޅުވީ މިއަދު އޮތީ ހެދުނު ގޯސްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރުން ކަމަށާއި، މަޚްލޫފް ހުންނެވީ އެކަމަށް ފިސާރި ކެރިވަޑައިގެން ކަމަށެވެ.

"ހެދުނު ގޯސްތަކުގަ އަޅުގަނޑުގެ ކޮންމެސް ވަރެއްގެ ބައިވެރިވުން ސީދާގޮތުން ނޫނީ ނުސީދާގޮތުން އޮތަތީވެ، އިސްލާހަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވެސް ކުރަން މިހިރީ ކެރިގެން ނުކުމެ"، މަޚްލޫފް ވިދާޅުވެފައިވެއެވެ.

މަޚްލޫފް ވިދާޅުވީ އިސްލާހީ މަސައްކަތުގައި މަޚްލޫފްގެ ޒިންމާ ބޮޑުކަމަށް ދެކިލައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

04 މެއި 2017

ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި

04 މެއި 2017
ރައީސް ޔާމީނަށް "ނޫނެކޭ" ބުނުމަށް، ވީހާވެސްގިނަ ރައްޔިތުން ވޯޓުދޭން ނުކުތުމަށް މަޚްލޫފް ގޮވާލައްވައިފި
29 އެޕްރީލު 2017

ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި

29 އެޕްރީލު 2017
ގަލޮޅު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޝާހީން ހޮވައިދިނުމަށް މަޚްލޫފް އެދިވަޑައިގެންފި
20 އެޕްރީލު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

20 އެޕްރީލު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް
26 މާރިޗު 2017

ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް

26 މާރިޗު 2017
ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް