Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިބްރާހިމް ހަނީފް

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތަށް ހަނީފް ބަންދުކުރީ ރަނގަޅަށް: ހައިކޯޓް

20 އެޕްރީލު 2017 | ބުރާސްފަތި 13:05

ހަނީފުގެ މައްޗަށް ކުރެވިފައިވަނީ ޓެރަރިޒަމުގެ ތުހުމަތު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 20 އެޕްރީލު 2017 | ބުރާސްފަތި 13:05
ފަނޑިޔާރު ޝުޖާއު އުސްމާނާއި ހަނީފް: ހަނީފް ހައްޔަރު ކުރީ ކޯޓު އަމުރަކުން

ފަނޑިޔާރު ޝުޖާއު އުސްމާނާއި ހަނީފް: ހަނީފް ހައްޔަރު ކުރީ ކޯޓު އަމުރަކުން

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން ހަމަ އެ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

Advertisement - newsAdvertisement

ހަނީފްގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ އެ އަމުރު ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނޫން ކަމަށް ބުނެ ހަނީފްގެ ފަރާތުން ވަނީ ހައިކޯޓުގައި އަމުރު އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލައިގައި ހައިކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ހަނީފުގެ މައްޗަށް ކުރެވިފައިވަނީ ޓެރަރިޒަމުގެ ތުހުމަތު ކަމަށްވާތީ ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖުތަމައުއަށް ނޭދެވޭ އަސަރުކޮށްފާނެތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހޯމް މިނިސްޓްރީއިން ކަނޑައަޅާތަނެއްގައި އޭނާ ބަންދުކުރުމަށް ދައުލަތުން އެދިފައިވާކަން ފާހަގަކޮށްފަ އެވެ.

ހުކުމުގައި ބުނެފައިވަނީ ހަނީފުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ހައިކޯޓުގެ ފަނޑިޔާރަކަށް ނުރައްކާވާފަދަ ހަމަލާއެއް ދިނުމަށް ރޭވިކަމުގެ ތުހުމަތުކަމުގައިވާއިރު، އެއީ ކުށުގެ ޒާތާއި ތަބީއަތަށް ބަލާއިރު ނުރައްކާތެރިކަން ބޮޑު ކުށެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކުގެ މައްޗަށް ބެލުމުން ހަނީފުގެ މައްޗަށް ތުހުމަތުކުރެވޭ ކުށަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ގަރީނާ ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާކަން ވެސް އެނގެން އޮންނަ ކަމަށް ބުނެފައިވެ އެވެ.

ހައިކޯޓުން ބުނީ އެފަދަ ތުހުމަތެއްގައިވާ ފަރާތެއް މިހިނދަށް ދޫވެފައި ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއް ކަމުގައި ބެލެވެން އޮންނަ ކަމަށާއި އެހެންކަމުން މައްސަލަ ބެއްލެވި ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތުގައި ހަނީފް ބަންދުގައި ބެހެއްޓުމަސް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށް ހުންނަވަނިކޮށް ހަނީފް ހައްޔަރުކުރިއިރު، ރައީސް އަބްދުﷲ ޔާމީން ވަނީ މިމަހުގެ 11 ވަނަ ދުވަހު އޭނާ އެ މަގާމުން ވަކިކުރައްވާފަ އެވެ.

ފަނޑިޔާރު ޝުޖާއު އާއި އިބްރާހިމް ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފްއާ ދެކޮޅަށް ފުލުހުން ބޭނުންކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެކެވެ.

ފުލުހުންގެ ވަނީ ފަނޑިޔާރު ޝުޖާއުއާ ގުޅުންހުރި މައްސަލައެއް ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކުރިކަމާއި މައްސަަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް