Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްޠީނު - އިސްރާއީލު

ހަތިޔާރުނެތް އާންމުން ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމަކީ މައްސަލައެއް ނޫން ކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ކަނޑައަޅާފައިވަނީ މުޒާހަރާތަކަކީ ހަމާސް އާއި ދެމެދު ބަދަލުކުރެވޭ ހަމަލާތަކުގެ ބައެއް ކަމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 26 މެއި 2018 | ހޮނިހިރު 03:59
އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ޒުވާނެއްގެ ޖަނާޒާ

އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ޒުވާނެއްގެ ޖަނާޒާ

ފަލަސްޠީނުގެ ހަތިޔާރުނެތް އާންމުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމަކީ މައްސަލައެއް ނޫންކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އިސްރާއީލުގެ ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ 6 ޖަމުޢިއްޔާއަކުން އެކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

އެ މައްސަލައިގައި ޖަމުޢިއްޔާތަކުން އެދިފައިވަނީ ހަތިޔާރު ނެތް އާންމުންގެ ގަޔަށް ބަޑިޖެހުމަށް އިސްރާއީލުގެ ސިފައިންނަށް ހުއްދަދޭ ހުރިހާ ޤަވާއިދަކާއި، އުސޫލުތަކަކީ ޣައިރުޤާނޫނީ ތަކެތި ކަމަށް ކަނޑައަޅައި، އެތަކެތި ބާޠިލް ކޮށްދިނުމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ބެންޗު އިއްތިފާޤުވެފައިވަނީ އިސްރާއީލުގެ ސިފައިންނާއި އެއްކޮޅަށް މި މައްސަލަ ނިންމުމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ދިގުދެމިގެންދާ އަސްކަރީ ކުރިމަތިލުމެއްގެ ތެރެއިން އޮފިހެދިގެން އައިސްފައިވާ ކަމަކަށް ވެފައި، އެ ކުރިމަތިލުމަކީ ޣައްޒާގައި ވެރިކަންކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސް އާއި ދެކޮޅަށް ކުރިއަށްދާ ކުރިމަތިލުމެއްކަމުން، މި ކުރިމަތިލުމުގައި ވާދަވެރި ހުރިހާ ފަރާތްތަކެއްގެ މައްޗަށް "ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެންދާ ކުރިމަތިލުމުގެ އުސޫލު" ގައިވާ ކަންކަން ހިންގޭނެ ކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ. އެފަދަ އުސޫލުތަކަކީ ހަތިޔާރު ބޭނުންކުރުމާއި ގުޅޭގޮތުން ހެދިފައި ހުންނަ އާންމު ޤަވާއިދުތަކަށް ވުރެ ސިފައިންނަށް ބާރުދީގެން ހަދާފައިވާ އުސޫލުތަކެކެވެ.

މި ނިންމުމަށް ފަހު މައްސަލަ ހުށަހެޅި 6 ގްރޫޕުގެ ތެރޭގައި ހިމެނޭ ޔޭޝް ދިން ކިޔާ ޖަމުޢިއްޔާއަކުން ވަނީ މީހުން މެރުމާއި، އިތުރު ޒަޚަމްތައް ހުއްޓުވުމަށް ލިބުނު ފުރުޞަތު ފަނޑިޔާރުން ނަގާލާފައިވާ ކަމަށް ބުނެފައެވެ.

ފަލަސްޠީނުގެ ރައްޔިތުން ޣައްޒާ ގެ ބޯޑަރުގައި މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދު ވެފައެވެ.

މި މުޒާހަރާތަކަކީ އިސްރާއީލާއި މިޞްރުން ޣައްޒާގެ ބޯޑަރު ބަންދުކޮށްފައިވުމުން ކުރާ މުޒާހަރާތަކެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދާއިރު، އިސްރާއީލުން ބުނަނީ މިއީ ހަމާސް ޖަމާޢަތުން އެ ޤައުމަށް ހަމަލާދިނުމަށް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރާ މުޒާހަރާތަކެއް ކަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
26 ޖެނުއަރީ 2017

އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި

26 ޖެނުއަރީ 2017
އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލުމަށް، ޓްރަމްޕަށް ތާލިބާނުން ގޮވާލައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
07 ޖެނުއަރީ 2017

އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ

07 ޖެނުއަރީ 2017
އިސްރާއީލުން އދ އަށް ދޭ ފަންޑް ކަނޑާލަނީ
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު