Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރައީސްގެ ކެމްޕެއިން

ޖަޒީރާ ރައީސްގެ ކެމްޕެއިން: މާފަންނު ހުޅަނގުގެ ބޮނޑިބަތް ކެއުން ބާއްވައިފި

26 މެއި 2018 | ހޮނިހިރު 03:12

ވޯޓްލުމަށް މީހުން ނެރޭނެ ގޮތްތައް ދަނީ ދަސްކޮށްދެމުން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 26 މެއި 2018 | ހޮނިހިރު 03:12
މާފަންނު ހުޅަނގު ބޮނޑިބަތް ހަފުލާގައި ރައީސް ނަޝީދުގެ ކެމްޕައިން ޕޯސްޓަރު ދައްކާލަނީ

މާފަންނު ހުޅަނގު ބޮނޑިބަތް ހަފުލާގައި ރައީސް ނަޝީދުގެ ކެމްޕައިން ޕޯސްޓަރު ދައްކާލަނީ

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން 'މާފަންނު ހުޅަނގު ބޮނޑިބަތް' ނަމުގައި ގެންދިޔަ ހަރަކާތް ވަރަށް ފުރިހަމަ ކަމާއެކު ނިންމާލައިފިއެވެ.

ބޮނޑިބަތާއި ކުޅިމަހާއި ކުރިއަށް ގެންދިޔަ މި ހަފްލާ ފައްޓަވައި ދެއްވީ މާފަންނު ހުޅަނގު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ފަލާހްއެވެ. ފަލާހް ވިދާޅުވީ މި ކޭމަކީ ޖަޒީރާ ރައީސް ކެމްޕެއިންގައި މާފަންނު ހުޅަނގު ދާއިރާގެ ފެށުން ކަމަށެވެ. ވެރިކަން ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ވަރަށް ގިނަ ހުރަސްތަކެއް ޖަޒީރާ ރައީސް ކެމްޕޭނަށް ކުރަމުން ކަމަށާއި އެކަން އެގޮތަށް ކުރައްވަނީ ރައީސް ނަޝީދަށް ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ކަމަށް ތުހުމަތު ކޮށްފައެވެ. އެކަން ކުރަނީ މަޖްބޫރު ވެގެން ކަމަށާއި އެހެން ނޫނީ ރައްޔިތުން ޖަޒީރާގެ ރައީސްއަށް ކުރާ ތާއީދު ފެނިވަޑައިގެން ރައްޔިތުން ގައިގައި ހިނގަމުންދާ ލޭ ކެކިގެންގޮސް ފާނެތީ ކަމަށެވެ.

Advertisement - newsAdvertisement

ޖަޒީރާ ރައީސް ކެމްޕެއިންގެ މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާާޅުވީ ވޯޓުލުމަށް މީހުން ނެރޭނެ ގޮތްތައް ކެމްޕޭންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބުނެދިނުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މިމަހު 30 ވަނަ ދުވަހު ބާއްވާ ޕްރައިމަރީ އިންތިޒާމު ކުރަން އާންމުންގެ ޚިޔާލު ބޭނުންވާ ކަމަށާއި އެދުވަހު ދާއިރާތަކުގެ ވޯޓްލުމުގެ ކަންތައް ހިނގާ ގޮތުގެ އޮނިގަނޑެއް ރާވާނީ އެ ދާއިރާ ތަމްސީލު ކުރާ ރައްޔިތުން ކަމަށް އަސްލަމް ވިދާޅުވި އެވެ.

'މާފަންނު ހުޅަނގު ބޮނޑިބަތް' ހަރަކާތުގައި މެންމަބަރު ފަލާހާއި އަސްލަމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އަބްދުލް ކަރީމާއި މާފަންނު ހުޅަނގު ދާއިރާގެ މާލެ ސިޓީގެ ޑެޕިއުޓީ މެޔަރު ޝަމާއު ޝަރީފް ވާހަކަ ދެއްކެވި އެވެ.

ހުކުރު ދުވަހުގެރޭ މާލޭގައި ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތް މާފަންނުގައި ބޭއްވިއިރު، އަރިއަތޮޅު އުތުރުބުރި އަދި މިލަދުންމަނޑުލު ދެކުނު ބުރިއަށް ކުރަން ރާވައިފައިވާ ކެމްޕެއިން ދަތުރުތަށް ވަނީ ފަސްކޮށްފައެވެ. މިލަދުންމަނޑުލު ދެކުނު ބުރީގެ ދަތުރު ދެން ބާއްވަން ހަމަޖެހިފައިވަނީ މޭ މަހުގެ 27 އަދި 28 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
25 ޖެނުއަރީ 2017

ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި

25 ޖެނުއަރީ 2017
ޕީޕީއެމް ޔާމީން ފެކްޝަނުގެ ކައުންސިލް ކެމްޕެއިން މެނޭޖަރަކަށް ނިމާލް ހަމަޖައްސައިފި
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް