ދިއްފުށީގައި ހިންގި މާރާމާރިއާ ގުޅިގެން ދެ މީހަކު ހައްޔަކުކޮށްފި
24 މެއި 2018 | ބުރާސްފަތި 17:59މި މާރާމާރިއާ ގުޅިގެން ހައްޔަރުކުރީ އުމުރުން 31 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުން


ދިއްފުށި | ގެސްޓް ހައުސެސް އޮފް ދަ މޯލްޑިވްސް
ކ. ދިއްފުށީގައި ރޭ ހިންގި މާރާމާރިއާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންބުނީ ރޭ ދިއްފުށީގައި ހިންގި މާރާމާރިއާއި ގުޅިގެން ހައްޔަރުކުރީ އުމުރުން 31 އަހަރާއި 33 އަހަރުގެ ދެ ފިރިހެނުންނެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.
ދިއްފުށީގައި ރޭ ފުރަތަމަ މާރާމާރި ހިންގީ 30 9 ހާއިރުއެވެ. މިމާރާމާރީގައި ޒަހަމްވެފައިވަނީ އެރަށުގެ ޑައިވިން ސެންޓަރެއްގައި މަސައްކަތް ކުރާ އުމުރުން 56 އަހަރުގެ ޖަރުމަނު މީހަކަށެވެ. އޭނާއަށް ފަރުވާދިނުމަށްފަހު މިހަރު ވަނީ ދޫކޮށްލާފައެވެ.
ދެވަނަ މާރާމާރި ހިންގާފައިވަނީ ރޭ ދަންވަރު 1:30 ހާއިރެވެ. މިމާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނަކަށްށެވެ. މިމީހާއަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ދެމާރަމާރި ހިންގާފައިވަނީ ދަނގަޑު ބުރިފަދަ ތަކެތި ބޭނުން ކޮށްގެންނެވެ. އަދި މިދެ މާރާމާރީއަކީ ގުޅުން ހުރި ދެމާރާމާރީ ކަމެއް އަދިވަނީ ސާފުވާ ގޮތް ނުވެފަ އެވެ.





