Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ - އެމެރިކާ

ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން ކެންސަލް ވެއްޖެ

24 މެއި 2018 | ބުރާސްފަތި 15:00

ރައީސް ޓްރަމްޕް ބައްދަލުވުން ކެންސަލް ކުރެއްވީ ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ ރައީސް އަށް ފޮނުއްވި ސިޓީއެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 24 މެއި 2018 | ބުރާސްފަތި 15:00
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ އެކު ބާއްވަން ހަމަޖެހިފައި އޮތް ތާރީީޚީ ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުރައްވައިފިއެވެ.

އުތުރު ކޮރެއާގެ ލީޑަރަށް ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމުގެ އަދި ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތު އެއީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ."

ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ތާރީޚީ ބައްދަލުވުން ޝެޑިއުލް ކުރެވިފައި އޮތީ ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައެވެ. ދެގައުމުގެ ވެރިން ގެ ބައްދަލުވުން ބޭއްވުނު ނަމަ އެ ބައްދަލުވުންވެގެން ދާނީ ރައީސް ކަމުގެ މަގާމުގައި ހުންނެވި އެމެރިކާގެ ރައީސަކާ އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވެވޭ ފުރަތަމަ ފަހަރަށެވެ.

އުތުރު ކޮރެއާގެ ލީޑަރާ އެކު ބާއްވަން ޝެޑިއުލް ކުރެވުނު ބައްދަލުވުން ކެންސަލް ކުރެއްވި ކަން ހާމަކުރައްވައި އުތުރު ކޮރެއާގެ ލީޑަރަށް ރައީސް ޓްރަމްޕް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ގާބިލުކަމުގެ ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް އެމެެރިކާގެ ނިއުކްލިއަރ ގާބިލު ކަން ވަރަށް ބޮޑު ކަމަށާއި އަދި އެހާމެ ބާރުގަދަ ކަމަށާއި، އެހެންކަމުން އެމެރިކާގެ ނިއުކްލިއަރ ގާބިލުކަން ބޭނުން ކުރަން ނުޖެހޭނެ ކަމަށް އެދި ހެއްދެވި ފަރާތަށް ދުއާ ދަންނަވާ ކަމަށެވެ. ރައީސް ޓްރަމްޕްގެ ސިޓީގައި ވަނީ އުތުރު ކޮރެއާ އަށް ޝުކުރުވެސް ދަންނަވާފައެވެ. އެއީ ދާދިފަހުން އުތުރު ކޮރެއާގައި ޖަލު ބަންދުގައި ތިބި އެމެރިކާގެ ތިން ރައްޔިތަކު އުތުރު ކޮރެއާ އިން މިނިވަން ކުރުމާ ގުޅިގެންނެވެ.

ރައީސް ޓްރަމްޕް ގެ ސިޓީގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރަށްވަން އެމަނިކުފާނު އަދިވެސް އެދޭ ކަމަށާއި، އުތުުރު ކޮރެއާގެ ލީޑަރުގެ ވިސްނުން ބައްދަލުވުމާމެދު މިހާރު ހުރިގޮތް ނޫން ގޮތަށް ބަދަލުވުމުން، އެކަން އެންގެވުމަށް އެދޭ ކަމަށެވެ.

ދާދިފަހުން އުތުރު ކޮރެއާ އިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުން މުޅިން ހުއްޓާލަން އެމެރިކާއިން ބުނާ ނަމަ، ބައްދަލުވުން ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު އުތުރުު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ވަނީ ހަލާކުކޮށްފައެވެ. އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓުގެ ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލިއިރު އެގައުމުން މިއަހަރު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އާ ދެމެދު ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުމެއްގެ ދަށުން, އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރާ ސައިޓު ނައްތާލާނެ ކަަމަށެވެ. އެހެންނަމަވެސް ސައިންސްވެރިން ބުނާގޮތުން 2017 ގެ ސެޕްޓެމްބަރުގައި އުތުރު ކޮރެއާ އިން ކުރި ނިއުކްލިއަރ ޓެސްޓާ ގުޅިގެން އެ ސައިޓުގެ އެއްބައި ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް