Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަޒީރާ ރަައީސް

ފާދިއްޕޮޅުގެ ރަށްތައް އެއް މަގަކުން ގުޅާލެވެން އެބައޮތް، އެކަމަށް އެސްއީޒެޑެއް ބޭނުމެއް ނުވޭ: ރައީސް ނަޝީދު

24 މެއި 2018 | ބުރާސްފަތި 02:13

ރައީސް ޔާމީނަށް އެންމެ އިކޮނޮމިކް ޒޯނެއްވެސް ނުހެއްދެވެނު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 24 މެއި 2018 | ބުރާސްފަތި 02:13
ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ސަޕޯޓަރުންނާއި މުޚާޠަބުކުރައްވަނީ

ރައީސް ނަޝީދު ސްކައިޕް މެދުވެރިކޮށް ސަޕޯޓަރުންނާއި މުޚާޠަބުކުރައްވަނީ

ހިންނަވަރާއި ނައިފަރު އެއްމަގަކުން ގުޅާލެވި، ފާދިއްޕޮޅުގެ ރަށްތައް ގުޅާލެވެން އެބައޮތްކަމަށާއި، އެކަމަށް ސްޕެޝަލް އިކޮނޮމިކް ޒޯނެއް ބޭނުން ނުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ 'ޖަޒީރާ ރައީސް' ކެމްޕޭންގެ ތެރެއިން ޅ އަތޮޅު ނައިފަރުގައި ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި، އެޖަލްސާގެ ބައިވެރިންނާއި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. ވިއްސަކަށް މިނެޓަށް ދިގު ދެމިގެންދިޔަ ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރައީސް އަބްދުﷲ ޔާމީންގެ އިޤްތިޞާދީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ވަކިން ޚާއްސަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯންތަކެއް ހައްދަވާނެކަމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވައުދަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައީސް ޔާމީން ވިދާޅުވި ސްޕެޝަލް އިކޮނޮމިކް ޒޯން ހައްދަވާނަމޭ. ހަމަ އެންމެ ތަނެއްވެސް ނުހެއްދެވެނު. ގުޅީފަޅުގެ ވާހަކަ ކޮންމެ ފަހަރަކު ވިދާޅުވޭ. އިހަވަންދިއްޕޮޅުގެ ވާހަކަ އެތައް ފަހަރަކު ވިދާޅުވި. މުޅި ފ އަތޮޅު އެކީގައި ވިއްކާލަން އެއްފަހަރަކު އުޅުއްވި. އަދި އެތަންމިތަން ހިއްކައި، އެކިއެކި ފަރާތްތަކަށް ފިނޮޅާއި، ފަރާއި ފަޅާއި ވިއްކާ ހައްދަވައިފި. އޭގެ ފައިސާ ނަންގަވައިފި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެތަނުގެ ފައިސާ ގޮސްފައި ހުރީ ކަނޑައެޅިގެން ދާން ނުޖެހޭ ތަންތަނަށްކަމަށެވެ. ޚާއްސަކޮށް ރައީސް އަބްދުﷲ ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ އެކައުންޓަށް އޭގެ ތެރެއިން 1 މިލިއަން ޑޮލަރު ވަދެފައިވާކަމީ މާ ސާފުކޮށް އެނގޭކަމެއް ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުނު ތަނުގައި ފެނިގެން ދިޔައީ އިންތިހާއަށް ވައްކަމާއި ކޮރަޕްޝަން ހިންގާތަން ކަމަށެވެ.

ސިޔާސީ މަސްރަހަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ވަނީ މިއަދު ގަޑުބަޑު ވެފައިކަމަށެވެ. އަދި ދިވެހިން ރިޔާސީ ނިޒާމެއް ބަލައިގަތީ އަނިޔާވެރި ނިޒާމެއް ހޯދުމުގެ ނިޔަތުގައި ނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވީ ވާދަވެރި ސިޔާސީ ނިޒާމެއްކަމަށާއި، ޖަދަލުކުރާ ނިޒާމެއް ދިވެހިން ބޭނުން ނުވާކަމަށެވެ.

އަލުން އަނބުރާ ޚުދުމުޚުތާރު ނިޒާމަކަށް ރާއްޖެ ދާކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ މިއަދު އިންތިހާއަށް ދަރަނިވެރިވެފައިކަމަށެވެ.

"މި ދަރަނި އަޅުގަނޑުމެންގެ އިހު ދަރަންޏާއި ވަރަށް ތަފާތު. ޗައިނާއަށް ދަރާފައިވާ ދަރަނި. ދަރަނީގެ އުޞޫލު، ދިވެހިންނަށް ވަރަށް ސާފުވާނެ މިކަން ހިންގާ ގޮތް. ދަތިވަނީ އެއްލައްކަ ޑޮލަރަށް، މިސާލަކަށް. ދަތިވީމާ، 1 މިލިއަން ޑޮލަރުގެ ޗެކަކާއި، ގޯތީގެ ރަޖިސްޓްރީ މިދެނީ ސޫތަށް، ފައިސާ ދޭ މީހެއްގެ އަތަށް. ދިނީމަ ލިބެނީ 1 ލައްކަ ޑޮލަރު. 1 ލައްކަ ޑޮލަރުގެ ރައުސްމާލަކުން 1 މިލިއަން ޑޮލަރު އަނބުރާ ދެއްކޭނެ ވިޔަފާރިއެއް ނެތް. އެހެންވީމާ ގެއްލެނީ ގޯތި. މިއަދު މިދަނީ މިދިވެހިރާއްޖޭގެ ރަޖިސްޓްރީ ގެއްލެން. ޗައިނާގެ އެގްޒިމް ބޭންކަށް ރާއްޖެ އަޅުގަނޑު މިދެންނެވި އުޞޫލުން ދަރައިފި"

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްތިޤްލާލަށް އެހެން ޤައުމެއްގެ ބާރު ފޯރުވުމުން އިންޑިއާ ކަނޑުގެ ސުލްހަ ގެއްލޭނެކަމަށެވެ. އަދި އިންޑިއާއާއި، އިންޑިއާ ކަނޑުގައި ހިމެނޭ އަޅުގަނޑުމެންގެ އަވަށްޓެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅުގަނޑުމެން ވިސްނާލަން ޖެހގޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމަށް ނުވިސްނާ އަޅުގަނޑުމެންނަށް ހަމަޖެހޭ އަމާން ދިރިއުޅުމެއް ނޫޅެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ޖުލައި 2017

ހުރިހާ މިނިސްޓަރުންނަށް ވެސް ޕީޖީ ގްރޫޕްގެ ތާއިދު އެބައޮތް:ނިހާން

01 ޖުލައި 2017
ހުރިހާ މިނިސްޓަރުންނަށް ވެސް ޕީޖީ ގްރޫޕްގެ ތާއިދު އެބައޮތް:ނިހާން
28 ޖޫން 2017

ޕީޕީއެމް އާއި އެމްޑީއޭގެ ފުރިހަމަ ތާއިދު ޑރ. ޝައިނީ އަށް އެބައޮތް: ޑރ ހަލީލް

28 ޖޫން 2017
ޕީޕީއެމް އާއި އެމްޑީއޭގެ ފުރިހަމަ ތާއިދު ޑރ. ޝައިނީ އަށް އެބައޮތް: ޑރ ހަލީލް
08 ޖޫން 2017

ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި

08 ޖޫން 2017
ޑިންގީ ގެއްލުނު ސުމެއިދު ހޯދަން ފަޅު ރަށްތައް ބަލަން ފަށައިފި
31 މެއި 2017

އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު

31 މެއި 2017
އެކްސިޑެންޓްގައި ދެފަރާތުގެ އިހުމާލު ވެސް އެބައޮތް: ކޯސްޓްގާޑު
30 މެއި 2017

ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް

30 މެއި 2017
ފިޝަރީޒް މިނިސްޓްރީއަށް 39 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް ރިޕޯޓް
01 އެޕްރީލު 2017

"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި

01 އެޕްރީލު 2017
"އަމިއްލަ ނަން ކިއުމުގެ ހުއްދަ އެބައޮތްތޯ" މައުމޫނު ސުވާލުކުރައްވައިފި
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
02 މާރިޗު 2017

ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ

02 މާރިޗު 2017
ރާއްޖޭގެ ރައްޔިތުންނަށް މިހާރު ލިބިފައި އޮތް ވޯޓުގެ ހައްގު ވެސް ނިގުޅައިގެންދާނެ ކަމުގެ ބިރުއެބައޮތް: މާރިއާ
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް